09 ޑިސެމްބަރ 2024
މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީ އަށް މިދިޔަ މަހު ގެނައި ފަސް އިސްލާހާ މެދު ބައެއް މީހުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް އެއީ ކުރިއަށް ވުރެ ބޮޑަށް ރައްޔިތުންގެ ހައްގުގައި ގެނައި އިސްލާހުތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީ އަށް މިދިޔަ މަހު ގެނައި ފަސް އިސްލާހާ މެދު ބައެއް މީހުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް އެއީ ކުރިއަށް ވުރެ ބޮޑަށް ރައްޔިތުންގެ ހައްގުގައި ގެނައި އިސްލާހުތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި މަތިވެރީގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު އިދިކޮޅު ފަރާތްތަކަށް ދޫކޮށްލެއްވި ސުވާލުގައި ވިދާޅުވީ "މިހާރު ނޫންތޯ ކުރިއަށް ވުރެ ބޮޑަށް ރައްޔިތުންގެ ހައްގުގައި ގާނޫނުއަސާސީ ބައްޓަން ކުރެވުނީ" އެވެ.
ރައީސް ވިދާޅުވީ، މުހިންމު ފަސް އިސްލާހެއް ގާނޫނުއަސާސީ އަށް މި ފަހުން ގެނައި ނަމަވެސް ދައްކަނީ އެންމެ އިސްލާހެއްގެ ވާހަކަ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތަކަކާ ގުޅޭ މާއްދާ އަށް ގެނައި އިސްލާހުގެ ވާހަކައެވެ.
1. ރާއްޖޭގެ ސަރަހައްދު ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ނުވާ ގޮތަށް ހެދުން.
2. ރާއްޖޭގެ ސަރަހައްދުތައް އަސްކަރީ ބޭނުމަށް ދެވޭނެ ގޮތްތައް ކަނޑައެޅުން.
3. މަޖިލިސް މެމްބަރުންގެ ޝަރުތުތައް އިސްލާހު ކުރުން.
4. ގާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ގޮތަށް ހެދުން.
5. ރައީސްގެ މަސްއޫލިޔަތުތަކާ ބެހޭ ގޮތުން ގެނައި އިސްލާހު.
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތޮއްޑު އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި ގާނޫނުއަސާސީ އަށް ގެނައި ފަސް އިސްލާހުގެ ސަބަބުން ވެސް ރައްޔިތުންގެ އަތަށް ކުރިއަށް ވުރެ ވަރުގަދަ ބާރުތަކެއް ލިބޭނެ އެވެ. އޭގެ ތަފުސީލްތައް ވެސް އެ މަނިކުފާނު ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި ތަފުސީލްކޮށް ވިދާޅުވި އެވެ.
"... މިހާރު ރާއްޖޭގެ ސަރަހައްދަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކާއި ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން. މި ހުރިހާ ދުވަހު ރާއްޖޭގެ މި އޮތް ބޮޑު އިގްތިސޯދީ ސަރަހައްދަށް ބަދަލަށް ގެންނަންޏާ ނުޖެހޭ ރައްޔިތުންގެ ބަހެއް ހޯދާކަށް. އެއްވެސް ވަރަކަށް ރައްޔިތުން ކައިރީ އަހާކަށް ނުޖެހޭނެ. ރައްޔިތުންގެ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައިގެ ވޯޓަކުން [އޭރު] ރާއްޖޭގެ ސަރަހައްދު [12 ނޯޓިކަލް މެއިލް]ބަދަލު ކޮށްލެވޭނެ،" ރައީސްގެ ޕްރެޒެންޓޭޝަންގައި ވިދާޅުވި އެވެ.
"ނަމަވެސް އަޅުގަނޑުމެން މި ގެނައި ބަދަލުގައި އެންމެ އަކަ އިންޗިއެއް ވެސް ބަދަލު ކުރެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ އަޣުލަބިއްޔަތުން. އަދި އޭގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ."
ރައީސް ފާހަގަކުރެއްވި ގޮތުގައި އެއީ ވެސް ރައްޔިތުންގެ އަތަށް ލިބުނު އިތުރު އަދި ވަރުގަދަ ބާރެކެވެ.
އއ. މަތިވެރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަލާމް ކުރައްވަނީ.
ރައީސް މުއިއްޒު ދެން ފާހަގަކުރެއްވީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ބައެއް ކަންކަން ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ބެހޭ މާއްދާ އަށް ގެނައި އިސްލާހުގެ ވާހަކައެވެ. އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާނެތޯ އާއި ނުނަގާނެތޯ ވެސް ރައްޔިތުންގެ މަޖިލިހުން ބޭނުންވެއްޖެ ނަމަ ކުރިން ނިންމިދާނެ ކަމަށެވެ. އެކަމަކު، ގާނޫނުއަސާސީ އަށް ފަހުން ގެނައި އިސްލާހުގެ ދަށުން އެ ބާރު ވެސް ދިނީ ރައްޔިތުންނަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެކަމަކު މިހާރު މި ގެނައި ބަދަލަކީ އެ މާއްދާ ބަދަލު ކުރެވޭނީ ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެންނޭ. މާނައަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ހުރި ކަންކަން ބަޔާންކުރާ މާއްދާ ވެސް ބަދަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނޭ. އިތުރު ލޭޔަރެއް ލައި ރައްޔިތުންނަށް ބާރުވެރިކަން މި ދިނީ. އެހެންވީމާ އެއީ އަޅުގަނޑުމެން މި ކުރި ކަމަކީ،" ރައީސް ވިދާޅުވި އެވެ.
