06 ޖެނުއަރީ 2025
މަގުމަތީ އަންހެނަކު ރަހީނުކޮށް ހަމަލާދޭން އުޅުނު މައްސަލާގައި ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވި އާދަމް އަތުހަރުގެ މަރުގެ މައްސަލައިގައި ދެ ފުލުހަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވަން އެޗްއާރްސީއެމުން ނިންމައިފި އެވެ.
މަގުމަތީ އަންހެނަކު ރަހީނުކޮށް ހަމަލާދޭން އުޅުނު މައްސަލާގައި ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވި އާދަމް އަތުހަރުގެ މަރުގެ މައްސަލައިގައި ދެ ފުލުހަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވަން އެޗްއާރްސީއެމުން ނިންމައިފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް "މިހާރު"އަށް ވިދާޅުވި ގޮތުގައި އަތުހަރުގެ މަރުގެ މައްސަލާގައި ދެ ފުލުހަކަށް ދައުވާ ކުރަން ބޭނުންވާ ކަން އަންގައި، އެ މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގެ ތެރެއިން ތިން ފަހަރެއްގެ މަތިން އެޗްއާރްސީއެމުން ފޮނުވާފައިވާ ކަމަށެވެ.
އެ މަރުހަލާގެ ތެރެއިން އެންމެފަހުން މައްސަލަ ފޮނުވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. ނަމަވެސް، ތަހުގީގުގައި އަދި އިތުރަށް ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހޭކަން އެޗްއާރްސީއެމްއަށް އަންގައި، ތިން ފަހަރު ވެސް މައްސަލަ ޕީޖީ އޮފީހުން އަނބުރާ ފޮނުވާލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެޗްއާރްސީއެމްގެ ބަހެއް ނުލިބެ އެވެ.
އަތުހަރު ހައްޔަރުކުރީ އޭނާގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި ރަހީނުކޮށް ސައިކަލެއްގައި ދަނިކޮށް ފުލުހަކު އޭނާގެ ފަހަތުން ގޮސް މުގުރުން ހަމަލާދީ، ބިންމައްޗަށް ވައްޓާލުމަށް ފަހު ފަހުގަ އެވެ. ފުލުހުން މުގުރުން ޖެހުމުން އޭނާގެ ބޮލާއި މޫނަށް އަނިޔާ ވެފައިި ވިޔަސް، ސްކޭންތަކާއި ޓެސްޓުތަކުން ސީރިއަސް އަނިޔާއެއް ފާހަގަނުވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އޭނާ ޖަލަށް ގެންގޮސް ބަންދުކުރީ ވެސް ހޮސްޕިޓަލުން ދޫކޮށްލުމުން އެ ޒަހަމްތަކާ އެކުގަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ނޫސްވެރިންނާ އެކު، އިސްކަންދަރު ކޮށީގައި ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި އަތުހަރު ގޮޅީގައި ދަންޖެހޭތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ނޫސްވެރިންނަށް ދައްކާލައިފަ އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އަތުހަރު ބަންދުކޮށްފައި ހުރި ގޮޅި ފެންނަ ހިސާބުގައި ފުލުހަކު ނެތެވެ. ނަމަވެސް، އެ ގޮޅި އެއްކޮށް ފެންނަ ގޮތަށް ކެމެރާ ހުރީ ހަރުކޮށްފަ އެވެ. އެ ކެމެރާގެ ފުޓޭޖުން ފެންނަ ގޮތުގައި އަތުހަރު އޮތް ގޮޅި އަށް ފުލުހުން ވަދެފައި ވަނީ އޭނާ ދަންޖެހުނުތާ ބައިގަޑިއެއްހާއިރު ފަހުންނެވެ.
އަތުހަރު ދަންޖެހުނު ގޮތާއި އެކަން ކުރި ގޮތް ސީސީޓީވީ ފުޓޭޖުން ވަރަށް ސާފުކޮށް ފެނެ އެވެ. އަތުހަރު އޮތް ގޮޅި އަށް ފުލުހުން ދިޔައިރު، އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަމަވެސް އޭނާއަށް ގޮޅީގައި އަވަަސް ފަރުވާދޭން ފުލުހުން އޭރު މަސައްކަތް ކޮށްފައެއް ނުވެ އެވެ.
ކުށްކޮށްފައި ފުލުހުންނަކަށް ވެސް ރެކިނުގަނެވޭނެ: ޝަމީމް
ކުދިންތަކެއް ގްރޫމުކުރި ޓީޗަރު ބަންދުކުރަން އަންގައިފި
ޖިހާދު ކޯޓަށް ގެންދަން ޖެހުނީ ފުލުހުންގެ ބެލުމުގެދަށުން
ހޫދު ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައި ކޯޓު
ފެޑެކްސް އިން ޑްރަގު ގެނައި މީހަކު އުމުރަށް ޖަލަށް
އިނގިލި ބުރިކުރަން އުޅުނު މައްސަލަ:އެންމެން ދޫކޮށްފި
ގޯއްޗާއި ފްލެޓްތަކާ ގުޅޭ އަވަސް ތަހުގީގު ފަށައިފި
ގޯއްޗާއި ފްލެޓާ ގުޅޭ ތަހުގީގު ހިންގަން ޕީޖީގެ އަމުރެއް
ހެއްކެއް ހާޒިރުނުކޮށް އޮތުމުން ބޮޑު ހުކުމެއް ބާތިލް
ކާރުގައި މީހަކު ރަހީނުކުރި 5 މީހުން ދޫކޮށްލައިފި