05 ނޮވެމްބަރ 2024
ތުރުކީ ލީގުގެ ރެފްރީންގެ ފެންވަރު މިހާ ދަށްކަން ކުރިން އެނގުނު ނަމަ އެ ލީގުގެ ކްލަބަކާ ހަވާލުނުވީސް ކަމަށް އިޝާރާތްކޮށް، ފެނަބާޗޭގެ ކޯޗު ހޯސޭ މޮރީނިއޯ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ތުރުކީ ލީގުގެ ރެފްރީންގެ ފެންވަރު މިހާ ދަށްކަން ކުރިން އެނގުނު ނަމަ އެ ލީގުގެ ކްލަބަކާ ހަވާލުނުވީސް ކަމަށް އިޝާރާތްކޮށް، ފެނަބާޗޭގެ ކޯޗު ހޯސޭ މޮރީނިއޯ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ތުރުކީ ލީގުގައި އާދީއްތަ ދުވަހު ޓްރަބްޒޮންސްޕޯއާ އަތުން ފަހު ސިކުންތުގައި 3-2 އިން ފެނަބާޗޭ މޮޅުވި މެޗަށް ފަހު މޮރީނިއޯ ބުނީ އޭނާގެ ޓީމަށް ތިން ޕޮއިންޓް ލިބުނު ނަމަވެސް ރެފްރީންގެ ފަރާތުން ފެނުނީ ގޯސް ނިންމުންތަކެއް ކަމަށެވެ.
ފްރެޑްގެ ގޯލުން ފެނަބާޗޭ ކުރި ހޯދާފައި އޮއްވާ ޓްރަބްޒޮންސްޕޯ އިން ފަހަތުން އަރައި ލީޑު ނެގި ޕެނަލްޓީން ޖެހި ދެ ގޯލުންނެވެ. އޭގެ ފަހުން އެޑިން ޒެކޯގެ ލަނޑުން ފެނަބާޗޭ އިން އެއްވަރުކުރުމަށް ފަހު މޮޅުވީ އިތުރު ވަގުތުގެ ތެރޭ ސޮފްޔަން އަމްރަބާތު ޖެހި ގޯލުންނެވެ.
މޮރީނިއޯ ބުނީ ޓްރަބްޒޮންސްޕޯ އަށް ދިން ދެ ޕެނަލްޓީ ވެސް ގޯސް ކަމަށާއި އަނެއްކޮޅުން އަމްރަބާތުގެ ގޯލުގެ ކުރިން އޭނާގެ ޓީމަށް ވެސް ޕެނަލްޓީއެއް ހައްގުވި ކަމަށެވެ. އޭނާ ބުނީ މިކަމުގައި ކުށްވެރިކުރާނީ ފެނަބާޗޭގެ މެނޭޖްމަންޓް ކަމަށާއި ރެފްރީންގެ ކަންތަކުގެ ހަގީގަތް އެ މީހުން ކިޔާ ނުދޭ ކަމަށެވެ.
"އެ މީހުން ހަގީގަތް އެއްކޮށެއް ކިޔާ ނުދޭ. ދިން ނަމަ އަހަރެން މިތަނަށް ނައީސް،" ސަމާސާ ރާގެއްގައި މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އަދި ހަގީގީ ރެފްރީއަކީ ވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ ކަމަށާއި ކަމަށާއި ރެފްރީއަކީ ދަނޑުމައްޗަށް އަރުވާފައި ހުރި ކުޑަކުޑަ ކުއްޖެއް ކަމަށެވެ.
މި މޮޅާ އެކު ފެނަބާޗޭ އޮތީ 23 ޕޮއިންޓް ހަމަކޮށް ތާވަލުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި 28 ޕޮއިންޓާ އެކު އޮތީ ގަލަތަސަރާއީ އެވެ.
ތުރުކީ ރެފްރީން ކުށްވެރި ކުރުމުން މޮރީނިއޯ އަށް އަދަބު
މޮރީނިއޯ ދެން ފެންނާނީ އިނގިރޭސި އާދައިގެ ކްލަބަކުން؟
ޓީމު ބަލިވުމުން މޮރީނިއޯ ޕްރެސް ކޮންފަރެންސަށް ނުދިޔަ
މޮރީނިއޯގެ ފެނަބާޗޭ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވި
ފެނަބާޗޭގެ ޖޯޒީއަކީ އަހަރެންގެ ގައިގެ ހަންގަނޑު
އަހަންނަށް ދިން ވަރަށްވުރެ ގިނަ އެހީ ޓެންހަގަށް ދީފި
މޮރީނިއޯގެ ރުޅިގަނޑު ރޯމާގެ ޑައިރެކްޓަރަށް
މޮރީނިއޯ ވަކިކޮށް، ރޯމާގެ ކޯޗަކަށް ޑި ރޮސީ
މޮޔައެއް ނޫނީ ރެއާލް މެޑްރިޑް ދޫކޮށްނުލާނެ: މޮރީނިއޯ
ފަހުވަގުތު ރޯމާ މޮޅުވުމުން މޮރީނިއޯއަށް ތަފާތު އުފަލެއް