Roadha Mihaaru
ހަނިމާދޫގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ހަނިމާދޫގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

06 މާޗް 2017

ހދ. ހަނިމާދޫގައި ޓޫރިސްޓަކު ގެނބިގެން އިއްޔެ މަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހދ. ހަނިމާދޫގައި ޓޫރިސްޓަކު ގެނބިގެން އިއްޔެ މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިޓަލީގެ 85 އަހަރުގެ ފިރިހެނަކު މަރުވެގެން އިއްޔެ މެންދުރު ރިޕޯޓު ކޮށްފައިވާ ކަމަށެެވެ.

އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހަނިމާދޫ ކައުންސިލުން ބުނީ އެއީ އެ ރަށުގެ ޓޫރިސްޓް ހޮޓަލަކަށް ޗުއްޓީ ހޭދަކޮށްލުމަށް އެކަނި ދިޔަ މީހެއް ކަމަށެވެ. އޭނާ ހަނިމާދޫގައި އުޅޭތާ ހަފުތާއެއްހާ ދުވަސް ވެފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.