01 ސެޕްޓެމްބަރ 2024
ރާއްޖެއަށް އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަކޮށް ދިރުއުޅޭވޭނެ ތަންތަން ގަނެވޭނެ ގޮތަށް އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމެއް ފެށުމަށް ނިންމައިފި އެވެ.
ރާއްޖެއަށް އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަކޮށް ދިރުއުޅޭވޭނެ ތަންތަން ގަނެވޭނެ ގޮތަށް އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމެއް ފެށުމަށް ނިންމައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމު ފެށުމުން ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރަން އިތުރަށް ފަހިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެއާ އެކު ރާއްޖޭގެ އިގްތިސާދަށް ވަންނަ ޑޮލަރު އިތުރުވާނެ ކަމަށެވެ.
"ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމާ ގުޅޭ ގޮތުން ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް މިއީ. މިކަމުން ކުރިއެރުންތަކެއް ލިބިފައި އެބަ ހުރި. ދުނިޔޭގެ އެންމެ ފުންނާބު އުސް ބައެއް ކުންފުނިތަކާ އެކު މިދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެެވެ.
އެ ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ސައީދު ވިދާޅުވީ، އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމުގެ ދަށުން އެންމެ މަތީ ފަންތީގެ ލަގްޒަރީ ރެޒިޑެންޑީ މާކެޓުކޮށްދޭ ވަރުގަދަ ބަޔަކާ އެކު މިކަން ކުރާނެ ކަމަށެވެ.
"ސަރުކާރުން ކަނޑައަޅަނީ މިސާލަކަށް ގާފަރުފަޅު ނޫނީ ފުށިދިއްގަރުގެ ކޮންމެވެސް ހިސާބެއް. އެ ބުނާ ހިސާބެއްގައި ޑިވަލޮޕްކުރާ ރެޒިޑެންޓްސް ހޯދިދާނެއޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު ވެސް ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ވެސް އެފަދަ އުސޫލުން ތަންތަން ދޫކުރާ ކަމަށާއި ރެޒިޑެންސީ ޕްރޮގްރާމުން އިންވެސްޓަރުންނަށް އެ އިތުބާރު ލިބޭނެ ކަމަށެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖެއަށް އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމު ގެންނަނީ އެކަމުގެ ބޭރުގެ ފަންނީ ފަރާތްތަކުގެ މަޝްވަރާއާ އެކު ރާއްޖެއަށް ގުޅޭނެ ގޮތަށް ކަމަށެވެ.
"ރެޒިޑެންސީ ޕްރޮގްރާމުތައް ދުނިޔޭގެ އެހެން ގައުމުތަކުގަ ކުރަނީ އެކަމަށް ހާއްސަ ކުންފުނިތައް މެދުވެރިކޮށް ވަރަށް ބޮޑަށް ޕްރޮމޯޓުކޮށްގެން،" އޭނާ ވިދާޅުވި އެވެ.
"ޑިޖިޓަލް އިގުތިސާދެއް އުފެއްދުމަކީ މުހިއްމު ވައުދެއް"
ރާއްޖެ-އެމެރިކާއިން ވިޔަފާރި ފުޅާކުރަން ނިންމައިފި
ރާއްޖެ-އެމެރިކާ ވިޔަފާރި ފުޅާކުރަން މަޝްވަރާކޮށްފި
ފަސްނުޖެހި ރާއްޖޭގައި އިންވެސްޓުކުރަން ގޮވާލައިފި
އާ ކައުންސިލްގެ ބޭނުމަކީ ދެކޮޅުޖެހޭ އާމްދަނީއެއް ހޯދުން
ހަ މަސް ވެއްޖެ، ސަރުކާރުގެ ދުވެލި ކިހިނެއް؟
އެނބޫދޫފަޅު މަޝްރޫއުން ދައްކައިދެނީ އިތުބާރު އޮތްކަން
އިތުރު އިންވެސްޓްމެންޓުތައް ބޭނުން، ފައިދާވާނެ: ސައީދު
އަންނަ އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ގަތަރުގައި
އިންވެސްޓްމަންޓް ފޯރަމް ނޮވެމްބަރުގައި ބާއްވަނީ