ގާނޫނުއަސާސީއަށް އަވަސް އަރުވާލައިގެން ގެނައި ބަދަލުތަކުން ސަރުކާރުގެ ހުދުމުހުތާރުކަން ހާމަވާ ކަމަށާއި ބޭނުން އިރަކު ބޭނުން ގޮތަކަށް ގާނޫނުއަސާސީ ބަދަލުކުރާނެ ދައްކައިފި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
21 ނޮވެމްބަރ 2024
ގާނޫނުއަސާސީއަށް އަވަސް އަރުވާލައިގެން ގެނައި ބަދަލުތަކުން ސަރުކާރުގެ ހުދުމުހުތާރުކަން ހާމަވާ ކަމަށާއި ބޭނުން އިރަކު ބޭނުން ގޮތަކަށް ގާނޫނުއަސާސީ ބަދަލުކުރާނެ ދައްކައިފި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ މެންބަރަކު ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެންބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް އިއްޔެ އިސްލާހު ހުށަހަޅައި، އެ އިސްލާހުގެ މަސައްކަތް މަޖިލީހާއި ކޮމިޓީން ނިންމައި އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
އިދިކޮޅު އެމްޑީޕީން އެކަމާ ކަންބޮޑުވުން ފާޅުކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް ބޭނުންވާ އިރަކު ގާނޫނުއަސާސީ ބަދަލު ކުރާނެކަން ސާފުކޮށް ދައްކަވާފައި ކަމަށާއި އެއީ ހުދުމުހުތާރުކަމުގެ ސިފައެއް ކަމަށެވެ.
"ހުދުމުހުތާރު ވެރިކަން އެ ބޭފުޅުން ސާފުކޮށް ރައްޔިތުންނަށް ދެއްކެވިތަން އަޅުގަނޑުމެންނަށް ފެންނަނީ. ފޮރުވަން ވެސް އުޅުއްވުމުގެ ބަދަލުގައި. އަޅުގަނޑުމެންނަށް މިކަން މިގޮތަށް ކުރުން ހުއްޓުވަން ކުރެވޭނެ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން ބޭނުންވޭ،" ފައްޔާޒު ވިދާޅުވި އެވެ.
"ހުދުމުތާރު ވެރިކަމެއް ބަލިކޮށް ރައްޔިތުންގެ ބާރު މި ގައުމަށް އަލުން ގެނައުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރަމުން ދާނަން."
ފައްޔާޒު ވިދާޅުވީ އެންޓި-ޑިފެކްޝަން ނުވަތަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮތުމަކީ އޭގައި ގޯހެއް އޮތް ކަމެއް ނޫން ކަމަށާއި އެކަމަށް ތާއީދު ވެސް ކުރާ ކަމަށެވެ. ނަމަވެސް، ޕާޓީއަކުން މެންބަރަކު ވަކިކުރާ ހާލަތުގައި ގޮނޑި ގެއްލޭ ނަމަ އުސޫލުތަކެއް އޮންނަން ޖެހޭ ކަމަށާއި އެކަމުގައި ބަސް ބުނަން ޖެހޭނީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރުން ގާނޫނުއަސާސީ އަށް ގެނައި ބަދަލު އޮތް ގޮތުން މެންބަރުން ތިބެން ޖެހެނީ ޕާޓީތަކުގެ އަޅުވެތިވެފައި ކަމަށް ފައްޔާޒު ސިފަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި މިކަން މިގޮތަކަށް ނުބާއްވާނަން. ވަރަށް ސާފުކޮށް މި ބުނަނީ. ގޮނޑި ގެއްލޭ ހާލަތްތައް ހުންނަން ވާނެ ޕާޓީގެ ވިޕާ ހިލާފުވީމާ. ޕާޓީއަކީ ވެސް މިއަދު ދައުލަތުގެ ބައެއް. ހުރިހާ ރައްޔިތުންގެ ކަންކަމުގައި ގޮތް މި ނިންމަނީ ޕާޓީތަކުގެ ތެރެއިން. އެ ހައްގު އޮންނަން ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.
