22 ސެޕްޓެމްބަރ 2024
ބޫޓާންގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭޏް ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާ ވާދަކޮށް 1-1 އިން އެއްވަރުކޮށް، ޕޮއިންޓެއް ހޯދައިފި އެވެ.
ބޫޓާންގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭޏް ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާ ވާދަކޮށް 1-1 އިން އެއްވަރުކޮށް، ޕޮއިންޓެއް ހޯދައިފި އެވެ.
ރާއްޖޭގެ ގޯލްކީޕަރު ހަސަން މާހިލް ނާސިރުގެ ގިނަ ސޭވްތަކެއް ފުރަތަމަ ހާފުގައި ފެނުނު އިރު، ބަންގްލަދޭޝް އިން ގޯލު ޖެހީ ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުންނެވެ.
ނަތީޖާ އެއްވަރުކުރީ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށް ރާއްޖޭގެ ޓީމްގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާޏް ޖަހައިދިން ގޯލުންނެވެ.
ރާއްޖޭން ނަތީޖާ އެއްވަރު ކުރި ފަހުން ވެސް ބަންގްލަދޭޝް އަށް ވަނީ ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި، ބޭކާރު ވެފަ އެވެ. އެގޮތުން ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައެއް ރަނގަޅަށް ފޮނުވާ ނުލެވުނު އިރު، ކީޕަރު ވެސް ކަޓުވާފައި ހޯދި ފުރުސަތުގައި ބޯޅަ ގޯލާ އަމާޒެއް ނުކޮށްލެވުނެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ރާއްޖޭގެ ކީޕަރު މާހިލް ވަނީ ހުށިޔާރުކަމާ އެކު ތިން ހަމަލާއެއް ދިފާއު ކޮށްފަ އެވެ.
ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ދެން މި ގުރޫޕްގައި ހިމެނެނީ މިދިޔަ އަހަރު 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި އިންޑިއާ އެވެ. އިންޑިއާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ބަންގްލަދޭޝް ބަލިކޮށްފަ އެވެ.
މި ގުރޫޕްގެ ފުރަތަމަ މެޗުގައި އިންޑިއާ ވަނީ ހުކުރު ދުވަހު ކުޅުނު މެޗުގެ އެންމެ ފަހު މިނިޓުގައި ޖެހި ގޯލުން 1-0 އިން ބަންގްލަދޭޝް ބަލި ކޮށްފަ އެވެ. މިއާ އެކު އިންޑިއާ ވަނީ ސެމީ ފައިނަލުން ވެސް ޖާގަ ޔަގީން ކޮށްފަ އެވެ.
ގުރޫޕްގައި ދެން ބާކީ އޮންނާނީ އަންގާރަ ދުވަހު ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗެވެ. ރާއްޖެ ސެމީ ފައިނަލަށް ދިއުމަށްޓަކައި އިންޑިއާއާ ދެކޮޅަށް މަދުވެގެން ޕޮއިންޓެއް ބޭނުން ވާނެ އެވެ.
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
މުބާރާތަށް ދާންޖެހޭނީ ބައިވެރިވެލާކަށް ނޫން: ރާފިއު
ރާއްޖޭގެ މައްސަލަ ސާފްގެ ކޮންގްރެސްގައި ފެންމަތިކޮށްފި
ރާއްޖެ ފުރަތަމަ ފަހަރަށް 16 އަހަރުން ދަށުގެ ސެމީއަށް
ރާއްޖޭގެ ޒުވާން ޓީމު ބަލިކޮށް ޕާކިސްތާން ސެމީއަށް
ދެ މުބާރާތުގައި ވެސް ރާއްޖެއާއި އިންޑިއާ ދެ ގުރޫޕަކަށް
ސްޓިމަކް ދެމެޗަށް ސަސްޕެންޑް، 500 ޑޮލަރުން ޖޫރިމަނާ
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