23 އޮކްޓޯބަރ 2024
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ މުހައްމަދު އިލާން އިމްރާން އާއި ޔޫސުފް އަޔާން އާމިރު (އާންބެ) އަށް އަނިޔާވެ، ކުރިއަށް އޮތް ދެ މެޗުގައި ވެސް ނުކުޅެވޭނެކަން ޔަގީން ވެއްޖެ އެވެ.
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ މުހައްމަދު އިލާން އިމްރާން އާއި ޔޫސުފް އަޔާން އާމިރު (އާންބެ) އަށް އަނިޔާވެ، ކުރިއަށް އޮތް ދެ މެޗުގައި ވެސް ނުކުޅެވޭނެކަން ޔަގީން ވެއްޖެ އެވެ.
މިޑްފީލްޑަރު އަޔާން، 16، އާއި ފޯވާޑް އިލާން، 15، އަށް އަނިޔާވެފައި ވަނީ ހޯމަ ދުވަހު ބަހްރޭނާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މި މެޗުގައި ބަހްރޭނުން 1-0 އިން ރާއްޖެ ބަލިކުރީ 83 ވަނަ މިނިޓުގައި އިބްރާހިމް އަހުމަދު އަޔާޝް ޖަހައިދިން ގޯލުންނެވެ.
ފުރަތަމަ މެޗުގައި 2-2 އިން ބޫޓާނާ އެއްވަރުކުރަން ދެ ގޯލު ވެސް ޖެހި ކެޕްޓަން އިލާންގެ ފަލަމަސްގަނޑަށް އަނިޔާވެގެން 36 ވަނަ މިނިޓުގައި ބަދަލުކުރި އެވެ. އަދި އަޔާންގެ ކޮނޑަށް އަނިޔާވެގެން 75 ވަނަ މިނިޓުގައި ވަނީ ބަދަލުކޮށްފަ އެވެ. މިއީ މުޅި މެޗުގައި ވެސް ރާއްޖޭގެ ޓީމުން ފެނުނު ހަމައެކަނި ދެ ބަދަލެވެ.
މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ ޓީމުގައި ހިމެނިގެން އިލާން އާއި އަޔާން ވެސް ވަނީ ދިވެހި ޕްރިމިއާ ލީގުގައި ގޯލު ޖަހައިފަ އެވެ.
ކޮލިފައިންގައި ރާއްޖެއަށް ދެން އޮތީ ދެކުނު ކޮރެއާ އާއި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ. މިއަދު ހަވީރު ރާއްޖެ ގަޑިން 4:35 ގައި ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުމަށް ފަހު ޗައިނާއާ ދެކޮޅަށް ކުޅޭނީ ހުކުރު ދުވަހުގެ މެންދުރު 12:30 ގަ އެވެ.
ދެކުނު ކޮރެއާ ވަނީ ހޯމަ ދުވަހު އެ ޓީމުގެ ފުރަތަމަ މެޗުގައި 5-0 އިން ބޫޓާން ބަލިކޮށްފަ އެވެ. ބަހްރޭން ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ޗައިނާއާ ވާދަކޮށް 2-0 އިން ބަލިވެފަ އެވެ.
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު
ރާއްޖެ އަތުން އިންޑޮނޭޝީއާއަށް މޮޅެއް
ޔޫތު ޓީމުގެ ކޯޗުކަން މުހައްމަދަށް ދިނުމުން ސުވާލުތަކެއް
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު
އެފްއޭއެމްގެ ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު
ރާއްޖެ ހުއްޓިފައި، ސާފްގެ އަނެއް ހަ ގައުމަށް ފޯރިގަދަ