ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އިންތިހާބުކޮށްފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އިންތިހާބުކޮށްފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މަގާމަކަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާން ކުރުމުން ކުރިމަތިލެއްވި 13 ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައިވަނީ އެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ.
އެ ބޭފުޅުންނަކީ:
- ގ. މާވަރުލު، ހަސަން ޒުހެއިރު މުހައްމަދު
- ގ. އަލިޝާ، އިބްރާހިމް ޝަރީފް
- ގއ. ނިލަންދޫ، ޝިފްޒާ އަބްދުލްގައްޔޫމް
- ހ. ހޯސްޓްސައިޑް، އަބްދުލްޣަނީ މުހައްމަދު
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލްގައި ރައީސް ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ހޮވިވަޑައިގެންނެވީ އަބްދުލްޣަނީ އެވެ. ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެ ވަޑައިގަތީ ޒުހެއިރެވެ. އެ މަގާމަށް ބޭފުޅުން އިންތިހާބު ކުރާނީ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރު އެވެ. އޭނާ އެ މަގާމުގައި ހުންނަވަނިކޮށް މަޖިލީހުން 2019 ވަނަ އަހަރު އޭނާ މަގާމުން ވަކިކުރި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން ހަތަރު މަގާމެއް ހުސްވީ އެ ޓްރައިބިއުނަލްގެ މެމްބަރުންގެ މައްސަލަތަކެއް ބެލުމަށްފަހު އެ ޓްރައިބިއުނަލްގެ މެންބަރު އިސްމާއީލް ސާޖިދު ފިޔަވައި ބާކީ ތިއްބެވި ހަތަރު މެމްބަރުން މަގާމުން ވަކިކުރުމުންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުން ވަކިކޮށްފި
އިސްތިއުނާފް މުއްދަތު ގުނާނީ ބަންދު ދުވަސް ހިމަނައިގެން
ޓެކްސް ނިންމުން އިސްތިއުނާފް ކުރުމުގައި ލުޔެއް ދެނީ
"އިންސާފަށް ހުރި ގާނޫނީ ހުރަސް ހައްލު ކުރެވޭނެ"
ދެ އިދާރާއެއްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަން ކުރައްވައިފި
ޖޭއެސްސީން ލަފާދޭން ނިންމީ ޣަނީ އައްޔަންކުރަން
އުއްތަމަ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައިފި
ޓްރައިބިއުނަލްގެ މެންބަރުންގެ ވަކިކުރި މައްސަލަ ނުބެލޭނެ
ޓެކްސް ޓްރައިބިއުނަލަށް ހަތަރު ބޭފުޅުން އައްޔަންކޮށްފި