Roadha Mihaaru
ބޯކޯ ހަރާމްއިން ނައިޖީރިއާގައި 80 މީހުން މަރާލައިފި

ނައިޖީރިއާގެ އަވަށަކަށް ބޯކޯ ހަރާމް އިން އަރައި 80 މީހުން މަރާލައިފި

04 ސެޕްޓެމްބަރ 2024

ނައިޖީރިއާގެ އަވަށަކަށް، ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު އަރައި 81 މީހަކު މަރާލައިފި އެވެ.

ނައިޖީރިއާގެ އަވަށަކަށް، ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު އަރައި 81 މީހަކު މަރާލައިފި އެވެ.

ޔޯބޭ ސްޓޭޓްގެ އޮފިޝަލުން އޭއެފްޕީއަށް ވިދާޅުވީ މަރުގެ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.

"ބޯކޯ ހަރާމްގެ ޓެރަރިސްޓުން ކަމަށް ބެލެވޭ 150 މީހަކު 50 ސައިކަލްގައި ރައިފަލް އާއި އާރްޕީޖީ ހިފައިގެން މާފާ އަވަށަށް ހަމަލާދޭން ފެށީ ހަވީރު 4:00 ހާއިރު،" ޔޯބޭ ސްޓޭޓްގެ ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަވަށަށް އެރި މީހުން އެތައް ބަޔަކު މެރުމަށް ފަހު ބައެއް ފިހާރަތަކުގައި ހުޅު ވެސް ޖެހި ކަމަށެވެ.

"ގިނަ ބަޔަކު މަރާފައި ފިހާރަތަކުގައި ވެސް ހުޅުޖެހި. މަރުވި މީހުންގެ އަދަދު އަދިވެސް ކަށަވަރު ނުވާތީ އެ އަދަދު ދާނީ މައްވަށް ކަމަށް ބެލެވޭ."

ނައިޖީރިއާގެ އިރުއުތުރުގައި ބޯކޯ ހަރާމާއި ހަނގުރާމަވެރި އެހެން ޖަމާއަތްތަކުން 15 އަހަރު ކުރިން ފެށިގެން ހިންގަމުން އަންނަ މިފަދަ އަމަލުތަކުގައ މިހާތަނަށް 40،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ނައިޖީރިއާގެ މެދުތެރެއާއި ހުޅަނގު އުތުރުގައި ކުށްވެރިންގެ ގޭންގުތަކުން އަވަށްތަކަށް އަރައި، މީހުން މަރައި ވަގަށް ނަގައި ގެދޮރު ލޫޓުވާލުމަށް ފަހު ހުޅުޖެހުމަކީ އާންމުވެފައިވާ ކަންކަމެވެ. -- އޭއެފްޕީ