03 ނޮވެމްބަރ 2024
ޝަރުތުތައް ފުރިހަމަނުކޮށް ރާއްޖެ ގެންނަ ދުންފަތުގެ ބާވަތްތައް ނައްތާލަން ހިނގާ ހަރަދު، އެ ތަކެތި ގެނައި މީހުން ދައްކަންޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.
ޝަރުތުތައް ފުރިހަމަނުކޮށް ރާއްޖެ ގެންނަ ދުންފަތުގެ ބާވަތްތައް ނައްތާލަން ހިނގާ ހަރަދު، އެ ތަކެތި ގެނައި މީހުން ދައްކަންޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދަށް މިއަދު ގެނައި އިސްލާހުގައި ބުނީ ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މަރުހަލާގައި އެ ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތާއި ގަވާއިދާ ހިލާފަށް ހުންނަ ތަކެތި ނައްތާލުން ފަދަ ކަންކަން ކުރާނީ ކަސްޓަމްސް އިން ކަމަށެވެ.
ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މަރުހަލާ ފިޔަވައި މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތާއި ގަވާއިދާ ހިލާފަށް ހުންނަ ތަކެތި ނައްތައިލުން ފަދަ ކަންކަން ކުރާނީ އެޗްޕީއޭއިންނެވެ.
ގަވައިދުގައި ވަނީ ޕޯސްޓު ނުވަތަ ކޮރިއަ މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން ވިޔަފާރީގެ ބޭނުން ފިޔަވައި އެހެނިހެން ހާލަތްތަކުގައ،ި ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށްފި ނަމަ އެ ތަކެތި ރާއްޖެ އެތެރެކުރި ފަރާތް ޖޫރިމަނާކުރުމަށްފަހު ކަސްޓަމްސްގެ އާންމު ގަވާއިދާ އެއްގޮތަށް އެ ތަކެތި ކަސްޓަމްސް އިން ނައްތާލަންވާނެ ކަމަށެވެ. އަދި ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް އެ އެއްޗެހި ނައްތާލުމަށް ހިނގާ ހަރަދު، އެ ތަކެތި ރާއްޖެ ގެނައި ފަރާތަކުން ކަސްޓަމްސް އަށް ދައްކަންޖެހެ އެވެ.
އޭގެ އިތުރުން، ހިފަހައްޓާ ތަކެތި ކަސްޓަމްސްގެ ކޮންޓްރޯލް ދަށުގައި ހުންނައިރު ހިނގާ ހަރަދު ވެސް އެ ތަކެތި ރާއްޖެ ގެނައި ފަރާތުން ދައްކަންޖެހޭނެ ކަމަށް ބުންޏެވެ.
ޕޯސްޓު ނުވަތަ ކޮރިއަ މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން ވިޔަފާރީގެ ނަމުގައި ނުވަތަ ވިޔަފާރީގެ ބޭނުމަށް ދުންފަތުގެ ބާވަތްތައް، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަނުކޮށް އެތެރެކުރާ ހާލަތުގައ،ި އެ ތަކެތި އެތެރެކުރި ފަރާތް ޖޫރިމަނާކޮށް، އެ މުދަލެއް ނައްތާލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިފައިވެ އެވެ.
އެގޮތަށް އޮތް ނަމަވެސް، ޕޯސްޓް ނުވަތަ ކޮރިއަ ސާވިސް މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން އަމިއްލަ ބޭނުމަށް، ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ރާއްޖެއިން ބޭރުން އަންނަ މީހުން ގެންނަ ދުންފަތުގެ ބާވަތްތައް ޖޫރިމަނާކުރުމުން އިސްތިސްނާ ކުރާނެ އެވެ.
ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގައި!
ރާއްޖޭގައި ދުންފަތަށް އަހަރަކު 1.6 ބިލިއަން ހޭދަކުރޭ
މެއި 31އިން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުން މަނާ
ސަރުކާރުން ދުންފަތުގެ ގާނޫނަށް އަމަލްކުރަން އަންގައިފި
އާ ސިގިރެޓްގެ އިޝްތިހާރު ހިމެނޭ ފޮށިތައް މަނާކޮށްފި
ދުންފަތާ ދެކޮޅު މަސައްކަތަށް ގޮންޖެހުން ގިނަ:މިނިސްޓަރު
ދުންފަތް ކޮންޓްރޯލް ކުރާ ބޯޑު އިފްތިތާހުކޮށްފި
ދުންފަތާ ދުރުވާނެ ފަރުވާ ހުރިހާ ރަށެއްގައި ގާއިމްކުރަނީ
ބަލިތައް މައްޗަށް، އަދިވެސް ހަކުރު ސަބްސިޑީ ދޭންޖެހޭ؟
ކަނޑުމަގުން ގެނައި ކިލޯއެއްގެ ޑްރަގު އަތުލައިގެންފި