Roadha Mihaaru
މަޓޭ ޕެޓްރޯލް ބަހާ ވާހަކަ އަކީ ކޮމެޑީއެއް ނޫން

މަޓޭ ޕެޓްރޯލް ބަހާ ވާހަކަ އަކީ ކޮމެޑީއެއް ނޫން

27 އޯގަސްޓް 2024

ހުޅުމާލެއިން ބްރިޖަށް އަރަން ދަނިކޮށް ހައިވޭގެ މެދަކާ ހިސާބުން ސައިކަލު ހުއްޓިއްޖެ އެވެ. އިރުއޮއްސި އަނދިރިވަނީ އެވެ. ސައިކަލުން ފައިބައިގެން ޖީބުގައި އޮތް ފޯނު ނެގިއިރު ބެޓެރި ހުސްވެގެން ފޯނު ވެސް އަނދިރިވަނީ އެވެ. މި ރޭގެ ޒަމާން މި ދިޔައީ އެވެ. މިހެން ހިތަށް އަރުވައިގެން ފުލުފުލުގައި އެކި މީހުންނަށް ގުޅަމުން ދަނިކޮށް ފޯނުގަނޑު ނިވިއްޖެ އެވެ. އިރުއޮއްސި ދުނިޔެ މަތި ވެސް އަނދިރިވެއްޖެ އެވެ.

އަހުމަދު ނަދީމް އަހުމަދު ނަދީމް

ހުޅުމާލެއިން ބްރިޖަށް އަރަން ދަނިކޮށް ހައިވޭގެ މެދަކާ ހިސާބުން ސައިކަލު ހުއްޓިއްޖެ އެވެ. އިރުއޮއްސި އަނދިރިވަނީ އެވެ. ސައިކަލުން ފައިބައިގެން ޖީބުގައި އޮތް ފޯނު ނެގިއިރު ބެޓެރި ހުސްވެގެން ފޯނު ވެސް އަނދިރިވަނީ އެވެ. މި ރޭގެ ޒަމާން މި ދިޔައީ އެވެ. މިހެން ހިތަށް އަރުވައިގެން ފުލުފުލުގައި އެކި މީހުންނަށް ގުޅަމުން ދަނިކޮށް ފޯނުގަނޑު ނިވިއްޖެ އެވެ. އިރުއޮއްސި ދުނިޔެ މަތި ވެސް އަނދިރިވެއްޖެ އެވެ.

ރޫސްލާފައިދާ ހަމަ އެއްވެސް ސައިކަލެއް މަޑެއް ނުކުރާނެ އެވެ. އެކަމަކު މިހެން ހިތަށް އެރިތާ މާ ގިނަ އިރެއް ނުވެއް ސައިކަލެއްގެ ސިގްނަލް އަހަރެން ހުރި ދިމާލަށް ދެމުން ދުވެލި މަޑުކުރަމުން އަންނަ ތަން ފެނިއްޖެ އެވެ. ފުލުހެއް ނޫނެވެ. އައިސް މަޑުކޮށްލި ސައިކަލުން ފައިބައިގެން އެކްޝަން ސްޓާރެއްހެން ސްލޯމޯޝަނުގައި ބޮލުން ހެލްމެޓް ނަގައި، ބޮލުގައި ނެތް އިސްތަށިގަނޑު ރީތިކުރަމުން އަހަންނާ ދިމާލަށް އެހެރަ އަންނަނީ އިތުރު ތައާރަފަކަށް ބޭނުން ނުވާ މަޝްހޫރު ކޮމީޑިއަން މަޓޭ އެވެ.

"މަޓޭގެ ސައިކަލު ވެސް ހުއްޓުނީ ދޯ އެވެ. އެހެންވީމާ މިތަނުގައި ފޫހިފިލުވާލަން އަނގަތަޅާލާނެ މީހަކު ވީ ދޯ އެވެ،" ހިތަށް އެރީ މިހެންނެވެ.

