Roadha Mihaaru
އާރުސީސީ ވެހިކަލުގައި ރާ އުފުލި ޑްރައިވަރު ޑީޕޯޓުކޮށްފި

އާރުސީސީގެ ވެހިކަލެއްގައި ރާފުޅިތައް އުފުލި ޑްރައިވަރު ޑީޕޯޓްކޮށްލައިފި

18 ޖެނުއަރީ 2023

އާރުސީސީގެ ވެހިކަލެއްގައި ބަނގުރާ އުފުލި މައްސަލާގައި ހައްޔަރުކުރި ޑްރައިވަރު މިއަދު ޑީޕޯޓްކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާރުސީސީގެ ވެހިކަލެއްގައި ބަނގުރާ އުފުލި މައްސަލާގައި ހައްޔަރުކުރި ޑްރައިވަރު މިއަދު ޑީޕޯޓްކޮށްލައިފި އެވެ.

ހުޅުމާލޭގައި ދުއްވާފައި ދިޔަ ވޭނަކާ މެދު ޝައްކު ކުރެވިގެން އެ ވޭން ބަލައި ފާސްކުރިއިރު މިދިޔަ ބުދަ ދުވަހު ވަނީ އެ ވެހިކަލްގެ ތެރެއިން ބަނގުރާ ފުޅިތަކެއް ފެނިފަ އެވެ.

އެ މައްސަލައާ ގުޅިގެން ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަންގެ ވިޔަފާރިކުރާ އާރުސީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ކުންފުނީގެ ވޭނެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއް ފެނުނު މައްސަލަ ފުލުހުން ތަހުގީގުކުރުމަށް ފަހު، އެކަމުގައި އިހުމާލުވާ ޑްރައިވަރު ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އާއިލީ ކުންފުނި، އާރުސީސީން ބުނީ، ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް އެ ކުންފުނިން ނުކުރާނެ ކަމަށާއި އަދި އެކަމަށް ހިތްވަރެއް ވެސް ނުދޭނެ ކަމަށެވެ.