އިސްލާމް ދީނުގެ ވަރުގަދަ އަގީދާގެ މަތީގައި ތިބި ގައުމު ދެކެ ލޯބިވާ އަދި ޒިންމާދާރު ދަރިންތަކެއް ބިނާ ކުރުމަށް އެންމެން އަޒުމު ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
07 ޑިސެމްބަރ 2024
އިސްލާމް ދީނުގެ ވަރުގަދަ އަގީދާގެ މަތީގައި ތިބި ގައުމު ދެކެ ލޯބިވާ އަދި ޒިންމާދާރު ދަރިންތަކެއް ބިނާ ކުރުމަށް އެންމެން އަޒުމު ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ރަސްމިއްޔާތުގައި ހުށަހެޅުންތައް ހުށަހަޅައިދިން ދަރިވަރުންގެ ކިބައިން ވެސް ރާއްޖޭގެ މުސްތަގުބަލު އުޖާލާ ވާނެ ކަން ސާބިތުވެއްޖެ އެވެ.
އެއީ ރަނގަޅު ބިންގަލެއްގެ މަތީގައި ދަރިވަރުން ބިނާކުރުމަށް ލިބިގެންދާނެ ހިތްވަރެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ މާފަންނު މަދަރުސާގެ ތަރައްގީ އަށް ސްކޫލުން އެދޭ ކަންކަން ސަރުކާރުން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މާލެ ސިޓީ ކައުންސިލުން ވެސް އެކަމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
މީގެ އިތުރުން އިސް ރަށްވެހިންނަށް ފަސޭހައިން ބޭނުން ހިފޭ ގޮތަށް ސްކޫލްގެ ގްރައުންޑް ފްލޯގައި ހޯލެއް މި އަހަރު ތެރޭގައި އިމާރާތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
ރައިސް މިއަދު ވަނީ އެ ސްކޫލަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ އަދި މިހާރު ވެސް ކޮށްދެއްވަމުން ގެންދާ މުވައްޒަފުންނަށް އެކަމުގެ ހަނދާނީ ފިލާ އަރުވައިފަ އެވެ.
މަޖީދިއްޔާއަކީ ރާއްޖޭގެ "އިލްމީ ބަގީޗާ": ރައީސް
2027 އަށް އަރަބިއްޔާ ސްކޫލުގައި ކިޔެވޭނެ: ރައީސް
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
ލޯނުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ދެނީ
"ކިޔެވުމުގައި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދޭނަން"
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ކަނޑާލައިފި
ރޯދައަށް ސްކޫލު ބަންދުކުރެވޭ ގޮތް ހަމަޖައްސަން އެދިއްޖެ
"އިލްމީގޮތުން ވަކިވަކި ފަރުދުން ބާރުވެރިކުރުވަން ޖެހޭ"
ސެޕްޓެމްބަރުގެ ނިޔަލަށް ސްކޫލްތައް އޭސީކޮށް ނިންމަނީ
އެސްޓޯނިއާއިން ތައުލީމީ ފުރުސަތު ހޯދަން މަޝްވަރާ ކޮށްފި