އެކަމަކު މަޓޭ އައިސް ކޮށްލީ ވަރަށް ސީރިއަސް ސުވާލެކެވެ. ސީރިއަސް ވެގެން ގޮސް އޭނާ ހުރީ ސިފަ ނޭނގޭ ވަރަށް ބަދަލުވެފަ އެވެ.

"މިތަނަށް ހުއްޓުނީ ކިހިނެތް ވެގެން؟"

ސައިކަލުން ޕެޓްރޯލު ހުސްވީއޭ ބުނުމާ އެކު އޭނާ އެނބުރި ހިނގައިގަތީ އައި ކޮޅަށެވެ. ޕާކުކުރި ސައިކަލުގެ މަޑިދަށުން ކޮންމެވެސް އެއްޗެއް ނަގައިގެން އަނެއްކާވެސް އެކްޝަން ސްޓާރެއްގެ ގޮތުގައި ދެކޮޅަށް ކިރެމުން އަހަންނާ ދިމާލަށް ހިނގައިގަތެވެ. އަރައި ހަމަކޮށްލި ފިޔަވަޅާ އެކު ދިއްކޮށްލީ 500 އެމްއެލްގެ ޕްލާސްޓިކް ފުޅިއެކެވެ. ފެން ހުސްކުރި އެ ފުޅި ބަންދުކޮށްފައި އޮތީ ޕެޓްރޯލުންނެވެ.

ވީ އުފަލަކުން މަޓޭ މަތިން ވެސް ހަނދާން ނެތިއްޖެ އެވެ. އަދި ޕެޓްރޯލް އަޅައި ނިމިގެން އެންމެ ފަހުން މަޓޭ ހޯދަން ބެލިއިރު އޭނާ ޖެހުނުތާ ލަކުނު ވެސް ނެތެވެ.

"އެއީ ހަމަ އަސްލު ވެސް މަޓޭ ހެއްޔެވެ؟،' ހިތަށް އެރީ މިހެންނެވެ.

މިއީ ބިރުވެރި، މަޖާ ވާހަކައެއް ނޫނެވެ. މިއީ މަޓޭގެ ނަމުގައި މުޅި ރާއްޖެ ހެއްވަމުން އަންނަ ކޮމީޑިއަން ހުސެއިން ޝާދުގެ ވަރަށް ސީރިއަސް ވާހަކަ އެކެވެ. ބްރިޖާއި ހައިވޭ މައްޗަށް ސައިކަލުގައި ހުއްޓޭ މީހުންގެ ހާލުބަލައި އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަޓޭގެ ވަގުތު ހޭދަކުރާ ގޮތުގެ އުފާވެރި ވާހަކަ އެވެ.

މަޓޭ އޭނާގެ ސައިކަލުގައި ހުޅުމާލޭގެ މަގަކުން ދަނީ: އަބަދުވެސް ސައިކަލުގެ މަޑިދަށުގައި ތިން ފުޅީގެ ޕެޓްރޯލް އޭނާ ގެންގުޅެނީ ސައިކަލް ހުއްޓިއްޖެ ނަމަ އޭނާ އަދި އެހެން މީހުންނަށް ވެސް އެހީވުމަށް ކަމަށް ބުނި.  -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަޓޭ އޭނާގެ ސައިކަލުގައި ހުޅުމާލޭގެ މަގަކުން ދަނީ: އަބަދުވެސް ސައިކަލުގެ މަޑިދަށުގައި ތިން ފުޅީގެ ޕެޓްރޯލް އޭނާ ގެންގުޅެނީ ސައިކަލް ހުއްޓިއްޖެ ނަމަ އޭނާ އަދި އެހެން މީހުންނަށް ވެސް އެހީވުމަށް ކަމަށް ބުނި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެ ދުވަހު އެތަނަށް ގޮސް ތެޔޮ އަޅައި ނިމިގެން އަހަރެންގެ ހިތަށް އެރީ، ދެނެއް މަށެއް ނުހުއްޓޭނަމޭ. ދެން މަގޭ މަޑިދަށުގައި އަބަދުވެސް ދެ ތިން ފުޅި ޕެޓްރޯލް ބަހައްޓާނަމޭ. އެކަމަކު އަޅުގަނޑު ސައިކަލަށް އެކަނި އަޅާކަށް ނޫން. -- މަޓޭ

