Roadha Mihaaru
ސޯޝަލް ސެންޓަރުގައި އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް

އަލިފާނު ހާދިސާ: ސޯޝަލް ސެންޓަރު އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ހަދައިފި

12 ޑިސެމްބަރ 2024

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވުމާ ގުޅިގެން، އެތާ ކައިރީގައި ހުންނަ ގެތަކުން ނުކުންނަން ޖެހުނު މީހުންނަށް އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ސޯޝަލް ސެންޓަރުގައި ހަދައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވުމާ ގުޅިގެން، އެތާ ކައިރީގައި ހުންނަ ގެތަކުން ނުކުންނަން ޖެހުނު މީހުންނަށް އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ސޯޝަލް ސެންޓަރުގައި ހަދައިފި އެވެ.

އެ ސަރަހައްދަށް ވަރަށް ބޮޑަށް ދުން ފެތުރުމާ ގުޅިގެން، ކައިރީގައި ހުރި ގެތަކުން ވަނީ ގިނަ އަދަދެއްގެ މީހުން ހުސްކޮށްފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އިމަޖެންސީ އިވެކުއޭޝަން ސެންޓަަރެއް ސޯޝަލް ސެންޓަރުގައި ހަދާފައިވާ ކަމަށެވެ. އަދި އެހީތެރިކަން ބޭނުންވާ މީހުން 115 އަށް ގުޅުމަށް ނުވަތަ އިވެކުއޭޝަން ސެންޓަރަށް ދިއުމަށް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.

އިވެކުއޭޝަން ސެންޓަރުގައި މިހާރު ތިބި މީހުންގެ އަދަދެއް އަދި ނޭނގެ އެވެ.

ރޯވި އަލިފާނާ އެކު، އަރަމުން ދާ ބޯ ދުމުގެ އަސަރު މުޅި އެ ސަރަހައްދަށް ކޮށްފައި ވާއިރު، އެ ހިސާބުގައި ހުރި ބައެއް ސްކޫލްތަކުގައި ވަނީ ކިޔަވައިދިނުން މެދުކަނޑާލައި ދަރިވަރުން ގެޔަށް ފޮނުވާލައިފަ އެވެ.

ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ވެސް ހިންގާ އެ އިމާރާތުގައި ރޯވި އަލިފާންގަނޑު އަދިވެސް އެއްކޮށް ނިއްވާ ނުލެވެ އެވެ.