03 އޮކްޓޯބަރ 2024
ފުވައްމުލަކުގެ މަގު ބައްތިތައް "ސްމާޓް ލައިޓިން" އަށް ބަދަލުކުރުމުގެ ގޮތުން ޓެސްޓު ކުރަން ހިންގާ ޕައިލެޓް ޕްރޮޖެކްޓް ފަށައިފި އެވެ.
ފުވައްމުލަކުގެ މަގު ބައްތިތައް "ސްމާޓް ލައިޓިން" އަށް ބަދަލުކުރުމުގެ ގޮތުން ޓެސްޓު ކުރަން ހިންގާ ޕައިލެޓް ޕްރޮޖެކްޓް ފަށައިފި އެވެ.
އެއީ، އެ ރަށުގެ ކައުންސިލުން އިސްނަގައިގެން ޒަމާނީ ރަށަކަށް ފުވައްމުލައް ބަދަލުކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތެކެވެ.
ފުވައްމުލަކު ކައުންސިލުން ބުނި ގޮތުގައި އެ ބައްތިތައް އާންމު މަގު ބައްތިތަކަށް ވުރެ ތިމާވެއްޓާއި ރަށްޓެހި ވާތީ ކުރަންޖެހޭ ހަރަދު ކުޑަކުރެވޭނެ އެވެ. އެގޮތުން އަހަރެއްގެ މައްޗަށް އެއް މިލިއަނާއި ދެ މިލިއަން ރުފިޔާ ދެމެދުގެ އަދަދެއް ހަރަދުން ސަލާމަތްކުރެވޭނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ.
ޓެސްޓު ކުރުމުގެ ގޮތުން މިހާރު ވަނީ ފުވައްމުލަކުގެ ދެ މަގެއްގެ ބައްތި އާއި ކުޅިވަރު ކުޅޭ ހަތަރު ދަނޑުގައި ހުރި 20 ބައްތި "ސްމާޓް ލައިޓަށް ބަދަލުކޮށްފައި ކަމަށް ކައުންސިލުން ބުންޏެވެ.
ފުވައްމުލަކުގައި މަގުތަކުގައި ހަރުކޮށްފައި ހުރި ބައްތިއެއް. -- ފޮޓޯ: ކައުންސިލް
ޓެސްޓްތަކަށް ފަހު އަންނަ އަހަރުން ފެށިގެން ބައްތިތަށް ސްމާޓް ލައިޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އެ ޕްރޮޖެކްޓްގެ ދަށުން:
- މަގު ބައްތިތަކާއި އާންމު ތަންތަނުގައި ހުންނަ ބައްތިތައް ދިއްލުމާއި ނިއްވުން
- ބައްތިތަކުގެ އަލި ކޮންޓްރޯލް ކުރުން
- ބައްތިއަށް ދިމާވާ މައްސަލަތައް ދެނެގަތުން
ފުވައްމުލަކު ކައުންސިލްގެ ޕްލޭނަކީ ދެ އަހަރު ތެރޭ ސްމާޓް ލައިޓަށް ބަދަލުކޮށް ނިންމާލުމެވެ.
އެ މަސައްކަތް ފެށީ ކައުންސިލް ބަޖެޓުން ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ޕްރޮޖެކްޓަށް އެހީ ހޯދުމަށް ފަންޑުދޭ ފަރާތްތަކުގެ އެހީ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ފުވައްމުލަކުގައި މަގުބައްތި ހަރުކޮށްފައި.-- ފޮޓޯ: ކައުންސިލް
ކައުންސިލުން ބުނީ ފަންނިއްޔާތު ކުރިއަރުވައި، އެ އިދާރާއިން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރައްޔިތުންނަށް ލިބިގަތުމަށް ލުއިފަސޭހަ ހިދުމަތަކަށް ހެދުމުގެ ގޮތުން މިހާތަނަށް އެ އިދާރާއިން ފޯރުކޮށްދޭ 95 ޕަސެންޓު ހިދުމަތް އޮންލައިން ކޮށްފައިވާ ކަމަށެވެ.
އަދި މުނިސިޕަލް ހިދުމަތްތަކާއި ގުޅުން ހުރި ކަންބޮޑުވުންތައް ހިއްސާކުރެވޭ ގޮތަށް "އަފުން ސިޓީ" ޕޯޓަލް ބޭނުންކުރަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ސިޓީތަކުގެ މޭޔަރުން ހުވާކުރައްވައިފި
މޭޔަރުކަމަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލި: ޕީޕީއެމް
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އުފައްދަވައިފި
ފުވައްމުލަކަކީ ސިޓީއެެއްގެ ގޮތުގައި ކަނޑައަޅައިފި
ފުވައްމުލަކު ސިޓީއަކަށް ހަދަން އެލްޖީއޭ އަށް ހުށަހަޅަނީ
އަޒާން: ފުވައްމުލަކުގެ ރާޅުގަނޑުން ޗެމްޕިއަނެއް
ގޯލްޑްކަޕް: ކުޑަހީނާ އަލިފުއްޓަށް، ސޮބާ ފުވައްމުލަކަށް
އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކް މަރާމާތުކުރަނީ
ފުވައްމުލަކަށް އިއްޔެ 120 މިލިމީޓަރުގެ ވާރޭ
ވަޒީފާގެ މައިދާނަށް ޒުވާނުން ނެރެން ޕްރޮގްރާމެއް