02 ޖުލައި 2021
ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ މުއްދަތު ގުނާނީ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ މުއްދަތު ގުނާނީ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
ޓެކްސްއާ ގުޅޭގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމާ ނިންމުންތައް ބެލޭނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށެވެ. ޓްރައިބިއުނަލްގެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފް ކުރަން 30 ދުވަހުގެ މުއްދަތެއް އެ ގާނޫނުގައި ދީފައި އޮތަސް، އެ މުއްދަތު ގުނާނެ ގޮތެއް ބަޔާންކޮށްފައެއް ނުވެ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމެއް މީރާއިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ނިންމީ އިސްތިއުނާފް މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތަސް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވާއިދު އޮތްގޮތުން އެ ގާނޫނުގައި ބުނާ މުއްދަތުތައް ގުނަން ޖެހޭނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށެވެ. އަދި ގާނޫނީ ބާރު ލިބިފައިވާ ގަވާއިދެއްގައި އެގޮތަށް އޮތުމުން އިސްތިއުނާފް މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމަނަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން މުއްދަތު ގުނިއިރު، އެ މައްސަލާގެ އިސްތިއުނާފް މުއްދަތު ހަމަވެފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުން ވަކިކޮށްފި
ނުލިބޭ ފައިސާ ހޯދާނެ 5 އުސޫލެއް މީރާއިން އާންމުކޮށްފި
ޖީއެސްޓީ ގަވާއިދުގެ މާއްދާއެއް ބާތިލްކުރަން ހައިކޯޓަށް
ޓެކްސް ނޫން ފައިސާ މީރާ އިން އަލުން ބަލައިގަންނަނީ
މިދިޔަ މަހުގެ އާމްދަނީ 80 ޕަސެންޓް ދަށަށް
އިންކަމް ޓެކްސްއާ ބެހޭގޮތުން ފަނޑިޔާރުން މައުލޫމާތުދީފި
ޓެކްސް ނިންމުން އިސްތިއުނާފް ކުރުމުގައި ލުޔެއް ދެނީ
މީރާގެ ބޯޑަށް ބަދަލު ގެންނަން އިސްލާހުތަކެއް ހުށަހަޅަނީ
ޓެކްސްގެ ނުދައްކާ ހަތް ފަރާތެއްގެ މައްސަލަ ކޯޓަށް
ޓެކްސް ނުދެއްކުމުން ލައިސަންސް އާކޮށްނުދީ ހިފެހެއްޓޭނެ