Roadha Mihaaru
ދުންފަތް ކޮންޓްރޯލް ކުރާ ބޯޑު އިފްތިތާހުކޮށްފި

ދުންފަތް ކޮންޓްރޯލް ކުރާ ބޯޑު އިފްތިތާހުކޮށްފި

16 ޖޫން 2016

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑު މިއަދު އިފްތިތާހުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑު މިއަދު އިފްތިތާހުކޮށްފި އެވެ.

މިއީ 2010 ވަނަ އަހަރު އެކުލަވައިލި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން އުފެއްދި ބޯޑެކެވެ. އެ އަހަރު އުފެއްދި ބޯޑު 2014 ވަނަ އަހަރު ވަނީ ހަމަވެފަ އެވެ. އެހެން ކަމުން މިއީ އެ ގާނޫނުގެ ދަށުން އުފެއްދި ދެ ވަނަ ބޯޑެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ބޯޑު މެމްބަރުން ވަނީ، މެމްބަރުކަމުގެ އިގުރާރުގައި ސޮއި ކުރައްވައިފަ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގެ ދަށުން އުފެއްދި ބޯޑުގެ މެމްބަރުން.--މިހާރު ފޮޓޯ:ނިޝާން އަލީ

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގެ ދަށުން އުފެއްދި ބޯޑުގެ މެމްބަރުން.--މިހާރު ފޮޓޯ:ނިޝާން އަލީ

ތޭރަ މެމްބަރުން ހިމެނޭ ބޯޑުގެ ޗެއާޕާސަން އަކީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމެވެ. ދެން ހިމެނިވަޑައިގަންނަވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ތަޖުރިބާކާރުންގެ ގޮތުގައި ދެ ބޭފުޅުންނާއި ފިނޭންސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން ބޭފުޅެކެވެ. މީގެ އިތުރުން އެޓާނީ ޖެނެރަލް އިން ބޭފުޅަކާއި ކަސްޓަމުން ބޭފުޅަކާއި އެޗްއާރުސީއެމާއި ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި މެޑިކަލް އެސޯސިއޭޝަން އަދި އެ ތަކެތި ގަންނަ މީހުންގެ ހައްގުތަކާ ބެހޭ ދާއިރާ އިން މެމްބަރެއް އެ ބޯޑަށް އައްޔަންކޮށްފައި ވެ އެވެ.

މި ބޯޑު މެމްބަރުންގެ މަސައްކަތްތަކުގެ ތެރޭގައި، މިހާރު އުފައްދާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަަށް އިސްލާހުތައް ގެނައުމާއި އެ ކޮންޓްރޯލް ހަރުދަނާ ގޮތެއްގައި މަސައްކަތްތައް ކުރުމެވެ. މި ބޯޑުގެ މުއްދަތަކީ ހަތަރު އަހަރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމަށް އުފައްދާފައިވާ ގާނޫނު ތަންފީޒު ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް މިއަދު އުފެއްދި ބޯޑުން ދުންފަތް ކޮންޓްރޯލް ކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.