23 އޯގަސްޓް 2024
ފޫހިވެގެންނޭ ވެސް ބުނެވިދާނެ އެވެ. ނުވަތަ ބޯހަމަޖައްސާލަން ވެގެންނޭ ވެސް ބުނެވިދާނެ އެވެ. އެކަމަކު ޝަމާ ޝިހާމުގެ ބޮލުން އޭރު އިސްތަށި ފައިބަމުން ދިޔައީ ގުޅަގުޅަ އަށެވެ. ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށާއި އިސްތަށިގަނޑު ރީތިކޮށް ބޭއްވުމަށް މަރުދޭ ޒުވާނަކަށް ވިޔަސް އެ ދުވަސްކޮޅު ޝަމާގެ ދިރިއުޅުމުގައި އިސްތަށިގަނޑާ މެދު ވިސްނާނެ ވަގުތެއް ނެތެވެ.
ފޫހިވެގެންނޭ ވެސް ބުނެވިދާނެ އެވެ. ނުވަތަ ބޯހަމަޖައްސާލަން ވެގެންނޭ ވެސް ބުނެވިދާނެ އެވެ. އެކަމަކު ޝަމާ ޝިހާމުގެ ބޮލުން އޭރު އިސްތަށި ފައިބަމުން ދިޔައީ ގުޅަގުޅަ އަށެވެ. ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށާއި އިސްތަށިގަނޑު ރީތިކޮށް ބޭއްވުމަށް މަރުދޭ ޒުވާނަކަށް ވިޔަސް އެ ދުވަސްކޮޅު ޝަމާގެ ދިރިއުޅުމުގައި އިސްތަށިގަނޑާ މެދު ވިސްނާނެ ވަގުތެއް ނެތެވެ.
އޭރު އޭނާ ދިޔައީ ދިރިއުޅުމުގެ އެންމެ ބޮޑު ދަތުރަށް ތައްޔާރުވަމުންނެވެ. އެޗްއެސްބީސީ މާލޭ ބްރާންޗުގައި އަހަރުތަކެއް ވަންދެން އަދާކުރަމުން ދިޔަ ވަޒީފާ އިން ކެނޑިގެން ފޮށި ތަންމަތި ތައްޔާރުކުރަމުން ގެންދިޔައީ އިންޑިއާގެ ބެންގަލޫރަށް އޭނާގެ ދިރިއުޅުން ބަދަލުކުރުމަށެވެ.
ޝަމާ ތައްޔާރުވަމުން ދިޔައީ އޭނާގެ 11 ވަނަ އައިވީއެފް އަށެވެ.
"އައިވީއެފް ކަންތަކާ އެކު ހޯމޯނަލް އިންޖެކްޝަންތަކާ އެކު ހަށިގަނޑުގެ ހޯމޯންސްތަކަށް ބަދަލު އައިސް އެ ކަހަލަ ބައިވަރު ސިއްހީ ގޮންޖެހުންތަކެއްގެ ތެރޭގައި އުޅެން ޖެހުމުން އަޅުގަނޑުގެ ބޮލުން އޭރު ވަރަށް ގަދަ އަށް އިސްތަށި ފައިބަމުން ދިޔައީ،" ރީންގެ ނަމުން ގިނަ އެކުވެރިން ދަންނަ ޝަމާ ކިޔައިދިނެވެ.
"އަދި އޭރު އަޅުގަނޑު ތަހައްމަލުކުރަމުން ދިޔަ ޑިޕްރެޝަންއާ ހެދި ވެސް ބޮލުން އިސްތަށި ފޭބުން އިތުރުވެފައި އޮތީ."
