Roadha Mihaaru
ޅ. އަތޮޅު ހޮސްޕިޓަލުގެ ސާވާ ހެކްކުރި މައްސަލަ ބަލަނީ

ޅ. އަތޮޅު ހޮސްޕިޓަލުގެ ސާވާ ހެކްކުރި މައްސަލައެއް ބަލަނީ

16 ސެޕްޓެމްބަރ 2024

ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ ސާވާ ހެކްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ ސާވާ ހެކްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅިގެން މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ނައިފަރަށް ގޮސް، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެ މައްސަލާގައި އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެކަމަކު ޅ. އަތޮޅު ހޮސްޕިޓަލުގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ ހުމެއިދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ވަގުތު ވެސް ސާވާ ޑައުންވެފައި ހުރުމުގެ ސަބަބުން ހޮސްޕިޓަލުގެ ހިދުމަތްތަކަށް ވެސް ބުރޫއަރާފަައިވާ ކަމަށެވެ. ނަމަވެސް އެ އުނދަގޫތަކާ އެކު ވެސް އެ ހޮސްޕިޓަލުން ހިދުމަތް ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސާވާ މިހާރު ވެސް ޑައުންވެފައި ހުރީމާ އުނދަގޫތަކެއް އެބަ ހުރި ހިދުމަތް ދިނުމުގަ. އެއީ ބައެއް ކަހަލަ ސިސްޓަމްތައް ބޭނުން ނުކުރެވުން. އެކަމަކު ވެސް ހޮސްޕިޓަލުން ހިދުމަތްތައް ދަނީ ދެމުން،" ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ އެ ހޮސްޕިޓަލުގެ ސާވާ ހެކްކުރި މައްސަލާގައި އޭނާ ވިދާޅުވި އެވެ.

ހުމައިދު ވިދާޅުވީ ސާވާ ޑައުންވުމުގެ ސަބަބުން ޓޯކެން ސިސްޓަމް މަސައްކަތް ނުކުރުމާއި ޕޭޝަންޓުން މެނޭޖްކުރުމަށް ބޭނުންކުރާ ސިސްޓަމްގެ ވެސް އެކްސެސް ނެތް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.