02 އޮކްޓޯބަރ 2024
ދިވެހި ކުޅުންތެރިންނާއި ތަމްރީނުކުރާ މީހުން ވޭޕާއި އީ-ސިގިރޭޓު ބޭނުން ކުރުން އިތުރުވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ވޭޕް މަނާކުރަން ގައުމީ ކުޅިވަރު ޖަމިއްޔާތަކުން ވެސް ނުކުމެއްޖެ އެވެ.
ދިވެހި ކުޅުންތެރިންނާއި ތަމްރީނުކުރާ މީހުން ވޭޕާއި އީ-ސިގިރޭޓު ބޭނުން ކުރުން އިތުރުވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ވޭޕް މަނާކުރަން ގައުމީ ކުޅިވަރު ޖަމިއްޔާތަކުން ވެސް ނުކުމެއްޖެ އެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް ސަރުކާރަށް ހުށަހަޅަން ސިއްހީ ދާއިރާގެ ޖަމިއްޔާތަކުން އިސް ނަގައިގެން ވަރުގަދަ ކެމްޕޭނެއް ވަނީ ފަށައިފަ އެވެ. ސްކޫލްތަކުގެ ބެލެނިވެރިން ވެސް އެ ކެމްޕޭނާ ގުޅި ވޭޕާ ދެކޮޅަށް ޕެޓިޝަނެއް ވަނީ ހަދައިފަ އެވެ.
ވޭޕް މަނާކުރަން ގޮވާލާ ވަރުގަދަ ކެމްޕޭނަށް ތާއީދުކޮށް، ގައުމީ ކުޅިވަރުގެ 21 ޖަމިއްޔާއެއް ގުޅިގެން މިއަދު ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނީ އެތައް ހާސް ވިހަ ކެމިކަލް އެކުލެވޭ ވޭޕާއި އީ-ސިގިރޭޓުގެ ނުރައްކާތެރިކަން ސިއްހީ މާހިރުން ތަކުރާރުކޮށް ހާމަކުރަމުން އަންނައިރު، އެ ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި ކުޅިވަރު ކުޅުންތެރިންގެ މެދުގައި ވޭޕު ބޭނުންކުރާ މިންވަރު ކަންބޮޑުވާ މިންވަރަކަށް އިތުރުވެ، އޭގެ ނުރައްކާ ދުވަހުން ދުވަހުން އިތުރުވެ ދަނީ ފެތުރެމުންނެވެ.
އެކަމުގެ ސަބަބުން ކުޅުންތެރިންގެ ފުއްޕާމެއަށް އޭގެ އަސަރުކޮށް، ކުޅިވަރު ކުޅުމުގެ ޕާފޯމަންސަށް އަސަރު ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"...ޕާފޯމަންސް ދަށްވެ ކުރިއެރުމަށް ހުރަސް އެޅި، ދުޅަހެޔޮކަން ގެއްލި، ކުޅިވަރު ކުޅުމާ ދުރަށްދާ ކަން ފާހަގަކުރެވެން ވަނީ ފަށައިފަ އެވެ. މިކަމަކީ ދިވެހިރާއްޖޭގެ ކުޅިވަރާއި، ދުޅަހެޔޮކަން ޕްރޮމޯޓުކުރުމަށް ސަރުކާރުންނާއި މަދަނީ ފަރާތްތަކުން ކުރާ މަސައްކަތަށް ހުރި ބޮޑު ގޮންޖެހުމެކެވެ،" ބަޔާނުގައިވެ އެވެ.
އެ ޖަމިއްޔާތަކުން ބުނެފައިވާ ގޮތުގައި މިއީ ކުޅިވަރުގައި ރާއްޖެއިން ހޯދަން އެދޭ ރަން ވަނަތައް ހޯދުމަށް އެޅިފައިވާ ހުރަހެކެވެ.
އަވައްޓެރި ގައުމުތަކުގައި ވެސް މިކަމާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާއިރު، ކުރިއަށް ޖީލުން މިކަމުން ސަލާމަތްކުރުމަށް ވޭޕާއި އީ-ސިގިރެޓު އެތެރެކުރުމާއި ބޭނުން ކުރުން މަނާކުރުމަށް ޖަމިއްޔާތަކުން ގޮވާލައިފައިވެ އެވެ.
ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް އެދި އެންސީޑީ އެލަޔަންސުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ވަނީ އެދިފަ އެވެ. ވޭޕް މަނާކުރަން ޖެހޭ ސަބަބުތަކާ އެކު، އެކަން ތަންފީޒު ކޮށްދޭން ޑޮކްޓަރުންގެ ޖަމިއްޔާ އިންނާއި ނަރުހުންގެ ޖަމިއްޔާއިން ވެސް ވަނީ ގޮވާލައިފަ އެވެ.
ފަސް އަހަރުން 106 މިލިއަންގެ ވޭޕް އެތެރެކުރި
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ބޮޑު އެހީއެއް!
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި
ސިނގިރެޓް ޑިމާންޑް ދަށްވެ ބޮޑު ދެ ފެކްޓަރީއެއް ބަންދު
ވޭޕް މަނާކޮށްދިނުމަށް އެދި ބެލެނިވެރިންގެ ޕެޓިޝަނެއް
ވޭޕަށް އެޑިކްޓް ޖީލެއް ސްކޫލްތަކުން ނުކުތުމުގެ ބިރު!
ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައި ވަރުގަދަ ކެމްޕޭނެއް
ވޭޕް އެތެރެކުރުން މަނާކޮށްދޭން ޑޮކްޓަރުން ގޮވާލައިފި
ދުންފަތާ ގުޅޭ ލުއިތައް އަންނަ ނޮވެމްބަރު މަހާ ހަމައަށް
ވޭޕްގެ ވިހަ: ޒުވާނުން މަރުގެ ތުންފަތްމައްޗަށް!