ޝަމާ އޭނާގެ އުފެއްދުންތަކާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން: މިއީ އެންމެ ފުރަތަމަ އަމިއްލަ ބޮލުން އިސްތަށި ފައިބާތީ އޭނާ ތައްޔާރުކުރި ތެޔޮތަކެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކޮންމެއަކަސް އޭނާގެ 11 ވަނަ އައިވީއެފް އެންމެ ފަހުން ކާމިޔާބުވެ، ކާމިޔާބުކަމާ އެކު ބަލިވެ އިން ހިސާބުން ބޮލުގެ ރިހުންތަކަށް ލުޔެއް ލިބި، ބޮލުގައި އޮތް އިސްތަށިގަނޑު ވަރުގަދަވާން ފަށައިފި އެވެ.
"އެހެންވީމާ އެ ދުވަސްވަރު އަޅުގަނޑުގެ އިސްތަށިގަނޑު އޮތީ ވަރަށް ގަދަކޮށް، އެކަމަކު އެއީ ޕްރެގްނެންސީގެ ހެއާ. އެހެންވީމާ އަޅުގަނޑަށް އެނގޭ ބަލިވެ އިނުމަށް ފަހު، ޕޯސްޓް ޕާޓާމްގައި އަނެއްކާވެސް ބޮލުން އިސްތަށި ފައިބަން ފަށައިފާނެކަން،" ޝަމާ ކިޔައިދިނެވެ.
"މި ތެޔޮ އުފެދުމުގެ ފަހަތުގައި އޮތީ އަޅުގަނޑުގެ ބޮލުން އިސްތަށި ފޭބުމުގެ ރިއަލީ އެ ބޭޑް އެކްސްޕީރިއަންސް އިނގޭ އަސްލު. ދެން އަނެއްކޮޅުން ބަލިވެ އިނދެ ފުލް ބެޑް ރެސްޓުގައި އޮންނަން ޖެހުމުން ޑިސްޓްރެކްޝަނެއް ބޭނުންވެގެން އަޅުގަނޑު ހިތަށް އެރީ ކޮންމެވެސް ކަމެއް ކުރާނީއޭ،" ޝަމާ ބުންޏެވެ.
"ދެން އެ ކަހަލަ ނެގެޓިވް ހިޔާލުތަކުން ނުކުމެ ދުޅަހެޔޮ ލައިފްސްޓައިލަކާ ދިމާލަށް ދިއުމަށް އަދި ސެލްފް ޑިވެލޮޕްމަންޓެއްގެ ގޮތުގައި، އަނެއްކޮޅުން އަޅުގަނޑުގެ އަމިއްލަ އިސްތަށިގަނޑަށް ވެސް ފައިދާކުރާނެ ކަމަށް ވާތީ އަޔުރްވެދިކް އޮއިލް ބްލެންޑިން ކޯހެއް ފެށީ އޮންލައިންކޮށް."
ހެއާ ގްރޯތޭ މި ބުނަނީ އިސްތަށިގަނޑު ދިގުވާ ވާހަކައެއް ނޫން. އާ އިސްތަށިތައް ބޮލުން ފަޅައިގެން ހެދޭ ވާހަކަ. ދެން އެކަމަކު މިހެން ބުންޏަސް އެންމެނާ ގުޅޭ އުފެއްދުމަކަށް މި ތެޔޮތައް ނުވެދާނެ،"--- ޝަމާ
މިއީ 'ދިކޮއެ' ގެ ނަމުގައި އޭނާ ބްރޭންޑްކޮށް ހައެއްކަ މަސް ތެރޭގައި މުޅި ރާއްޖެ އަށް ފެތުރިފައިވާ ތެލުގެ އެކި ވައްތަރުތައް އުފަން ވެގެން އައި ވާހަކަ އެވެ.
ޝަމާ ބުނީ އޭނާ އަޔުރްވެދިކް އޮއިލް ބްލެންޑިންގެ ބޭސިކް އަދި އެޑްވާންސް ކޯސް ފުރިހަމަކުރީ ބަލިވެ އިނދެ، ބެޑް ރެސްޓުގައި އޮވެ ކަމަށެވެ.
