06 މާޗް 2017
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ 80 ޕަސެންޓް ކާމިޔާބު ކުރާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފި އެވެ.
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ 80 ޕަސެންޓް ކާމިޔާބު ކުރާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފި އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފް ވިދާޅުވީ، އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ އާއި ޑީއާރުޕީ ގުޅިގެން، ލޯކަލް އިންތިޚާބުގެ 70-80 ޕަސެންޓް ކާމިޔާބު ކުރާނެ ކަމަށެވެ.
ޕީޕީއެމްގެ ޓިކެޓުގައި ލޯކަލް އިންތިޚާބަށް 533 ކެންޑިޑޭޓަކު ވާދަކުރާއިރު، އެ ހުރިހާ ކެންޑިޑޭޓުންނަށް ވެސް މާލީ އެހީތެރިކަން ދޭން ނިންމާފައިވާކަމަށް އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަދު ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމުގައި، ކެންޑިޑޭޓުންނަށް މާލީ އެހީތެރިކަން ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި އިންތިޚާބަށް ޕޯސްޓަރު ތައްޔާރުކޮށްދިނުމާއި ފޮޓޯ ނަގައިދިނުން ފަދަ ކަންތައްތައް ކެންޑިޑޭޓުންނަށް ކޮށްދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް މާލީ އެހީތެރިކަން ދެމުން އައީ. އެކަމަކު މިފަހަރު، ކުރިއަށް ވުރެ ރަނގަޅު އެއްޗެއް އެހީގެ ގޮތުގައި ދޭން މި ނިންމީ. އެއީ ކެމްޕެއިނަށް ކޮންމެ ކެންޑިޑޭޓެއްގެ އަތުން ވެސް ވަރަށް ހަރަދު ދާނެތީ. އެގޮތުން، އަތޮޅު ކައުންސިލާއި ސިޓީ އަދި ރަށު ކައުންސިލްތަކަށް ވަކި އަދަދެއް ކަނޑައެޅީ. ދެން ރަށުގެ އާބާދީ އަށް ވެސް ބަލާނެ،" އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ޕާޓީގެ އިސްބޭފުޅުން، ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކޮށްދެއްވާނެ ކަމަށެވެ.
އިންތިހާބުގެ ބޮޑު މައްސަލަ: ވަގުތު އިތުރުކުރުން
ވެރިން ނަޝީދު ފަހަތުން، އާންމުންނަށް އެހެން މަންޒަރެއް
އީސީއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ މާދަމާ
ލޯކަލް އިންތިޚާބު ވަކި ޕާޓީއެއްގެ މަސްލަހަތަށްތަ؟
އާ އިންތިހާބަކަށް އިއުލާން ކުރީ ކޯޓު އަމުރާ ހިލާފަށް
ކައުންސިލް އިންތިހާބު އެޕްރީލް 8 ގައި
ކައުންސިލް އިންތިޚާބު މާޗުގައި ބާއްވަން ތައްޔާރުވަނީ
ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދިނުމަށް މަޝްވަރާ ކޮށްފި
މުސްތޮފާ، ސައުދުﷲ އަދި ޝާހުގެ ގޮނޑި ގެއްލިއްޖެ
ނަތީޖާ އިއުލާން ކުރުން ލަސްވާތީ އެމްޑީޕީން ފާޑު ކިޔައިފި