29 އޯގަސްޓް 2024
އިނގިރޭސި ވިލާތަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި އިޖުތިމާއީ މައްސަލަތަކުން ގައުމު ސަލާމަތްކުރުމަށް އަޅަން މަޖުބޫރުވެފައިވަނީ ރައްޔިތުންގެ ނުރުހުން އަމާޒުވާނެ އުނދަގޫ ފިޔަވަޅުތަކެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ވިލާތަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި އިޖުތިމާއީ މައްސަލަތަކުން ގައުމު ސަލާމަތްކުރުމަށް އަޅަން މަޖުބޫރުވެފައިވަނީ ރައްޔިތުންގެ ނުރުހުން އަމާޒުވާނެ އުނދަގޫ ފިޔަވަޅުތަކެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ.
ގައުމު މި ހާލަތަށް ވެއްޓުނީ ކޮންޒަވެޓިވް ޕާޓީގެ ހަރުދަނާކަމެއް ނެތް ވެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވެ ސްޓާމާ ވާހަކަ ދެއްކެވީ ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު ގައުމު ލޮކްޑައުންކޮށްފައި އޮއްވައި ކޮންޒަވެޓިވް ޕާޓީގެ އިސް ބޭފުޅުން ޑައުނިން ސްޓްރީޓް އޮފީހުގައި ޕާޓީކުރި ބަގީޗާ ސަރަހައްދުގަ އެވެ. އެއީ މުޅި ގައުމުގެ ރުޅިވެރިކަން ކޮންޒަވެޓިވް ޕާޓީއަށް ކުރިމަތިވި ޕާޓީތަކެކެވެ.
ސްޓާމާ ވިދާޅުވީ ގައުމުގައި އިސްލާހުކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށާއި މި ކަންކަން ރަނގަޅުވުމުގެ ކުރިން އަދި އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ.
މިދިޔަ ޖުލައި މަހު، ބޮޑު ތާއީދަކާ އެކު ބޮޑުވަޒީރު ކަމަށް އިންތިހާބުކުރި ސްޓާމާގެ ވާހަކާގައި، ގައުމަށް ހިޖުރަކުރާ މީހުންނާ ދެކޮޅަށް މި ފަހުން ހިންގި ހަމަނުޖެހުންތަކުގެ ވާހަކަ ވެސް ދެއްކެވި އެވެ. އޭނާ ވިދާޅުވީ އެއީ ވެސް ކޮންޒަވެޓިވް ޕާޓީން ތާއީދު ހޯދަން ކުރި ކަންކަމުގެ ސަބަބުން އުފެދިފައި އޮތް ފިތުނައެއް ކަމަށެވެ.
އިގްތިސާދީ ހާލަތު ރަނގަޅުކުރަން ބަލާއިރު ކުރީގެ ސަރުކާރުން ދިޔައީ 22 ބިލިއަން ޕައުންޑް (29 ބިލިއަން އެމެރިކާ ޑޮލަރު) ގެ ދަރަންޏެއް އުފައްދާފައި ކަމަށާއި މިއީ ހީނުކުރާހާ ބޮޑު ދަރަންޏެއް ކަމަށް ވިދާޅުވި އެވެ. މި ދަރަނިން ސަލާމަތްވާން އުނދަގޫ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި އޭގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަށްދޭ ބައެއް އިނާޔަތްތައް ލިމިޓްކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވާރުތަވެފައި ވަނީ ހަމައެކަނި އިގްތިސާދީ ބްލެކް ހޯލެއް ނޫން، އިޖުތިމާއީ ބްލެކް ހޯލްއެއް، އެހެންވެ އަޅަންޖެހޭ ފިޔަވަޅުތައް ތަފާތު. އޭގެ އެއް ބަޔަކީ ކުރަންޖެހޭ ކަންކަން ސާފު ތެދު ބަހުން ރައްޔިތުންނަށް ކިޔައިދިނުމާއި އެއީ ކިހާ އުނދަގޫ ނިންމުންތަކެއްކަން ބުނެދިނުން،" އޭނާ ވިދާޅުވި އެވެ.
"ހަގީގަތަށް ބުނާ ނަމަ، ކަންކަން ރަނގަޅުވާނީ އަދި މިއަށްވުރެ ގޯސްވުމަށް ފަހު."
މުއްސަނދިން އަތުން އިތުރު ޓެކްސްތައް ވެސް ނަގަން ފެށުމަކީ ވެސް އޮތް ފިޔަވަޅެއް ކަމަށް ވިދާޅުވެ ސްޓާމާ ވާހަކަ ދައްކަވާފައި ވާއިރު އިދިކޮޅު ލޭބާ ޕާޓީން ވަނީ މިހާރުގެ ސަރުކާރުން ގައުމުގެ މާލީ ހާލަތު މިނަށްވުރެ ބޮޑުކޮށްގެން ސިފަކުރަނީ ކަމަށް ތުހުމަތުކޮށްފަ އެވެ. ލޭބާ ޕާޓީން ބުނީ ނެތް މިންވަރަށް ހާލަތު ގޯސްކޮށް ދައްކައިގެން ސަރުކާރުން އުޅެނީ އިތުރު ޓެކްސްތައް ނަގަން ފަށަން ފަސޭހައަކަށް ކަމަށެވެ.
ސާދަ އަހަރަށް ފަހު ކޮންޒަވެޓިވް ވެރިކަން ނިމުމަކަށް
ޔޫކޭގައި ދުންފަތް މަނާކުރުމުގެ ބިލަށް ރުހުން ދީފި
ނަތަންޔާހޫ ހައްޔަރުކުރުމަށް ޔޫކޭގެ ސާފު ޖަވާބެއް ނެތް
ރައީސް މުއިއްޒުގެ ދެކަނބަލުން އިނގިރޭސި ވިލާތަށް
ޓްރަމްޕް ސަރުކާރުން ޗާގޯސް ޑީލަށް ހުރަސް އަޅާފާނެ
އިޒްރޭލުގެ އަމަލަކީ ނަސްލު ނައްތާލުމެއް ނޫން: ސްޓާމާ
ޔޫކޭގައި ދުންފަތް މަނާކުރުމުގެ ބިލް ހުށަހަޅައިފި
ރާއްޖެ ވަޑައިގަތުމަށް ރަސްގެފާނު ޗާލްސްއަށް ދައުވަތު
ކޮމަންވެލްތު ބައްދަލުވުމަށް ނައިބު ރައީސް ސަމޯއާގައި
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