14 އޯގަސްޓް 2024
ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ތުރުކީގެ ފެނަބާޗޭ އަށް ޗެމްޕިއަންސް ލީގުގެ ޕްލޭއޮފުން ފުރުސަތު ނުލިބި ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރަން ޖެހިއްޖެ އެވެ.
ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ތުރުކީގެ ފެނަބާޗޭ އަށް ޗެމްޕިއަންސް ލީގުގެ ޕްލޭއޮފުން ފުރުސަތު ނުލިބި ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރަން ޖެހިއްޖެ އެވެ.
ޗެމްޕިއަންސް ލީގުގެ ތިން ވަނަ ކޮލިފައިން ބުރުން ފެނަބާޗޭ ކެޓީ ފްރާންސްގެ ލިލްއާ ރޭ 1-1 އިން އެއްވަރުވުމުންނެވެ. ފުރަތަމަ ލެގު 2-1 އިން ލިލް ކާމިޔާބުކޮށްފައިވާތީ އެ ޓީމަށް ދެ ލެގުން ކުރި ލިބުނީ 3-2 ގެ އެގްރިގޭޓުންނެވެ.
މި މެޗުން މޮޅުވި ނަމަ ފެނަބާޗޭ އަށް ދެން އޮންނާނީ ޕްލޭއޮފެވެ. އޭގެން ކުރި ލިބޭ ޓީމުތަކަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ. މި ސީޒަނުގައި ފެނަބާޗޭއާ ހަވާލުވި މޮރީނިއޯ އަށް، އެ ޓީމު ޗެމްޕިއަންސް ލީގަށް ނުގެންދެވުމަކީ ނާކާމިޔާބެކެވެ.
ނަމަވެސް ތިން ވަނަ ކޮލިފައިން ބުރުން ކަޓާ ޓީމުތަކަށް، ޔޫރަޕުގެ ދެ ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނީ ފެނަބާޗޭ އަށް ހިތްހަމަޖެހުމެއް ވެސް އެބައޮތެވެ.
އިސްތަންބޫލުގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވިއިރު މެޗު 0-0 ގައި އޮތުމުން ފެނަބާޗޭ އޮތީ ކެޓުމާ ދާދި ގާތުގަ އެވެ. ނަމަވެސް ފަހު ވަގުތުގެ ތެރޭ ފެނަބާޗޭގެ ބަފޯޑޭ ޑިއަކިޓޭ ގޯލެއް ޖަހައި އެގްރިގޭޓުން ދެ ޓީމު ހަމަހަމަކޮށްދިނެވެ. އެ ހިސާބުން ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެން ޖެހުނެވެ. ލިލް އަށް ކުރި ލިބުނީ 118 ވަނަ މިނެޓުގައި ޖޮނަތަން ޑޭވިޑް ޕެނަލްޓީއަކުން ވައްދާލި ގޯލުންނެވެ.
ޗެލްސީ އާއި އިންޓަ މިލާނާއި، ރެއާލް މެޑްރިޑާ އެކު ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ މޮރީނިއޯގެ އެހީ ފެނަބާޗޭ އިން ހޯދީ 2014 ގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރުމުގެ އުއްމީދުގަ އެވެ. އޭނާ އަށް ފެނަބާޗޭ އިން އަހަރަކު 11 މިލިއަން ޑޮލަރުގެ މުސާރައެއްދެ އެވެ.
ތުރުކީ ރެފްރީން ކުށްވެރި ކުރުމުން މޮރީނިއޯ އަށް އަދަބު
ތުރުކީ ލީގުގައި ތިބީ ވަރަށް ފީކަޅާ ރެފްރީން: މޮރީނިއޯ
މޮރީނިއޯ ދެން ފެންނާނީ އިނގިރޭސި އާދައިގެ ކްލަބަކުން؟
ޓީމު ބަލިވުމުން މޮރީނިއޯ ޕްރެސް ކޮންފަރެންސަށް ނުދިޔަ
ފެނަބާޗޭގެ ޖޯޒީއަކީ އަހަރެންގެ ގައިގެ ހަންގަނޑު
އަހަންނަށް ދިން ވަރަށްވުރެ ގިނަ އެހީ ޓެންހަގަށް ދީފި
މޮރީނިއޯގެ ރުޅިގަނޑު ރޯމާގެ ޑައިރެކްޓަރަށް
މޮރީނިއޯ ވަކިކޮށް، ރޯމާގެ ކޯޗަކަށް ޑި ރޮސީ
މޮޔައެއް ނޫނީ ރެއާލް މެޑްރިޑް ދޫކޮށްނުލާނެ: މޮރީނިއޯ
ފަހުވަގުތު ރޯމާ މޮޅުވުމުން މޮރީނިއޯއަށް ތަފާތު އުފަލެއް