02 ޖެނުއަރީ 2025
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކުން ފެމިލީ މެޑިސިން އަދި ފިޒިއޯތެރަޕީގެ އާ ހިދުމަތްތަކެއް ތައާރަފްކޮށްފި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކުން ފެމިލީ މެޑިސިން އަދި ފިޒިއޯތެރަޕީގެ އާ ހިދުމަތްތަކެއް ތައާރަފްކޮށްފި އެވެ.
ޓްރީ ޓޮޕުން ބުނީ އެ ހޮސްޕިޓަލްގެ ހިދުމަތްތައް ފަސޭހަކަމާ އެކު މާލެއިން ފޯރުކޮށްދިނުމުގެ ގޮތުން މިހާރު ފެމިލީ މެޑިސިން ކޮންސަލްޓޭޝަންތަކާއި ފިޒިއޮތެރަޕީގެ އިތުރު ހިދުމަތްތައް އެ ކްލިނިކުން މިހާރު ލިބޭނެ ކަމަށެވެ. އަދި ބޭސްގަނޑު (ޑްރެސިން) ބަދަލުކުރުން ފަދަ ކުދި ފަރުވާތަކަށް ހާއްސަ ޓްރީޓްމަންޓް ރޫމެއް ވެސް މިހާރު އެ ކްލިނިކްގައި ހުންނާނެ ކަމަށް ވެސް ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރީވަތުސަން ސްރީދާ ޖީ ވިދާޅުވީ އެ ހޮސްޕިޓަލުން މަސައްކަތް ކުރަމުން ދަނީ ބަލިމީހުންގެ ބަދަލުވަމުންދާ ސިއްހީ ބޭނުންތަކަށް، ފަސޭހައިން ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމެވެ.
އެ ހޮސްޕިޓަލުން ބުނީ މިހާރު މަސައްކަތްކުރަމުން ދަނީ އެތަނުގައި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ތައާރަފްކުރުމަށް ކަމަށެވެ. އެ ހިދުމަތްތައް މާލެއިން ފޯރުކޮށްދޭން ފެށުމުން ކުރިން ފަރުވާ ހޯދުމަށް ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ދަތުރުކުރަން ނުޖެހި، ވަގުތާއި ދަތުރުފަތުރުގެ ހަރަދު ސަލާމަތްކުރެވޭނެކަން އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.
ޓީޓީއެޗްގައި އަލަށް ތައާރަފްކުރި ހިދުމަތްތަކާއި އެކު ފެމިލީ މެޑިސިން ކޮންސަލްޓޭޝަނާއި ކުދި ޓްރީޓްމަންޓްތަކާއި "ޕޯސްޓް-އޮޕް ރީހެބް" ނުވަތަ އޮޕަރޭޝަން ކުރުމަށްފަހު ރީހެބިލިޓޭޝަން/ފިޒިއޯތެރަޕީގެ ހިދުމަތާއި ތަދު މެނޭޖްކުރުމުގެ ފަރުވާ ލިބޭނެ އެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްފައިވާ ރީހެބިލިޓޭޝަން/ފިޒިއޮތެރަޕީ އާއި ސްޓްރޯކް ރީހެބިލިޓޭޝަން/ފިޒިއޮތެރަޕީ އާއި ކުޑަކުދިންގެ ރީހެބިލިޓޭޝަން/ފިޒިއޮތެރަޕީ އާއި ސްޕޯޓްސް ތެރަޕީ ވެސް ލިބޭނެ އެވެ.
ޓީޓީއެޗް ކްލިނިކްގެ ފެމިލީ މެޑިސިން ހިދުމަތް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 09:30 އިން އިރުއޮއްސި 6:00 އަށް ލިބޭނެ އެވެ. އަދި ލެބޯޓްރީ ސާމްޕަލް ނެގުމާއި ސާމްޕަލް ކަލެކްޝަންސް ހިދުމަތް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ލިބޭނެއެވެ.
ފަން ރަން އަށް މެޑިކަލް ސަޕޯޓް ދިނީ ޓްރީ ޓޮޕުން
ގޭގައި ފިޒިއޮތެރަޕީ ހަދައިދޭން ޓްރީޓޮޕުން އާ ދެ ޕެކޭޖް
ޑަޔަލިލިސް ހެދުން ގެޔަށް، ފަރުވާ ހޯދުމަށް ބޮޑު ލުޔެއް
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
ޓްރީ ޓޮޕުން ލ. އަތޮޅުގައި ހެލްތު ކޭމްޕެއް
ޓްރީ ޓޮޕުން ލ. ގަމުގައި ހެލްތު ކޭމްޕެއް ބާއްވަނީ
ގޭގައި ހުރެގެން ހެދޭ ޑަޔަލިސިސްއެއް ތައާރަފް ކުރަނީ
ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ސްޓޯލަށް ބޮޑު ތަރުހީބެއް
ޑިސެމްބަރު ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
ހެލްތު ސްކްރީނިން ޕެކޭޖުތަކުން ޑިސްކައުންޓު ދެނީ