"އަޅުގަނޑު އޭރު އޮތީ ފުލް އޮން ބެޑް ރެސްޓްގައި. މުޅި ޕްރެގްނެންސީގައި ބެޑް ރެސްޓްގައި އޮވެ އަޅުގަނޑު ދިޔައީ އަޔުރްވެދިކް ތެލާ ބެހޭ ތަމްރީނުތައް ހަދައި ދަސްކުރަމުން. އެގޮތަށް ފަށައިގެން ގާތްގަނޑަށް އެއް އަހަރު ވަންދެން އަޅުގަނޑު ތަމްރީނު ހެދީ މި ތެޔޮތައް ބްލެންޑްކޮށް ބޭނުން ކުރާނެ ގޮތްތައް،" ޝަމާ ކިޔައިދިނެވެ.
"ދެން މިގޮތަށް ބޭސްތައް ކައްކައިގެން، ތެޔޮ ބްލެންޑްކޮށްގެން އެންމެ ފުރަތަމަ ވެސް ބޭނުންކުރަން ފެށީ އަމިއްލަ ބޮލުގައި. އަމިއްލަ އިސްތަށިގަނޑުގައި. ދެން މައިދައިތަ ވެސް ބޭނުންކުރަން ފަށައިފި. ދެން މި ތެލެއް ރަނގަޅުހެން ހީވެގެން އަޅުގަނޑުގެ ބައެއް އެކުވެރިންނަށް ވެސް ފޮނުވަން ފަށައިފިން. ދެން އެ މީހުން ވެސް ބުނަން ފަށައިފި މިއީ ހާދަ ރަނގަޅު ތެލެކޭ."
އޭނާ ބުނީ 'ދިކޮއެ' ގެ ގޮތުގައި ބްރޭންޑްކޮށް މިހާރު ވިއްކަމުން އަންނަ ހެއާ އޮއިލްގެ ތަފާތު އެކި ވައްތަރުތައް މިއީ އެއްގޮތަކަށް ވެސް ވިޔަފާރިއެއް ފެށުމުގެ ވިސްނުމުގައި އޭނާ ކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް އޭނާގެ އެއް ހުވަފެން ހަގީގަތަކަށްވީއިރު 'ދިކޮއެ' ގެ ނަމުގައި މުޅިން އައު ހުވަފެނެއް ވެސް އުފަންވެ ހަގީގަތަކަށް ވެއްޖެ އެވެ.
'ދިކޮއެ' ގެ ނަމުގައި ޝަމާ ބްރޭންޑްކޮށް ވިއްކާ ހެއާ އޮއިލްގެ ބައެއް ވައްތަރުތައް: މި ތެޔޮ ބްލެންޑްކުރުމާ ހަމައިން ފަށައިގެން ގޮސް ފުޅިތަކުގައި ބަންދުކޮށް ލޭބަލްތައް ޑިޒައިންކުރީ ވެސް ޝަމާ އަމިއްލަ އަށް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިއީ ޝަމާ ބުނާ ވާހަކައެއް ނޫނެވެ. މިއީ މިދިޔަ ހަ މަސް ދުވަސް ތެރޭގައި އޭނާ ބާޒާރަށް ނެރެފައިވާ ހެއާ އޮއިލްގެ އެކި ވައްތަރުތައް ބޭނުންކުރާ، ގާތްގަނޑަކަށް އެންމެންގެ ވެސް ފީޑްބެކެވެ. މި އާޓިކަލް އަޅުގަނޑު މި ލިޔަނީ ވެސް 'ދިކޮއެ' ގެ ރޯޒްމެރީ ބަޔޯޓިން އޮއިލް އާއި ރޯޒްމެރީ މިސްޓް ދެ ތިން މަސް ވަންދެން ޓެސްޓް ކުރުމަށް ފަހު އެވެ. އެހެންކަމުން 'އިސްތަށި ފޭބުން ހުއްޓިޖެއޭ' އެ ބުނާ ވާހަކަ އަށް ހުދު އަޅުގަނޑު ވެސް ހެކިވަމެވެ.
