ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
09 އޮކްޓޯބަރ 2024
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައީސާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނާއި އެހެން މީހުންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް ބުނެ، އަދި އެ ނޫން ގޮތްގޮތުން ވެސް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދެމުންދާ މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި ސަންސަންގެއާގެ، އަބްދުﷲ މިޔާދުގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރީ ރާއްޖޭން ބޭރުގައި ހުރުމަށްފަހު މާލެ އައުމުންނެވެ.
މިޔާދު ހައްޔަރުކުރި އިތުރު ސަބަބުތަކެއް ކަމަށް ފުލުހުން ބުނެފައި ވަނީ ހަޑި ހުތުރު ބަހުން ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރަމުން ގެންދިއުމާއި އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުތައް ކުރަމުން ގެންދިއުމެވެ.
"އަބްލޯ މިޔާދު ޔޫސުފް"ގެ ނަމުގައި ފޭސްބުކްގައި ހަރަކާތްތެރިވާ މީހަކު ރައީސަށް މަރުގެ އިންޒާރުދިން މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް މީގެ ދެ ހަފުތާ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.
ގިނަ ބަޔަކު ފޮލޯކުރާ އެ މީހާގެ ފޭސްބުކް އެކައުންޓުގައި ގިނަ ބަޔަކަށް އިންޒާރުދީ ޕޯސްޓުތައް ކޮށްފައި ހުއްޓެވެ. އޭގެ ތެރޭގައި، މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ފިރުޝާން ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓަކާ ގުޅިގެން "ކަރު ކަނޑާލަން ޖެހޭ ވަރު"ގެ މީހެއް ކަމަށް ބުނެ އޭނާގެ އެކައުންޓުން ކޮމެންޓް ކޮށްފައިވެ އެވެ.
ރައީސަށް އިންޒާރުދިން މީހާގެ ބަންދަށް 10 ދުވަސް
ރައީސަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި
ރައީސަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަން ފަށައިފި
ރައީސަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި
ރައީސަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ
"ސަލާމަތަށް ކޮންމެ އިންޗިއެއް ބަލަހައްޓާނީ ދިވެހިން"
އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ޔުމްނު މައްސަލަ:ރިޔާސީ ކޮމިޝަން އުވާލައްވައިފި
ރިޔާސީކޮމިޝަންގެ ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓް ރައީސަށް