24 އޮކްޓޯބަރ 2024
ޗައިނާ އާއި އިންޑިއާއާ ދެމެދު މަޝްވަރާތައް ގިނަކޮށް ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދަންނަވައިފި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން މިއަދު ބުނެފި އެވެ.
ޗައިނާ އާއި އިންޑިއާއާ ދެމެދު މަޝްވަރާތައް ގިނަކޮށް ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދަންނަވައިފި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން މިއަދު ބުނެފި އެވެ.
ރަޝިއާގައި ކުރިއަށްދާ ބްރިކްސްގެ ބައްދަލުވުމުގެ ހަވާސާގައި، ވާދަވެރި މި ދެ ގައުމުގެ ވެރިން ބޭއްވެވި މި ބައްދަލުކުރެއްވުމަކީ މިދިޔަ ފަސް އަހަރު ތެރޭ ފުރަތަމަ ބައްދަލުވުމެވެ. އިންޑިއާ އާއި ޗައިނާގެ ހީނަރު ގުޅުން އިތުރަށް ގޯސްވީ 2020 ވަނަ އަހަރު ދެ ގައުމުގެ ބޯޑަރުގައި ސިފައިން ހަމަލާ ބަދަލުކޮށް ހިނގި ހަމަނުޖެހުންތަކަށް ފަހުގަ އެވެ.
ޝީއާ ހަވާލާދީ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ބުނީ ޗައިނާ އާއި އިންޑިއާގެ ތާރީހަށް ބަލައި ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަގުފަހިވާ ގޮތްތައް ދެނެގަނެ ދެ ގައުމުގެ ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭންޖެހޭ ކަމަށެވެ.
"ދެ ފަރާތުން ވެސް ކަންކަމުގައި ރަނގަޅަށް މަޝްވަރާކޮށް އެއްބާރުލުން ދީގެން، ހިޔާލު ތަފާތުވާ ކަންކަމުގައި މިހާރަށްވުރެ ރަނގަޅަށް އަމަލުތައް ބަހައްޓައި އެއް ގައުމުން އަނެއް ގައުމެއްގެ ތަރައްގީގެ ހުވަފެންތަކަށް ފުރުސަތު ދޭންޖެހޭ،" ޝީ ވިދާޅުވި ކަމަށް ސީސީޓީވީން ބުންޏެވެ.
އިންޑިއާ އާއި ޗައިނާ އެކުގައި މަސައްކަތްކޮށް ބައިނަލްއަގުވާމީ މައިދާނުގައި ހުރި މައްސަލަތަކާ ކުރިމަތިލުމުގައި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ނަމޫނާ ދައްކަންޖެހޭ ކަމަށް ވެސް ޝީ ވިދާޅުވި އެވެ.
އާބާދީ އެންމެ ބޮޑު ދެ ގައުމުގެ މި ވެރިން ފާއިތުވި އަހަރުތަކުގައި ބައިނަލްއަގްވާމީ ސަމިޓްތަކުގެ ހަވާސާގައި ވަރަށް ކުރު ބައްދަލުވުންތައް ބާއްވަ އެވެ. އެންމެ ފަހުން ރަސްމީ މަޝްވަރާތައް ބޭއްވީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާގެ މަހާބަލީޕޫރަމް ސިޓީއަށް ޝީ ކުރެއްވި ދަތުރުގަ އެވެ.
އޭގެ މަސްތަކެއް ފަހުން، 2020 ވަނަ އަހަރު، ލަޑަކްގެ ހިމާލިއާ ސަރަހައްދުގައި ފްރޮންޓިއާގައި ހިނގި ހަމަނުޖެހުންތަކުގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން މަރުވުމާ ގުޅިގެން ގުޅުން ހީނަރުވެގެން ދިޔަ އެވެ. ނަމަވެސް މި ހަފްތާގައި ވަނީ ބޯޑަރުގެ މައްސަލައިގައި ވެސް ދެ ގައުމުން އެއްބަސްވުމެއް ހަދާފައި ކަމަށް އިންޑިއާއިން ވަނީ އިއުލާނުކޮށްފަ އެވެ. -- އޭއެފްޕީ
ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
އިމުގެ މައްސަލާގައި އިންޑިއާ-ޗައިނާ އެއްބަސްވުމަކަށް
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ
ލަންކާގައި ޗައިނާއަށް ދިން ޕްރޮޖެކްޓެއް އަތުލައިފި
ރާއްޖެއަށް ފައިދާ އޮތީ ސަރަހައްދީ ވާދަވެރިކަން އޮވެގެން
ނަޝީދަށް އިންޑިއާގެ ސިފައިން ގޯހެއް ނުވި!
މައްސަލަ ބޮޑުވި ޗައިނާގެ އުޅަނދު ރާއްޖެއާ ދިމާލަށް!
"ރާއްޖެ ކުޑަވުމަކީ ބުލީއަށް ލިބޭ ލައިސަންސެއް ނޫން"