Roadha Mihaaru
ބަނގުރާ ފުޅިތަކަކާ އެކު ތިން ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކަކާ އެކު ތިން ބިދޭސީއަކު ހައްޔަރުކޮށްފި

08 ނޮވެމްބަރ 2024

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން ބިދޭސީއަކު ގިނަ އަދަދެއްގެ ބަނގުރަލާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން ބިދޭސީއަކު ގިނަ އަދަދެއްގެ ބަނގުރަލާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ހުޅުމާލެ 1 ގެ މަގުމަތިން ޕިކަޕެއް ހުއްޓުވައި ތިން ބިދޭސީއަކު ހައްޔަރުކޮށް ބަލައިފާސްކުރިއިރު 48 ފުޅި ބަނގުރާ ފެނުނެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ ދެ މީހުން ކަމަށްވާ ބިކާރާ ކުމާރު، 24، އާއި އަކިލޭޝް ކުމާރު، 27، އަދި ނޭޕާލް މީހެއް ކަމަށްވާ އުމާކަންތު ޗޯދަރީ، 35، އެވެ.

މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ އެންމެން ވެސް 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.