Roadha Mihaaru
ޖަމާއަތުގައި ނަމާދު ކޮށްގެން 38 ކުދިންނަށް ބައިސިކަލް

40 ދުވަހު ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުން އިމާމު ދިނީ ކޮންމެ ކުއްޖަކަށް ބައިސިކަލެއް

12 ސެޕްޓެމްބަރ 2024

މެދުކެނޑުމެއް ނެތި 40 ރޭ ވަންދެން ފަތިސް ނަމާދު ޖަމާއަތުގައި ކުރި ހއ. އިހަވަންދޫގެ 38 ކުދިންނަށް ބައިސިކަލްތައް ހަވާލުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މެދުކެނޑުމެއް ނެތި 40 ރޭ ވަންދެން ފަތިސް ނަމާދު ޖަމާއަތުގައި ކުރި ހއ. އިހަވަންދޫގެ 38 ކުދިންނަށް ބައިސިކަލްތައް ހަވާލުކޮށްފި އެވެ.

އިހަވަންދޫ މަސްޖިދުއް ތަގާވުނު މިސްކިތުގެ އިމާމު ހުސައިން ރަޝީދު އިސްނަންގަވައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމާ ގުޅޭގޮތުން "މިހާރު" އަށް އޭނާ މިއަދު ވިދާޅުވީ، އެއީ ރަށު ކުދިން ފަތިސް ނަމާދަށް ގެންދިއުމަށް ބާރުއެޅުމަށް ފެށި ޕްރޮގްރާމެއް ކަމަށެވެ.

މިދިޔަ އަހަރުގެ މޭ މަހު ފެށި ނަމާދު ޕްރޮގްރާމްގައި 64 ކުދިން ބައިވެރިވިއިރު 40 ރޭ ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން 38 ކުދން އިނާމު ހޯދި އެވެ.

އިހަވަންދޫ ނަމާދު ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުން.-- ފޮޓޯ: އިހަވަންދޫ ކައުންސިލް

އިހަވަންދޫ ނަމާދު ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުން.-- ފޮޓޯ: އިހަވަންދޫ ކައުންސިލް

"ބައިސްކަލް ލިބޭ ގޮތަށް އަޅުގަނޑުމެން ނިންމާފައި އޮންނާނީ އެއްވެސް ރެޔެއް ދޫކޮށްނުލައި ޖަމާއަތުގައި ނަމާދު ކުރާ ކުދިންނަށް. އެހެންވެ ޖެހިޖެހިގެން ނުކުރެވުނު ބައެއް ކުދިންނަށް މި ނުލިބުނީ،" އޭނާ ވިދާޅުވި އެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ގްރޭޑް 1 އިން 7 އަށެވެ.

ހުސައިން ރަޝީދު ވަނީ ނަމާދުގައި ކިޔާ ތަކެތި ކިޔައިދިނުމާއި އަންމާފޮތް ހިތުން ދަސްކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ބާއްވައިފަ އެވެ.

އިހަވަންދޫ ނަމާދު ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އިނާމު ހާސިލް ކުރި ދަރިވަރަށް ބައިސަކަލް ހަވާލުކުރަނީ.-- ފޮޓޯ: އިހަވަންދޫ ކައުންސިލް

އިހަވަންދޫ ނަމާދު ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އިނާމު ހާސިލް ކުރި ދަރިވަރަށް ބައިސަކަލް ހަވާލުކުރަނީ.-- ފޮޓޯ: އިހަވަންދޫ ކައުންސިލް

ނަމާދުގައި ކިޔާ ތަކެތި ވަގުތުން ކިޔައިދީގެން 35 ކުދިން ވަނީ އެ ޕްރޮގްރާމްގެ ދަށުން އިނާމު ހާސިލް ކޮށްފައި އެވެ. އަންމާފޮތް ހިތުން ދަސްކޮށް އިމާމަށް ކިޔައިދީގެން 8 ކުދިން އިނާމު ހޯދި އެވެ. އެ ކުދިންނަށް އިމާމު ދެއްވީ 500ރ. އެވެ.

ހުސައިން ރަޝީދު މިހާރު ތައްޔާރުވަމުން އަންނަނީ ކުޑަކުދިންނަށް އިމާމުކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފެށުމަށެވެ. އޭނާ ވިދާޅުވީ އެ ޕްރޮގްރާމްގައި ބަންގި ގޮވުމާއި ރީތި ރާގު ތަކަށް ގުރުއާން ކިޔަވަން ވެސް ދަސްކޮށް ދޭނެ ކަމަށެވެ. އެ ޕްރޮގްރާމް ހިންގަނީ ތިން މަސް ދުވަހަށެވެ.