Roadha Mihaaru
104 އަހަރުގެ ހިނިތުންވުން: "ރީތި ފޮޓޯއެއް ދޯ"

ފޮޓޯ ސްޓޯރީ: 104 އަހަރުގެ ހިނިތުންވުން، "ރީތި ފޮޓޯއެއް ދޯ"

18 ޑިސެމްބަރ 2024

ފަޔާޒް މޫސާ ފަޔާޒް މޫސާ
ގޭގެ ސިޓިންރޫމްގެ ސޯފާގައި އިށީނދެލައިގެން: ފޮޓޯއަކަށް ހިނިތުންވެލަން އެދުމުން، ބާރަށް ހިނިގަނޑެއް ޖަހާލި އެވެ. ދެން ބުނީ އެ އުމުރުގައި ފޮޓޯ އިން އޭނާ ފެންނާނީ "ހަންކޮޅެއް ހެން" ކަމަށެވެ.

ގޭގެ ސިޓިންރޫމްގެ ސޯފާގައި އިށީނދެގެން އިންދައި ނެގި ފޮޓޯއެއް ދެއްކުމުން ވަރަށް ހިތްހަމަޖެހުނެވެ. ވަރަށް ރީތި ފޮޓޯއެއް ދޯ އޭ ބުނެ އިތުރަށް ނަގަން ބޭނުންވި އެވެ. ދެން އެދުނީ ފްރޭމްކޮށްފައި ފޮޓޯއެއް އޭނާ އަށް ފޮނުވައިދޭށެވެ.

ވީޑިއޯކުރަން ފެށުމުން، ފާތިމަތު އަމިއްލައަށް ތައާރަފް ވެލަނީ: އަހަރެންގެ ނަމަކީ ފާތުމަތު މުހައްމަދު، އއ. ތޮއްޑޫ އެވެ. އެކަމަކު އުމުރު ނުބުނެ ނިންމާލީ އެވެ. އެހާ މުހިއްމެއް ނޫނެވެ. ހިތް އަދިވެސް ވަރަށް ޒުވާނެވެ. އެންމެ ހަރަކާތްތެރިކޮށް އުޅުނު ދުވަސްތަކެކޭ އެއްގޮތަށް، ވާހަކަ ދެއްކުމުގައި ސަކަ މިޒާޖެއް ހުއްޓެވެ.

ފާތިމަތު ފޮޓޯނަގަން ފެށުމުން ކެމެރާއަށް ބަލަހައްޓައިގެން: މިހެން އިރުކޮޅަކަށް ކެމެރާއަށް ބަލަން އިނދެފައި، އެހީ ގިނަ ފޮޓޯ ނަގަނީ ކީއްކުރަން ހެއްޔެވެ؟ ޖަވާބު ވެސް އަމިއްލަ އަށް ދިނެވެ. " "އޭރަށް ނޫހުން ފެންނާނެ ދޯ މަ މަރުވިޔަސް." ބުނެލިއެވެ.

އައިޑީކާޑުގައިވާ ގޮތުން ފާތުމަތުގެ އުމުރަކީ 90 އަހަރެވެ. އެކަމަކު، އެއަށް ވުރެ އޭނާ ދޮށިވާނެ ކަން އާއިލާއަށް ޔަގީނެވެ. މިފަހުން، އޭނާގެ 80 އަހަރުގެ އަންހެން ދަރިއަކު ނިޔާވެއްޖެ އެވެ. އެންމެ ހަގު ދަރިފުޅަށް ވެސް 50 އަހަރު ވެއްޖެ އެވެ. އެހެންވެ އާއިލާއަށް ކަށަވަރުވާ ގޮތުގައި މަންމަގެ އުމުރު މިހާރު 100 އަހަރަށް ވުރެން މަތިވާނެ އެވެ.

ފާތިމަތު ވާހަކަ ދައްކަމުން ދާއިރު އަމިއްލައަށް އިނގިލިތަކާ ކުޅެނީ: އާއިލާ އިން ލަފާކުރާ ގޮތުގައި އޭނާއަށް މިހާރު 104 އަހަރު ވެދާނެ އެވެ. އަށް ދަރިން ވިހެއިރު، ދުނިޔޭގައި މިހާރު ތިބީ ފަސް ކުދިންނެވެ.

ފާތުމަތު އެންމެ ދުރު ހަނދާނަކަށް ހުންނަނީ، ވަަރަށް ކުޑައިރު، ބައްޕަމެންނާ އެކު ވަލަށް ދަރު ހޮވަން ގޮސް އުޅުމެވެ. ދޯނި ބަނދެ ނިމުމުން ފަރިވަޅު ކައްކައި ފޯރިއާ އެކު މޫދަށް ބޭލުމުގެ އުފާވެރި ހަނދާން ވެސް ހުއްޓެވެ. އެ ވާހަކައިން އެ ދުވަސްވަރުގެ ހިތްހަމަޖެހުން މޫނުމަތިން ސިފަވި އެވެ.

ފާތިމަތު: މިހާތަނަށް ދިމާވި އެންމެ އުފާވެރި ކަމަކީ ކޮބައިތޯ އެހުމުން ބުނީ މިހާރަކު ހަނދާނެއް ނެތް ކަމަށެވެ. "ލައްކަ ކަމެއް އޮންނާނެ" ކަމަށް ބުންޏެވެ. ތޮއްޑޫގައި ދަނޑުވެރިކަން ކުރަން އުޅުނު ހަނދާންތައް އޭގެ ތެރޭގައި ހިމެނެ އެވެ. އަދި ކަމުދާ ގޮތަކަށް ފޮޓޯއެއް ނެގިއްޖެތޯ ވެސް ދޭތެރެއަކުން އެހި އެވެ.

