18 ސެޕްޓެމްބަރ 2024
ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވީ މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާ އިން، އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އޮފީހަށް، ފުލުހުން ހުށަހަޅައިފި އެވެ.
ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވީ މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާ އިން، އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އޮފީހަށް، ފުލުހުން ހުށަހަޅައިފި އެވެ.
ފުލުހުން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މި މައްސަލައިގައި ބައްސާމުގެ އިތުރުން އެޕާޓްމަންޓް ވިއްކި އަމީން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި، އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތްކުރި ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަމީން ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ އިން އެއް މިލިއަން އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ދައްކާފައިވާ ކަމަށެވެ. އަދި އެ ޑޮލަރަށްވާ ދިވެހި ފައިސާ އަމީން އިން އެފްއޭއެމަށް ދައްކާފައިނުވާ ކަމަށާއި ނަމަވެސް ދެއްކިކަމަށް ހެދުމަށްޓަކައި ލިޔެކިޔުން ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެފްއޭއެމް އިން ވެސް އެ ފައިސާ ލިބުނުކަމަށް ހެދުމަށްޓަކައި ކުންފުންޏަކުން ލޯނެއް ނަގާފައިވާ ކަމަށާއި، އެ އަދަދާއި، އަމީން އިން އެފްއޭއެމް އަށް ފައިސާ ދެއްކިކަމަށް ބުނެ ތައްޔާރުކޮށްފައިވާ ރަސީދުގައިވާ އަދަދާ ދިމާވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންވެ ބެލެވެނީ އެފްއޭއެމުން މަސައްކަތްކޮށްފައިވަނީ ބައްސާމް އެޕާޓްމަންޓް ގަތުމަށް އަމީން އަށް ޑޮލަރުން ދެއްކި ފައިސާއަކީ ފީފާ އިން ދިން ޑޮލަރު މާރުކުރަން ދިން ފައިސާއެއްކަން ދެއްކުމަށެވެ.
ފުލުހުން ބުނީ އެ އެއް މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމް ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާކަން ފާހަގަވެފައިވާ ކަމަށެވެ.
މި މައްސަލައިގައި މި ފަރާތްތަކުގެ މައްޗަށް ކުރަނީ ހިޔާނާތުގެ ދައުވާ އާއި، އޮޅުވާލުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެވެ.
ފުލުހުން ވަނީ އެފްއޭއެމްގެ އެކައުންޓުން ބައްސާމް އޭނާގެ އަމިއްލަ އެކައުންޓަށް 10،000 ޑޮލަރު ޖަމާކޮށް އެ ފައިސާ އަށް ހިޔާނާތްތެރި މައްސަލައިގައި އޭނާގެ މައްޗަށާއި، އަގީލްގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އޮފީހަށް މި އަހަރުގެ ކުރީކޮޅު ހުށަހަޅައިފަ އެވެ.
ފުލުހުން ބުނީ އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން އެހީގެ ދޭ ޑޮލަރު އެ އެސޯސިއޭޝަނުގެ އިސްވެރިންނާއި، އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކާއި، ކުންފުނިތަކުގެ އެކައުންޓަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގުމުގެ އެތައް މައްސަލައެއް މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެފްއޭއެމްގެ ހިޔާނާތް:އަމިން ކޮންސްޓްރަކްޝަނަށް ތުހުމަތު
އެފްއޭއެމްގެ އެކައުންޓްތަކުގައި ފައިސާއެއް ނެތް: ޒުހޫރު
އެސްޓީއޯ އަށް ފައިސާ ދައްކަން އެފްއޭއެމަށް އަމުރުކޮށްފި
ފީފާގެ ކޮމިޓީއާ އެކު އެފްއޭއެމަށް އެންމެ ފަހުން ދިރުން
ބައްސާމުގެ ދައުރު ހަމަވަނީ، ފީފާ އިން ގޮތެއް ނުނިންމާ
ފީފާއިން ބައްސާމް ސަސްޕެންޑް ކޮށްފި
ބައްސާމްގެ ދައުރު ނިމެނީ، ރާއްޖެ ފީފާގެ އިންތިޒާރުގައި
ދަނޑުގައިހުންނަ އެފްއޭއެމްގެ އޮފީހަށް ފުލުހުން ވަދެއްޖެ
ބައްސާމަކީ ކުށްވެރިއެކޭ ބުނުމަކީ ކޯޓުގެހުރުމަތް ކެނޑުން
ޝަރީއަތް ނިމެންދެން ބައްސާމަށް ފުރުން މަނާކޮށްފި