ޕެޓްރޯލު ހުސްވެގެން ބްރިޖާއި ހައިވޭ މައްޗަށް ހުއްޓޭ މީހުންނަށް އެހީވުމުގައި މަޓޭ ކުޅެނީ ކޮމެޑީއެއް ނޫންކަން އަދި ރަނގަޅަށް އެނގުނީ ދެ ވަނަ ދުވަހެއްގައި، އަނެއްކާވެސް ހަމަ ރޭގަނޑުގެ ވަގުތެއްގައި، ހުޅުމާލެ އިން ބްރިޖަށް އަރަން ދަނިކޮށް ސައިކަލުން ޕެޓްރޯލް ހުސްވެގެން ހުއްޓުނީމަ އެވެ. މަޓޭގެ ހުރި ވަރެއް އެނގިދާނެ ނޫން ހެއްޔޭ ހިތަށް އަރުވައިގެން ފޯނު ނަގައި އޭނާ އަށް ވަގުތުން ގުޅާލީމެވެ.

މަޓޭ ހުރީ ހުޅުމާލެ 2 ގަ އެވެ. އޭނާ ދިރިއުޅޭ ގެދޮރުގަ އެވެ. އިރުއޮއްސެ ރޭގަނޑު އޮތީ ހިމޭންވެފަ އެވެ. ނަމަވެސް 15 ވަރަކަށް މިނެޓް ތިމަންނާ އަށް ދޭށޭ ކިޔާފައި ފޯނު ކަނޑާލައިފި އެވެ. އަދި ވިއްސަކަށް މިނެޓްވީއިރު ޕެޓްރޯލް ފުޅިއެއް ހިފައިގެން އައިސް މަޓޭ އަނެއްކާވެސް އަހަރެން ސަލާމަތްކޮށްފި އެވެ.

އެކަމަކު މިއީ މަޓޭ އަށް ގުޅައިގެން އޭނާ ދޭ ވިޔަފާރީގެ ހިދުމަތެއް ނޫނެވެ. މިކަންތައް ފެށުނު ގޮތް އޭނާ ކިޔައި ދިނީ އެހެން ދުވަހެއްގައި ބައްދަލުވެ މާމުޔާއި އިނގުރު އަޅައި ގިރާފައި ހުރި ކަޅު ސައިތައްޓެއް ބޮމުންނެވެ.

"ޕެޓްރޯލް ކަންތައްވީ ގޮތަކީ އަސްލު، މާލެ ތެރޭގައި ސައިކަލު ދުއްވާ އުޅޭ އިރަކު ދުވަހަކު ވެސް ސައިކަލުން ޕެޓްރޯލް ހުސްވެގެން އުޅޭކަށެއް ނުޖެހޭ އަޅުގަނޑެއް. އެކަމަކު ބުރިޖަށް އަރައިގެން 2021 ވަނަ އަހަރު ހުޅުމާލެ އަށް ދިރިއުޅުން ބަދަލުކޮށްލަން ޖެހުނު ހިސާބުން އަޅުގަނޑު ވެސް ސައިކަލުގައި ދަނިކޮށް ބްރިޖު މައްޗަށް ދެ ތިން ދުވަހަކު ހުއްޓިއްޖެ،" މަޓޭ ކިޔައިދިނެވެ.

މަޓޭ ހުއްޓުނީ ބްރިޖުން ގޮސް ހުޅުމާލެ އަށް ފޭބިތާ މާ ގިނަ އިރެއް ނުވެ އެވެ. މެންދުރު ވަނީ އެވެ.

