ވާނުއާޓޫއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި 14 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފި އެވެ.
ވާނުއާޓޫއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި 14 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފި އެވެ.
އޭއެފްޕީއަށް ލިބުނު ޑިޒާސްޓާ އަޕްޑޭޓުގައި ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ވެރިރަށް ޕޯޓް ވިލާގެ ހޮސްޕިޓަލުގައި ތިބި ހަތަރު މީހަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގި ހާދިސާއެއްގައި މަރުވި ހަ މީހަކާއި ވެއްޓުނު އިމާރާތެއްގައި ތާށިވެ މަރުވި ހަތަރު މީހެކެވެ. އިމާރާތްތަކުގެ ދަށުވެ މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ޕެސިފިކް ކަނޑުގެ ގައުމެއް ކަމަށްވާ ވަނުއަޓޫގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮފީހުން އަންގާރަ ދުވަހުގެ ރޭ ނެރުނު ރިޕޯޓުގައިވާ ގޮތުން މިހާތަނަށް 200 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ.
ބިންހެލުމުގެ ސަބަބުން، 10 އިމާރާތަކަށް "ބޮޑު ސްޓްރަކްޗަރަލް ގެއްލުމެއް" ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި މައި ހޮސްޕިޓަލާއި ވެއްޓުނު ބޮޑު ފިހާރައަކާއި އެމެރިކާގެ އެމްބަސީ އާއި އެހެން ބައެއް ޑިޕްލޮމެޓިކް މިޝަންތައް ހިމެނޭ އިމާރާތްތައް ހިމެނޭ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
މީގެ އިތުރުން ތިން ބްރިޖާއި ކަރަންޓް ދެ ލައިނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.
ސަރުކާރުން ބުނީ ޕޯޓް ވިލާ އަށް ސަޕްލައިކުރާ ފެނުގެ ބޮޑު ދެ ރިޒާވް މުޅިން ހަލާކުވެފައިވާ ކަމަށެވެ. ފެނުގެ ނެޓްވޯކަށް ލިބުނު ގެއްލުން އަދިވެސް ބަލަމުން އަންނަ ކަމަށް ބުންޏެވެ. މޯބައިލް ފޯނާއި އިންޓަނެޓްގެ ހިދުމަތަށް ވެސް ވަނީ މައްސަލަތައް ކުރިމަތިވެފަ އެވެ. އެއާޕޯޓް އޮތޯ އޮޕަރޭޝަނަލް ހާލަތެއްގައި ނޫން ކަމަށާއި ނަމަވެސް އިންސާނީ އެހީތައް ހިފައިގެން އަންނަ ބޯޓުތަކަށް ހިދުމަތްދެވޭ ވަރުވާ ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައިވެ އެވެ. ނަމަވެސް އެއާކްރާފްޓް ފިއުލް ރިޒާވް ވަނީ ތަޣައްޔަރުވެފައި ކަމަށް ބަޔާނުގައިވެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި 7.3 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައީ ވަނުއާޓޫގެ މައި ރަށް، އެފާޓްގެ އައްސޭރިފަށުން ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރަށް، 57 ކިލޯމީޓަރު އަޑިންނެވެ.
ބާރުގަދަ ބިންހެލުމެއްގައި ވަނުއަޓޫ ފުނޑިއްޖެ
ބިންހެލުމުގައި ބިމާ ހަމަވި މިއަންމާއަށް ގަދަ ވިއްސާރަ
ބިންހެލުމުގައި މިއަންމާއިން މަރުވި އަދަދު 2000 އަށް
ބިންހެލުމުގައި މަރުވި އަދަދު 1،600 އިން މަތީގައި
ބިންހެލުމުގައި މިއަންމާ އާއި ތައިލެންޑުން 150 މަރު
ދިވެހިންގެ ހާލު މިދަނީ ބަލަމުން: ފޮރިން މިނިސްޓްރީ
ބެންކޮކްގެ ބިން ހެލުން: ސަފީރަށް ބިރުވެރި ދުވަހެއް!
މިއަންމާ އާއި ތައިލެންޑަށް ބާރުގަދަ ބިންހެލުމެއް
އިންޑިއާގެ ނިއު ދިއްލީއަށް ބިންހެލުމެއް
ޓިބެޓްގެ ބިންހެލުމުގައި މަރުވި އަދަދު 100 އިން މަތި