Roadha Mihaaru
އަލިފާނުގެ ހާދިސާ ހިނގުމުން ހައިދަރު ރާއްޖެއަށް

އަލިފާނުގެ ހާދިސާ ހިނގުމުން ރަސްމީ ދަތުރު ކުރުކޮށްލެއްވުމަށް ފަހު ހައިދަރު ރާއްޖެ ވަޑައިގަންނަވަނީ

12 ޑިސެމްބަރ 2024

ރަސްމީ ދަތުރެއްގައި މި ވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު، އެ މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވެ އެއްކޮށް އަނދައި ހުލިވުމާ ގުޅިގެން، އެ ދަތުރު ކުރުކޮށްލެއްވުމަށް ފަހު އެނބުރި ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރަސްމީ ދަތުރެއްގައި މި ވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު، އެ މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވެ އެއްކޮށް އަނދައި ހުލިވުމާ ގުޅިގެން، އެ ދަތުރު ކުރުކޮށްލެއްވުމަށް ފަހު އެނބުރި ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ހައިދަރު މި ވަގުތު ހުންނެވީ ތައިލެންޑުގަ އެވެ. އޭނާ ތައިލެންޑަށް ވަޑައިގަތީ އދ. އިން ބާއްވާ ސެޝަން އޮފް ދަ ކޮމިޓީ އޮން ސްޓެޓިސްޓިކްސްގެ ނުވަ ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ހައުސިން މިނިސްޓްރީން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މިނިސްޓްރީން ބަލަހައްޓާ ހައުސިން ސްކީމްތަކުގެ ލިޔެކިޔުންތައް ނުވަތަ ގެދޮރުވެރިޔާ ސްކީމްގެ ހުރިހާ ލިޔުމެއް ކްލައުޑު ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާތީ، މި އަލިފާނުގެ ހާދިސާގައި އެ ލިޔުންތަކަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.

"މި ހާދިސާއާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ކަންކަމާ ބެހޭ ގޮތުން ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކުރަމުންދާ ވާހަކަ ދެންނެވީމެވެ،" އެ ބަޔާނުގައި ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގީ ހައުސިން މިނިސްޓްރީ އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ހިންގާ މ. ގްރީން ބިލްޑިންގަ އެވެ. އެ އަލިފާންގަނޑު ވަނީ މުޅި އިމާރާތަށް ފެތުރިފަ އެވެ. ސިފައިން އަދިވެސް އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.