"ދެން ރައްޓެއްސަކަށް ގުޅައިފިން. ގުޅައިގެން އަންނަން ދެން، އަންނަން ދެން މަޑުކޮށްލައިގެން އެ ބުރިޖުމަތީގައި، ރަތްދަކަ އަވީގައި މަޑުކޮށްލައިގެން ހުންނަން ޖެހުނީ އެތައް އިރެއް ވަންދެން. އެކަމަކު އަދި ލަސްވެގެން މި ސައިކަލް އުފުލޭނެ ގޮތެއް ވެސް ނެތް،" މަޓޭ ކިޔައިދިނެވެ.

"ހަމަ އެއްގޮތެއް ވެސް ނެތިގެން، އެންމެފަހުން ސައިކަލުގަނޑު އަތުން ކޮށްޕަމުން ޝެޑަކާ ހަމަ އަށް ދިޔައީ. ރަތްދަކަ އަވީގައި ރެސްޓު ކުރަމުން، ދޮޅުގަޑިއިރު އެހެން އުޅުނު ފަހުން ފޯރީ ތެޔޮ އަޅާ ތަނަކަށް" އެއަށް ފަހު މަޓޭގެ ހިތަށް އެރީ މިހެންނެވެ.

"އެ ދުވަހު އެތަނަށް ގޮސް ތެޔޮ އަޅައި ނިމިގެން އަހަރެންގެ ހިތަށް އެރީ، ދެނެއް މަށެއް ނުހުއްޓޭނަމޭ. ދެން މަގޭ މަޑިދަށުގައި އަބަދުވެސް ދެ ތިން ފުޅި ޕެޓްރޯލް ބަހައްޓާނަމޭ،' މިހެން ބުނެފައި އެ ވާހަކަ އަށް އިތުރުކޮށްލުމުގެ ކުރިން މަޓޭ އަހަންނާ ދިމާލަށް ބަލައިލި އެވެ.

"އެކަމަކު އެއީ އަޅުގަނޑު ސައިކަލުގައި ދަނިކޮށް ހުއްޓިގެން އަޅުގަނޑުގެ ސައިކަލަށް އެކަނި އަޅަކަށް ނޫނޭ. ހަމަ އެގޮތަށް ހުއްޓިފައި ތިބޭ އެހެން މީހުންނަށް ވެސް ދޭން ވެގެންނޭ."

މަޓޭ ސައިކަލަކަށް ޕެޓްރޯލް އަޅަނީ: ޕެޓްރޯލް ހުސްވެގެން ބްރިޖު ހައިވޭގައި ހާލުގައި ޖެހިފައި އޮތް ކާރަކަށް ވެސް މިގޮތަށް ޕެޓްރޯލް އަޅައިދިން ކަމަށް ބުނި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަޓޭ ސައިކަލަކަށް ޕެޓްރޯލް އަޅަނީ: ޕެޓްރޯލް ހުސްވެގެން ބްރިޖު ހައިވޭގައި ހާލުގައި ޖެހިފައި އޮތް ކާރަކަށް ވެސް މިގޮތަށް ޕެޓްރޯލް އަޅައިދިން ކަމަށް ބުނި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"މި ފިލާވަޅު އަޅުގަނޑަށް ދަސްވި އެއް ހާދިސާ އަކީ އަޅުގަނޑުގެ ދަރިއަކު ބަލިވެގެން މީހުން އެއްފަހަރަކު އަޅުގަނޑަށްވީ އެހީ. އަނެއް ސަބަބަކީ އަޅުގަނޑުގެ ބައްޕަ ބަލިވީމަ އަޅުގަނޑުގެ ހުރިހާ ކޮއްކޮމެން ގޮވައިގެން އުޅުނު ދިރިއުޅުން -- މަޓޭ

މަޓޭ ބުނީ އެ ދުވަހަށް ފަހު، އޭނާގެ 18 އަހަރުވީ ސައިކަލު ބްރިޖާއި ހައިވޭ މައްޗަށް ދެން ހުއްޓެން ފެށީ އެހެން ސަބަބަކާ ހެދި ކަމަށެވެ.