ތަފުސީލަށް ވަޑައިގަންނަވަމުން އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ރިޔާސީ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތާއި ރައްޔިތުންގެ މަޖިލިހުގެ އުމުރު ބަދަލުކުރުން ފަދަ މުހިންމު ކަންކަމަށް ބަދަލު ގެނައުމުގެ ޕްރޮސީޖާތަކަށް ބަދަލު ގެންނަން ބޭނުންވިޔަސް ދެން އަހަން ޖެހޭނީ ރައްޔިތުން ގާތުން ކަމަށެވެ.
"އެހެންވީމާ މިހާރު ނޫންތޯ ރައްޔިތުންނަށް ކުރިއަށް ވުރެ ބޮޑަށް ރައްޔިތުންގެ ހައްގުގައި ގާނޫނުއަސާސީ މި ބައްޓަން ކުރެވުނީ،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުން އޭނާ ހޮވީ ކޮންމެވެސް ޕާޓީއަކުން އައީމާ ނޫނީ އަމިއްލަ އަށް އައީމާ. އެހެން ނަމަވެސް އެކަން ދޫކޮށްލީމާ ކޮބައިތޯ ރައްޔިތުންގެ ހައްގު، އޭނާ އަށް ވޯޓުލީ މީހުންގެ ބާރު. އެ ހައްގު. އެހެންވީމާ އެކަން މި ހިމާޔަތް މި ކުރީ. އޭނާ އަށް ވޯޓުލީ މީހުންނަށް ބާރު އަނބުރާ ދެނީ،"--- ރައީސް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތަކަކާއި ގުޅޭ މާއްދާއަށް ގެނައި އިސްލާހާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެއީ ވެސް ރައްޔިތުންގެ އަތްމައްޗަށް ބާރުތައް އަނބުރާ ދިނުމަށް ގެނައި އިސްލާހެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ވޯޓުލަނީ އެ ކެންޑިޑޭޓެއްގެ ހުރި ސިޔާސީ ފިކުރަކަށް ބަލައިގެން ކަމަށް ވިޔަސް މެމްބަރަަކަށް ހޮވުމަށް ފަހު، އެކި ސަބަބުތަކާ ހުރެ އެ ފިކުރު ބަދަލުކުރުމަކީ ރައްޔިތުން ވޯޓު ދިން ގޮތާ ހިލާފުވުން ކަމަށް އެ މަނިކުފަނު ވިދާޅުވި އެވެ.
"ރައްޔިތުން އޭނާ ހޮވީ ކޮންމެވެސް ޕާޓީއަކުން އައީމާ ނޫނީ އަމިއްލަ އަށް އައީމާ. އެހެން ނަމަވެސް އެކަން ދޫކޮށްލީމާ ކޮބައިތޯ ރައްޔިތުންގެ ހައްގު، އޭނާ އަށް ވޯޓުލީ މީހުންގެ ބާރު. އެ ހައްގު. އެހެންވީމާ އެކަން މި ހިމާޔަތް މި ކުރީ. އޭނާ އަށް ވޯޓުލީ މީހުންނަށް ބާރު އަނބުރާ ދެނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ ކުރިންތޯ މިހާރު ތޯ ރައްޔިތުންގެ ބާރުވެރިކަން ޔަގީން ވެގެންދަނީ؟ އެއީ ވަރަށް ސާފު ސުވާލެއް. ރައްޔިތުންގެ މަޖިލިހަށް މެމްބަރަކު ހޮވާފައި އެ ރައްޔިތުން އޭނާ ހޮވި ސަބަބު ބޮލާލައިޖަހާފައި އެހެން ގޮތަކަށް ދިޔައީމާ ރައްޔިތުންގެ ހައްގު ކޮބައިތޯ؟ އެހެންވީމާ އެކަން ހިމާޔަތް ކުރުމަށްޓަކައި އެކަން މި ޔަގީން ކުރަނީ ގާނޫނުއަސާސީން."
ގާނޫނުއަސާސީއަށް ގެނައި ބަދަލަށް ޖަމްއިއްޔާތައް ދެކޮޅު
އެއީ ހަމަޖެހުމަށްޓަކައި މުހިންމު އިސްލާހުތަކެއް: ރައީސް
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ބިލް ތަސްދީގުކޮށްފި
"އަމީނަށް ހެދި ގޮތް" ހަދަން ބުނި މައްސަލަ މަޖިލީހަށް
އާސަންދަ އާއި ސަބްސިޑީ ކަނޑައެއް ނުލާނަން: ރައީސް
ފަޅު ހިއްކައިގެން މަތިވެރީގައި އެއާޕޯޓެއް އަޅަނީ
އެމްޑީޕީއަކީ ވެރިކަން ވައްޓާލާނެ ބައެއް ނޫން: ފައްޔާޒް
ގާނޫނުއަސާސީއާ ގުޅޭ ދުސްތޫރީ މައްސަލަ ބަލައިގެންފި
ގާނޫނުއަސާސީ، ގާނޫނުއަސާސީއާ ހިލާފުވީތަ؟!
އޭސީސީ/އީސީގެ ވެރިން ރައީސް ކަނޑައަޅާގޮތަށް ފާސްްކޮށްފި