Roadha Mihaaru
ދިވާލީގެ ބަންދަށް ކަރީނާ ރާއްޖޭގައި

ދިވާލީގެ ބަންދަށް ކަރީނާ ރާއްޖޭގައި

31 އޮކްޓޯބަރ 2024

ދިވާލީއާ އެކު ލިބުނު ބަންދާ ދިމާކޮށް ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރް ހާން އާއިލާ އެކު އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

ދިވާލީއާ އެކު ލިބުނު ބަންދާ ދިމާކޮށް ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރް ހާން އާއިލާ އެކު އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

ކަރީނާ ވަނީ އޭނާގެ ރާއްޖޭގައި ހުރިކަން އަންގައިދިނުމަށް މިއަދު ހެނދުނު އިންސްޓަގްރާމްގައި ފޮޓޯއެއް ޕޯސްޓުކޮށްފަ އެވެ. އެއީ މޫދު ކައިރީގައި ހުރެގެން ނަގާފައިވާ އޭނާގެ ފޮޓޯއެކެވެ. އޭނާ ހުރީ ރަތްކުލައިގެ ހެދުމެއްގައި ރަތް ކުލައިގެ ތޮތްޕަކާއި ކަޅުކުލައިގެ އަވިއައިނެއް އަޅައިގެންނެވެ.

އެ ޕޯސްޓުގެ ކެޕްޝަންގައި ވަނީ ދިވާލީގެ ހެޔޮއެދުންތައް އޭނާގެ ރައްޓެހިންނަށް ފޮނުވާ ކަމަށް ބުނެފަ އެވެ.

ކަރީނާއާ އެކު އޭނާގެ ފިރިމީހާ، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާން އާއި އެ ދެމަފިރިންގެ ކުދިން ކަމަށްވާ ތައިމޫރް އާއި ޖޭ ވެސް ވަނީ ރާއްޖެ އައިސްފަ އެވެ.

ކަރީނާގެ އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް އަދި ނޭނގެ އެވެ.

ކަރީނާ އާއި ސައިފް ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޗުއްޓީއަށް ރާއްޖެ އައިސްފަ އެވެ. އެ ދެމަފިރިން އެންމެ ފަހުން ރާއްޖެ އައީ ކޮވިޑްގެ ކުރިން 2018 ވަނަ އަހަރު އެވެ. އޭގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ އައިސްފައިވެ އެވެ.