"އޭގެ ފަހުން އަޅުގަނޑު ބްރިޖު މައްޗަކަށް ނުހުއްޓޭ ސައިކަލުން ޕެޓްރޯލް ހުސްވެގެންނެއް. އެހެނެއް ނޫން. އަޅުގަނޑު ދެން ހުއްޓެން ފެށީ ޕެޓްރޯލް ހުސްވެގެން ހުއްޓިފައި ތިބޭ މީހުންނަށް ޕެޓްރޯލް ފުޅިއެއް ދޭން ވެގެން. އަބަދުވެސް ތިން ފުޅި ހިފައިގެން އަޅުގަނޑު އުޅޭނީ."

"އެންމެ ފުރަތަމަ އަޅުގަނޑު އަމިއްލަ އަށް ބޭނުންކުރަން ވެގެން އެގޮތަށް ޕެޓްރޯލް ފުޅީގައި ބަންދު ކޮށްގެން އުޅުނީ. އެކަމަކު ހިތަށް އެރީ ދެ ތިން ފުޅި އޮވެއްޖެއްޔާމު އެހެން މީހަކަށް ވެސް އެހީވެވިދާނެއޭ."

އެ ދުވަހުން ފަށައިގެން މިއަދާ ހަމަ އަށް މަޓޭ ބުނީ ގާތްގަނޑަކަށް 130 މީހުންނަށް ބްރިޖާއި ހައިވޭމަތިން ޕެޓްރޯލުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މިއަދު ވެސް، ހަމަ ކޮންމެ ދުވަހަކުވެސް ހުޅުމާލެ އާއި މާލެއާ ދެމެދު އެ ހައިވޭގައި ދަތުރުކުރާއިރު 'ސައިކަލަކާ އެކު ހުއްޓިފައި' ހުރި މީހަކު ފެނިއްޖެ ނަމަ އަބަދުވެސް މަޑުކޮށްލައި 'ހާލު' ބަލައި ނުލައި އޭނާ އަށް ނުދެވޭ ކަމަށެވެ.

"ސައިކަލެއް ހުއްޓިގެން މީހަކު މަޑުކޮށްލައިގެން ހުރިތަން އަޅުގަނޑަށް ފެނިއްޖެ ނަމަ އަބަދުވެސް މަޑުކޮށްލާފައި ގޮސް އަހާލަން ކިހިނެތް ވެގެންތޯއޭ. ޕެޓްރޯލް ހުސްވެގެން ހެއްޔޭ. އެހެން އަހާލީމަ ބައެއް ބުނެފައި އެބަހުރި ނޫނޭ ފޯނެއް ކޮށްލަނީއޭ ވެސް. ވައި ދިޔައީއޭ. އެހެން ބުނެފިއްޔާމު ނައްޓާލަނީ،" މަޓޭ ކިޔައިދިނެވެ.

"އެކަމަކު ޕެޓްރޯލް ހުސްވީއޭ ބުނެފިއްޔާމު، ވިއްސާރައާ ތެމިގެންދާ ދުވަހެއްގައި ވެސް އަޅުގަނޑު ހުންނާ މަޑުކޮށްފައި މީހުންނަށް ޕެޓްރޯލު ދޭން. ސަބަބަކީ އަޅުގަނޑު ވަރަށް ނުބަޗާނަން. އެއީ ވަރިހަމަ އަދި އަޅުގަނޑު ކިތަންމެ ލަސްވެގެން އަވަދި ނެތިގެން އުޅުނު ވަގުތެއް ކަމުގައިވިޔަސް. މީހުންނަށް އެހީވުމަކީ އަޅުގަނޑު ވަރަށް ކުރާ ހިތްވާ ކަމެއް."

އެ ކަން ކުރަން މަޓޭ އަށް ދަސްވި އެއް ހާދިސާ އަކީ އޭނާގެ ކުއްޖަކު ބަލިވުމުން މީހަކު ދިން އެހީތެރިކަމެވެ. އަ

"އަނެއް ސަބަބަކީ އަޅުގަނޑުގެ ބައްޕަ ބަލިވީމަ އަޅުގަނޑުގެ ހުރިހާ ކޮއްކޮމެން ގޮވައިގެން އުޅުނު ދިރިއުޅުން،" އޭނާ ބުންޏެވެ.

