Roadha Mihaaru
ނައިޖީރިއާގައި ޖާނު ގޮއްވުމުގެ ހަމަލާތަކުގައި 18 މަރު

ނައިޖީރިއާގައި ޖާނު ގޮއްވާލައިގެން ހަމަލާތަކެއްދީ 18 މީހަކު މަރާލައިފި

01 ޖުލައި 2024

ނައިޖީރިއާގެ އިރުއުތުރުގައި ބޮކޯހަރާމްގެ ނުރައްކާ ބޮޑު ސަރަހައްދުގައި ހޮނިހިރު ދުވަހު، އަމިއްލައަށް މަރުވެގެން ދިން ހަމަލާތަކެއްގައި 18 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

ނައިޖީރިއާގެ އިރުއުތުރުގައި ބޮކޯހަރާމްގެ ނުރައްކާ ބޮޑު ސަރަހައްދުގައި ހޮނިހިރު ދުވަހު، އަމިއްލައަށް މަރުވެގެން ދިން ހަމަލާތަކެއްގައި 18 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

ގްވޯޒާ ޓައުންގައި ތިން ހަމަލާއެއް ދީފައި ވާއިރު މީގެ ތެރެއިން އެއް ހަމަލާ ދިނީ ބުރަކަށީގައި ތުއްތު ކުއްޖަކު ބާއްވައިގެން ހުރި އަންހެނެކެވެ. އޭނާ ހަމަލާ ދިނީ ކައިވެނީގެ ހަފްލާއެއް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ ކަމަށް ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ކެމަރޫންއާ ކައިރިން، ބޯޑަރު އޮންނަ އަވަށެއްގައި ދިން އެހެން ހަމަލާތަކެއް އަމާޒުކޮށްފައި ވަނީ ހޮސްޕިޓަލަކާއި ކައިވެނީގެ ހަފްލާގައި ހަމަލާ ދިނުމުން މަރުވި މީހުންގެ ޖަނާޒާ ބޭއްވި ތަނަށެވެ.

ބޯނޯ ސްޓޭޓް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ސެމާ) އިން ބުނި ގޮތުގައި މި ހަމަލާތަކުގައި 18 މީހަކު މަރުވެ 42 މީހަކު ޒަޚަމްވެފައިވެ އެވެ.

ނައިޖީރިއާގައި އަމިއްލައަށް މަރުވެގެން ދިން ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންނަށް ހޮނިހިރު ދުވަހު ހޮސްޕިޓަލެއްގައި ފަރުވާ ދެނީ. -- ފޮޓޯ: އޭއެފްޕީ

ނައިޖީރިއާގައި އަމިއްލައަށް މަރުވެގެން ދިން ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންނަށް ހޮނިހިރު ދުވަހު ހޮސްޕިޓަލެއްގައި ފަރުވާ ދެނީ. -- ފޮޓޯ: އޭއެފްޕީ

"މިހާތަނަށް، ކުޑަކުދިންނާއި ފިރިހެނުންނާއި އަންހެނުންނާއި މާބަނޑު އަންހެނުން ހިމެނޭ ގޮތަށް 18 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވޭ" އެ އިދާރާގެ ވެރިޔާ ބާކިންޑޯ ސައިޑޫ އޭއެފްޕީއަށް ވިދާޅުވި އެވެ.

ސީރިއަސް ޒަހަމްތަކެއް ލިބުނު 19 މީހަކު ސަރަހައްދީ ވެރިރަށް މައިދޫގަށް ވަނީ ގެންގޮސްފަ އެވެ.

ބޮކޯ ހަރާމްގެ ހަނގުރާމަވެރިން ގްވޯޒާ 2014 ވަނަ އަހަރު ހިފި އެވެ. އަދި 2015 ވަނަ އަހަރު ޗާޑްގެ ސިފައިންގެ އެހީތެރިކަމާ އެކު ނައިޖީރިއާގެ އަސްކަރިއްޔާއިން އެ އަވަށް އަނބުރާ ހިފި ނަމަވެސް އޭގެ ފަހުން އެ ޖަމާއަތުން ގެންދަނީ ވަށައިގެންވާ ފަރުބަދަތަކުގެ މަތީ ތިބެގެން ހަމަލާތައް ދެމުންނެވެ.

ބޮކޯ ހަރާމް އިން ދަނީ ފިރިހެނުން މަރައި އަންހެނުން ރަހީނުކުރުން ފަދަ އަނިޔާވެރި އެކި އަމަލުތައް ހިންގަމުންނެވެ. މި ހަމަނުޖެހުންތަކުގައި މިހާތަނަށް 40،000 މީހަކު މަރުވެފައި ވާއިރު ދެ މިލިއަނެއްހާ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާންޖެހިފަ އެވެ. -- އޭއެފްޕީ