"އެކަމަކު މެންބަރުގެ ގޮނޑި ގެއްލެން ވާނީ ވަކި ހާލަތްތަކެއްގައި އެ އެޕީލް ކުރުމުގެ ފުރުސަތު ލިބިގެން. ރިކޯލް ވޯޓަކަށް ރައްޔިތުންނާ ހަމައަށް ދިއުމަށް ފުރުސަތު އޮންނަން ވާނެ. އެއީ އެންމެ ރަނގަޅު ގޮތަކީ. ޕާޓީން ވަކިކޮށްފި ހާލަތުގައި ގޮނޑި ގެއްލޭ ކަމަށްވާ ނަމަ ރައްޔިތުން އެބަ ބުނަން ޖެހޭ އާނއެކޭ އޭނާ ދުރަށް ލާން އެބަ ޖެހެއޭ."
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ފިކުރު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ވެސް ވެރިކަން ކުރީ ރައްޔިތުންގެ ހައްގުތައް އިސްކޮށް ގާނޫނުއަސާސީއަށް އިހްތިރާމްކޮށްގެން ކަމަށެވެ. އެކަމަކު ގާނޫނުއަސާސީ ބޭނުންކޮށްގެން ތަޅު އެޅުވުމާއި އަނިޔާ ކުރުމަކީ ޕީއެންސީގެ ފިކުރުގެ ބަޔަކަށް ހަދައިފި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މި ސަރުކާރުން ރައްޔިތުންގެ ފަޅިއޭ ބުނާއިރު ރައްޔިތުންނަށް އަނިޔާވާނެ ބާރުވެރިކަން ގެއްލޭ ފަދަ ގޮތަށް ކަންތައްތައް ކުރަމުން މިދަނީ،" ފައްޔާޒު ވިދާޅުވި އެވެ.
ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގައި ބުނާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ އެވެ.
އޭގެ އިތުރުން މަޖިލިހުގެ މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ވެސް ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ވެ އެވެ. އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަ ވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.
މަޖިލީހުގައި އިސްލާހާ ގުޅިގެން އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅު ކުރީ މެންބަރުން ވަކިކުރާ ހާލަތުގައި ވެސް ގޮނޑި ގެއްލޭ ގޮތަށް އޮތުމުންނެވެ. އިއްޔެގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވި ގޮތުގައި އެގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފި ނަމަ، ރައްޔިތުންގެ މެންބަރުން ސިޔާސީ ޕާޓީއެއްގެ އަޅުވެތިވެ، ތަޅުލެވޭނެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ އިސްލާހުގެ އެ މާއްދާ ބަދަލު ކުރަން އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. އޭނާ ހުށަހެޅުއްވީ ޕާޓީއަކުން މެންބަރަކު ވަކިކުރާ ހާލަތުގައި އޭނާ މަގާމުގައި ދެމިހުރުމާ މެދު ދާއިރާގެ ރައްޔިތުންގެ ވޯޓެއް ނެގުމަށެވެ. ނަމަވެސް، އެ އިސްލާހު ޕީއެންސީގެ މެންބަރުންގެ ވޯޓުން ވަނީ ބޭރުކޮށްފަ އެވެ.
ފަޒްނާގެ ފޮޓޯގައި ގެންގުޅެނީ އެމްޑީޕީ ވޯޓާސް ލިސްޓު!
"ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީއަށްދޭ ހަމަލައެއް"
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ގޮނޑިގެއްލޭ އިސްލާހު މިހާރުގެ މެމްބަރުންނަށް ނުހިނގާނެ
ގާނޫނުއަސާސީއަށް ގެންނަ ބަދަލު ކޯޓުތަކަށް ނުބެލޭނެ:އޭޖީ
އިބޫގެ މައްޗަށް ތަހުގީގު ހިންގަން އަންގަން ފާސްކޮށްފި
ބަދަލުގެގޮތުގައި ދިން ފައިސާ ދައުލަތަށް އަނބުރާ ހޯދަނީ
އެމްޑީޕީއަކީ ވެރިކަން ވައްޓާލާނެ ބައެއް ނޫން: ފައްޔާޒް
ދުސްތޫރީ މައްސަލައަށް އެމްޑީޕީ، ޑިމޮކްރެޓުން ވަންނަނީ
އެމްޑީޕީ އާއި ސަރުކާރު ސަޕޯޓަރުން މަޖިލިސް ދޮށަށް