ދެން މަޓޭ ބުނީ މާ މުހިންމު ވާހަކަ އެކެވެ.

މަޓޭއަބަދުވެސް މިގޮތަށް ދެ ތިން ފުޅީގައި ޕެޓްރޯލްގެ ބެކަޕެއް ގެންގުޅޭ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަޓޭއަބަދުވެސް މިގޮތަށް ދެ ތިން ފުޅީގައި ޕެޓްރޯލްގެ ބެކަޕެއް ގެންގުޅޭ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަޓޭ ހުޅުމާލޭގައި ދުއްވާފައި ދަނީ: އޭނާގެ ސައިކަލު މިހާރު ހުއްޓެނީ އެހެން މީހުންނަށް އެހީވުމަށް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަޓޭ ހުޅުމާލޭގައި ދުއްވާފައި ދަނީ: އޭނާގެ ސައިކަލު މިހާރު ހުއްޓެނީ އެހެން މީހުންނަށް އެހީވުމަށް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އަޅުގަނޑު މިގޮތަށް އެހީވާ މީހާ އަށް ވެސް ކޮންމެވެސް ކަހަލަ ފިލާވަޅެއް މިކަމުން ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އޭނަ އަށް ވެސް ދަސްވާނެތާ ހާލުގައި ޖެހިފައި ތިބޭ އެހެން މީހުންނަށް އެހީވުމުގެ މުހިންމުކަން،" މަޓޭ ބުނެލި އެވެ.

ނަމަވެސް މަޓޭ ބުނީ އޭނާގެ ސައިކަލަށް ދިމާވެދާނެ ކަމަށް ސަމާލުވުމަށް ފެހި 'ޕެޓްރޯލް ފުޅީގެ ދަތުރު' އެހެން މީހުންނަށް މިއަދު ފަސޭހައަކަށް ވެފައިވިޔަސް މީހުންނަށް ޕެޓްރޯލް ދެނީ ވެގެން އުޅޭ ގޮތް އަހާލުމަށް ފަހު، އެމީހުން އެހީއެއް ބޭނުން ނަމަ އެވެ.

"މީހަކު ހުއްޓިގެން ހުއްޓާ އެޔެއް މިޔެއް ބެލުމެއް އަހާލުމެއް ކަހާލުމެއް ނެތި ގޮސް އޭ މިހިރީ މަޓޭއޭ، ޕެޓްރޯލޭ ކިޔާފަކާއެއް ނޫން އަޅުގަނޑު މިކަން ކުރަނީ. ގޮސް ވަރަށް ރީއްޗަށް އަޅުގަނޑު އަހާލަން ޕެޓްރޯލް ހުސްވެގެންތޯއޭ. އާނއެކޭ ބުނެފި ނަމަ ޕެޓްރޯލް ފުޅިއެއް ދެނީ އެ މީހަކަށް،" މަޓޭ ކިޔައިދިނެވެ.

ދެން ބުނެލީ މިހެންނެވެ.

"މިހާރު، މަގެއް މަތީގައި ހާލުގައި ޖެހިފައި ހުރި މީހަކަށް އެހީވުމާއި އެހީއެއް ހޯދަން އެދިގެން އަންނަ މީހަކަށް އެހީވުމަކީ މިއީ އަދި މުޅިން ދެ ކަމެކޭ. އެކަމަކު އެއްވެސް އިންސާކަށް އެހީއެއް ވާން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެފަދަ ތަނެއްގައި އަބަދުވެސް އެންމެ ކުރީގައި ހުރެވޭތޯ ބަލާނެ މީހެއް އަޅުގަނޑަކީ."

މިއީ ސަމާސާއެއް ނޫންކަން އޭނާ ދަނީ މިއަދު ވެސް ސާބިތުކޮށްދެމުންނެވެ.