ގޭ ސިޓީން ރޫމްގައި ހުރި ގޮނޑިއެއްގައި ފާތިމަތު އިށީނދެލައިގެން: ރަށަށް އަންނަ މެހްމާނުންގެ ކެއިންބުއިމުން ފެށިގެން، ރަށުގެ ކުރިއެރުމަށް ކުރާ ކޮންމެ ކަމެއްގައި ވެސް އަންހެނުންނާ އެކު އިސްކޮށް އުޅުނެވެ. ތޮއްޑޫގެ މަޝްހޫރު ބަނޑިޔާ ގްރޫޕާ އެކު ރަށްރަށަށް ގޮސް ގިނަ ބަޔަކަށް އެކަން ދަސްކޮށްދިނުމުގައި ވެސް ވަރަށް ގިނަ ދުވަސް ހޭދަކުރި އެވެ.

ފާތިމަތު އޭނާ ދިރިއުޅޭ ގޭ ދޮރުމަތީ އަސާ ހިފައިގެން މަޑުކޮއްލައިގެން: ފިރިކަލުން ނިޔާވުމުން ވެސް ކުރީގެ ހީވާގި ކަމުގައި ވަރަށް ގިނަ މަސައްކަތް ފާތުމަތު ކުރި އެވެ. މިހާ ދުވަހު އެނދުމަތި ނުވެ، އޭނާއަށް އެގޮތުގައި ދެމިހުރެވުމުގެ ސިއްރަކީ ހެލިފެލިވެ އުޅުމެވެ.

ފާތިމަތު އޭނާގެ އަސާގައި ބޯ އަޅާލައިގެން: އަސާ ހިފަހައްޓާލައިގެން އިނދެފައި އޭގެ މަތީގައި ބޯއަޅާލުމުން، ވަރުބަލިވީހޭ އެހުމުން ބޯހޫރުވާލި އެވެ. "ވަރުބަލި ވާންވީތަ؟" ފާތުމަތު ވެސް ކުރީ ސުވާލެކެވެ.

ފާތިމަތު އޭނާ ކާ ހިތްވާ ބައެއް އެއްޗެހި ކިޔައިދެނީ: ދަރިފުޅު ކިޔައިދިން ގޮތުގައި، އެހާ ދުވަސްވުމުން މަންމަގެ ކެއުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. އޭނާއަށް ވެސް މީރުވެގެން ދޭން ބުނަނީ މީރުކޮށް ގިނަ މީހުން ކައި އުޅޭ ޕިއްޒާ އާއި ސަބްމެރިން ކަހަލަ ކެއުންތަކެވެ. ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ކާނާ ވެސް މީރުވެގެން ކައި އުޅެ އެވެ.

ކޮންމެ ދުވަހަކު މެގްނަމް ބޯން ބޭނުންވެ އެވެ. އެކަމަކު އޭނާގެ ކެއުމުގެ ކަންތައް ދަރިފުޅު ވަރަށް ފަރުވާތެރިކަމާ އެކު ބަލަހައްޓަ އެވެ.

"އެެންމެ މީރުވެގެން ކައި އުޅުނު އެއްޗެހި މިހާރު ނުކެވޭ ދޯ. އެއީ ވަށްބޮޅެއް ހެން އޮންނަ އެއްޗެއް، އެެއެއް މިހާރަކު ނުކެވޭ." ދަރިފުޅު ބުނި ގޮތުގައި އެއީ ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ޗިކަން ރިންގެވެ.

ތޮއްޑޫ ސްކޫލުގެ ތިމާވެށި ކްލަބާއި ދިވެހި ކްލަބު ގުޅިގެން އެ ސްކޫލުގައި ބޭއްވި އުފެއްދުންތެރި މައުރަޒުގައި ބައިވެރިވެ އެ މައުރަޒުން 2 ވަނަ ހޯދާފައިވާތީ ފާތިމަތު މުހައްމަދުއަށް ލިބިފައިވާ ހަނދާނީލިޔުމެއް. އޭނާގެ އެންމެ ހަރަކާތްތެރިވެ އުޅުނު ދުވަސްވަރު، މަގޫ ގަހުން މާ ހަދައިގެން ސަރުކާރުގެ އިނާމެއް ވެސް ހޯދި އެވެ. އެ ވާހަކަ ކިޔައިދެމުން ބުނީ، މަގޫ ގަހުން އެކި ވައްތަރުގެ މާ ހަދައި ކުލަ ޖައްސައިގެން މާވަށިގަނޑެއް ހެދުމުން ގިނަ ބަޔަކަށް ވަރަށް ރީތިވި ކަމަށެވެ.

ފާތިމަތު ގޭ ދޮރުމަތީގައި ހުރި ގޮނޑިއެއްގައި: މި ކަހަލަ ވަރަށް ބައިވަރު ވާހަކަ ކިޔައިދޭން ފާތުމަތު ބޭނުންވި އެވެ. އެކަމަކު ދިމާވުމުން އުފާވި ވާހަކަ އާއި ފުރާގަޑި ޖެހޭތީ ދަނީއޭ ބުނުމުން، އިރުކޮޅަކު ހިމޭންވި އެވެ. އޭނާގެ ދަރިފުޅު ބުނި ގޮތުގައި އެގޮތަށް ވާހަކަ ފަށައިފި ނަމަ އެ ބަޔަކު އެނބުރި ދާކަށް ބޭމެއް ނުވާނެ އެވެ.

ގެއިން ނުކުންނަމުން، ވަރަށް ރީތި ފޮޓޯއެއް ފްރޭމްކޮށްފައި ފޮނުވައިދޭނަމޭ ބުނަމުން ހިނިތުންވެލި އެވެ.