12 ނޮވެމްބަރ 2024
ލިޒްބަން (ނޮވެމްބަރު 12) – މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން ސްޕޯޓިން ލިޒްބަންގެ މަގާމު ދޫކޮށްލި ރުބެން އަމޯރިމްގެ ބަދަލުގައި ޖޮއާއޯ ޕެރޭރާ އެ ޓީމުގެ ކޯޗުކަމަށް ހަމަޖައްސައިފި އެވެ.
ލިޒްބަން (ނޮވެމްބަރު 12) – މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން ސްޕޯޓިން ލިޒްބަންގެ މަގާމު ދޫކޮށްލި ރުބެން އަމޯރިމްގެ ބަދަލުގައި ޖޮއާއޯ ޕެރޭރާ އެ ޓީމުގެ ކޯޗުކަމަށް ހަމަޖައްސައިފި އެވެ.
އުމުރުން 40 އަހަރުގެ ޕެރާރާ، އިއްޔެއާ ހަމައަށް ހުރީ ސްޕޯޓިންގެ ޒުވާން ޓީމުގެ ކޯޗަކަށެވެ. އޭނާގެ ކޯޗުކަމުގެ ދަށުން އެ ޓީމުން 11 މެޗު ކުޅުނެވެ.
ކުރިން ޑިފެންޑަރަކަށް ކުޅުނު ޕެރޭރާ ވަނީ އަމޯރިމްގެ ކޯޗުކަމުގެ ދަށުން ސްޕޯޓިން އަށް ކުޅެފަ އެވެ. ޕޯޗުގަލްގެ ޕްރިމޭރާ ލީގު ޗެމްޕިއަންކަން 2021 ގައި އަމޯރިމްގެ ކޯޗުކަމުގެ ދަށުން ސްޕޯޓިން އިން ހޯދި ސީޒަނުގައި ކުޅުންތެރިޔެއްގެ ގޮތުގައި ޕެރޭރާ ވަނީ ހިއްސާ ވެފަ އެވެ. އޭނާ ވަނީ އެ ކްލަބަށް 150 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ.
ޕެރާރާގެ ކޯޗުކަމުގެ ދަށުން 23 އަހަރުން ދަށުގެ ޓީމު ވަނީ 53 މެޗުގައި ކުޅެ 20 މެޗުން މޮޅުވެފަ އެވެ.
ކޯޗުގެ މަގާމާ ހަވާލުވުމަށް ފަހު ޕެރާރާ ބުނީ ކުޅުނު ދުވަސްވަރުން ފެށިގެން ސްޕޯޓިން އިން ގިނަ ކަންތައްތަކެއް އޭނާ އަށް ކޮށްދީފައިވާ ކަމަށެވެ.
"އަހަންނަށް އޭގެ އަގު އަދާކުރެވުނީ ސުޕަ ކަޕް އަދި ލީގު ޗެމްޕިއަންކަން ހޯދައިދީގެ އެކަނި. އެ ވެސް ބެލެވުނީ ކްލަބުން އަހަންނަށް ކޮށްދިން ކަމެއްގެ ގޮތުގައި،" ޕެރާރާ ބުންޏެވެ.
"އަހަރެން ބޭނުން ކްލަބުން އަހަންނަށް ކޮށްދިން މަސައްކަތްތަކުގެ އަގު އަދާކޮށްދޭން. އެކަން ނުކުރެވޭތީ އަހަރެން ދެރަވަން. އެހެންވީމާ ކޯޗެއްގެ ގޮތުގައި އަހަރެން ބޭނުން ގިނަ ތަށިތަކެއް ހޯދައިދީގެން އޭގެ އަގު އަދާކޮށްދޭން. ސަބަބަކީ ސްޕޯޓިން އަށް އެކަން ހައްގުވެގެންވޭ."
ސްޕޯޓިންގެ ކޯޗުކަމުން އަމޯރިމް ވަކިވެ ދިޔައީ ލެގަސީއެއް އުފެއްދުމަށް ފަހު ކަމަށް ޕެރާރާ ބުންޏެވެ. އެ ކްލަބަށް އަމޯރިމް ކޯޗުކޮށްދިން މުއްދަތުގައި، ޔޫރަޕްގެ އެންމެ ވަރުގަދަ 10 ލީގުގެ ތެރެއިން ދެ ވަނަ އަށް އެންމެ ގިނަ މެޗު ކާމިޔާބު ކުރީ ސްޕޯޓިން އެވެ. އެ ކްލަބަށް ވުރެ ގިނައިން މެޗުތައް ކާމިޔާބު ކުރީ މެންޗެސްޓާ ސިޓީ އެވެ. އެއީ 127 މެޗެވެ. އެ މުއްދަތުގައި ސްޕޯޓިން އިން 122 މެޗުން މޮޅުވި އެވެ.
ޕޯޗުގަލް ލީގުގައި ކޮންމެ ގޯލަކަށް 200 ގަސް އިންދަނީ
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ތުރުކިޔޭ އާއި ޗެކިއާގެ މެޗަށް ފަހު ހަމަނުޖެހުމެއް
އަމޯރިމް ވެސްޓްހޭމާ ވާހަކަދެއްކުމުން ސަޕޯޓަރުން ރަތަށް
ރެއާލްގެ ކުރީގެ ޑިފެންޑަރު ކޮއެންޓްރާއޯ ދަނީ މަހަށް
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ގާޑިއޯލާއަށް ފަހުވެސް ސިޓީ ގޮތުގައި ކުރިއަށްދާނެ