01 ޖެނުއަރީ 2025
އެމެރިކާގެ ވާޖީނިއާގައި މީހަކު 150 އަށް ވުރެ ގިނަ ބޮން ހަދައި ގޭތެރޭގައި ފޮރުވައިގެން އުޅެނިކޮށް އެކަން ފަޅާއަރައި ހައްޔަރުކޮށްފި އެވެ.
އެމެރިކާގެ ވާޖީނިއާގައި މީހަކު 150 އަށް ވުރެ ގިނަ ބޮން ހަދައި ގޭތެރޭގައި ފޮރުވައިގެން އުޅެނިކޮށް އެކަން ފަޅާއަރައި ހައްޔަރުކޮށްފި އެވެ.
މިއީ އެމެރިކާގެ މައި ތަހުގީގީ އިދާރާ އެފްބީއައިގެ ތާރީހުގައި ވެސް މިފަދަ އެއްޗެއް އެއްތަނަކުން ފެނުނު އެންމެ ގިނަ އަދަދު ކަމަށް ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވެ އެވެ.
އެފްބީއައިގެ އެޖެންޓުންނަށް މި ތަކެތި ފެނުނީ އުމުރުން 36 އަހަރުގެ ބްރެޑް ސްޕެފޯޑް، ފާމެއްގައި ހުންނަ އޭނާގެ އާއިލީ ގޭގައި ފޮރުވާފައި ހުއްޓަ އެވެ. އެފްބީއައި އިން މި ގެޔަށް ގޮސް ފާސްކުރީ ގޮވާތަކެތި އަމިއްލައަށް ހަދައިގެން އޭނާ ގެންގުޅޭ ކަމަށް ބުނެ އަވަށްޓެރިން ދިން މައުލޫމާތަކާ ގުޅިގެންނެވެ.
މެޝިން ޝޮޕެއްގައި މަސައްކަތްކުރާ ސްޕެފޯޑް ވަނީ ރައީސް ޖޯ ބައިޑަންގެ ފޮޓޯތައް ޓާގެޓް ޕްރެކްޓިސް ޝޫޓް ކުރުމަށް ބޭނުންކޮށް، ސިޔާސީ މީހުން މެރުމަށް ތާއީދުކުރާ ކަމަށް ބުނެ ވާހަކަ ދައްކާފައި ކަމަށް ވެސް ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވެ އެވެ.
ހަދާފައި ހުރި ގޮވާތަކެތީގެ ތެރޭގައި "ޕައިޕް ބޮން" ވެސް ހުރި ކަމަށާއި އެ އެއްޗެހި ހުރީ ބެކްޕެކަކަށް އަޅައި އޭނާ އާއި އަނބިމީހާ އަދި ދެ ކުދިން ނިދާ ކޮޓަރި ތެރޭގައި ބަހައްޓާފައި ކަމަށް ލިޔުންތަކުގައިވެ އެވެ.
އަދި ސްޕެފޯޑްގެ ފްރީޒަރުގައި، ވަރަށް ފަސޭހައިން ގޮވާ، ނުރައްކާތެރި ކޮމްޕައުންޑެއް ކަމަށްވާ އެޗްއެމްޓީޑީ އަޅާފައި ހުރި ދަޅެއް ހުރި ކަމަށާއި ކާބޯތަކެއްޗާ އެކު އެ ދަޅު ފްރީޒަރުގައި ބަހައްޓާފައި ހުރީ "ޑޫ ނޮޓް ޓަޗް" ޖަހާފައި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ގޭތެރެއިން ވަނީ ގޮވާތަކެތި ހަދާނެ ގޮތުގެ "ރެސިޕީ" ތައް ލިޔެފައި ހުރި ތަކެތި ވެސް ފެނިފަ އެވެ.
ޕްރޮސެކިއުޓަރުން ވިދާޅުވީ ގަވައިދާ ހިލާފަށް ރައިފަލެއް ގެންގުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ގޮވާތަކެތި ގެންގުޅުމުން އިތުރު ދައުވާތަކެއް ސްޕެފޯޑްގެ މައްޗަށް އުފުލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއިން ކޮންމެ ދައުވާއަކަށް ގިނަވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ.
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
ޓްރަމްޕް އަވަހާރަކޮށްލަން ބޭނުން ކަމަށް ބުނާ ނޯޓެއް
ޓްރަމްޕަށް ހަމަލާދިން ސަބަބާއި ރޭވި ބަޔަކު ވެސް ނޭނގެ
ޕެންސްގެ ގެއިން ވެސް ސިއްރު ލިޔުންތަކެއް
ބައިޑެންއަކީ ގައުމުގެ އަދުއްވެއް: ޓްރަމްޕު
އެފްބީއައިއާ ދެކޮޅަށް ޓްރަމްޕު ދައުވާ ކުރައްވައިފި
ޓްރަމްޕުގެ މާރް އާ ލޯގޯ ރިސޯޓް ބަލައި ފާސްކޮށްފި
ފުލުހުން އެފްބީއައިއާއެކު ބައްދަލުވުންތަކެއް ބާއްވައިފި
ވެކްސިން ކާޑު ވިއްކުމުން 120 އަހަރުގެ ޖަލު ހުކުމް
ޖެޓްޕެކްގައި 3،000 ފޫޓު މަތީ އުޅުނު މީހަކު ހޯދަނީ