"އިސްތަށި ވެސް ހަމަ ފަޅާ. އަޅުގަނޑު މި އުފައްދާ ތެޔޮ ބޭނުންކޮށްގެން އިސްތަށި އަލުން ފަޅައި، އިސްތަށިގަނޑު ރީތިވެފައިވާ އެތައް ބަޔަކު އަޅުގަނޑަށް ފީޑްބެކް ފޮނުވާ ފޮޓޯ އާއި ވީޑިއޯ އިން ވެސް. އެކަމަކު އެންމެ މަހަކުން ނަތީޖާ ނުނިކުމެދާނެ. ދެ ތިން މަސް ތެރޭގައި ނަތީޖާ ފެންނަން ފަށާނެ ކަމުގެ ޔަގީންކަން މި ދެނީ،" ވަރަށް ޔަގީންކަމާ އެކު ޝަމާ ބުނީ މިހެންނެވެ.
"ހެއާ ގްރޯތޭ މި ބުނަނީ އިސްތަށިގަނޑު ދިގުވާ ވާހަކައެއް ނޫން. އާ އިސްތަށިތައް ބޮލުން ފަޅައިގެން ހެދޭ ވާހަކަ. ދެން އެކަމަކު މިހެން ބުންޏަސް އެންމެނާ ގުޅޭ އުފެއްދުމަކަށް މި ތެޔޮތައް ނުވެދާނެ،" އޭނާ ބުންޏެވެ.
ނަމަވެސް ޝަމާ ބުނީ އޭނާގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ރޯޒްމެރީ ބަޔޯޓިން އަކީ އޭނާގެ ކަސްޓަމަރުންގެ ތެރެއިން މިހާތަނަށް އެންމެނާ ވެސް ގުޅޭ އަދި ފަސޭހަކަމާ އެކު ނަތީޖާ ނެރެމުންދާ އުފެއްދުމެއްކަން ލިބެމުންދާ ފީޑްބެކްތަކުން އެނގޭ ކަމަށެވެ.
"އަޅުގަނޑު މި ތެޔޮ ވިއްކަން ފެށި ފަހުން ރޯޒްމެރީ ބަޔޮޓިން އޮއިލް ވޯކް ނުކުރާ މީހަކާ އަދި ދިމައެއް ނުވޭ،" ޝަމާ ބުންޏެވެ.
"އަޅުގަނޑަކަށް ނުބުނެވޭނެ އެންމެންނާ ގުޅޭނެ، އެންމެންގެ އިސްތަށިގަނޑަށް ރަނގަޅު ވާނެ އުފެއްދުންތަކެކޭ މިއީ. އެކަމަކު އަޅުގަނޑު އަތުން ވިޔަފާރިކުރާ އެންމެންނަށް ވެސް އަޅުގަނޑު ގުޅައިގެން ހާލު ބަލަން އެއް މަސްކޮށްލާފައި. ރޯޒްމެރީ ބަޔޯޓިން ވޯކް ނުކުރާ ހަމަ އެކަކާ ވެސް އަދި ދިމާނުވޭ."
ރޯޒްމެރީގެ ބަޔޯޓިން ފުޅިއެއް އޭނާ ވިއްކަނީ 185ރ. އަށެވެ.
"އެއީ 30 އެމްއެލްގެ ފުޅިއެއް. އޭގެ ފުޅިއެއް އަޅުގަނޑު މި ބުނަނީ ހަފުތާއަކު ދެ ފަހަރު ބޭނުންކުރާށޭ. ހަފުތާއަކު ތިން ފަހަރަށް ވުރެ ގިނައިން ބޭނުންކުރަން އަޅުގަނޑު ނުބުނަން އެއްވެސް މީހަކު ކައިރީގައި،" ޝަމާ ބުނެލި އެވެ.
'ދިކޮއެ' ބްރޭންޑްގެ ދަށުން ޝަމާ އުފައްދާ ހެއާ އޮއިލް އަށް ލިބެމުންދާ ތަރުހީބު ބޮޑު. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭނާ ބުނީ ބްރޭންޑެއްގެ ގޮތުގައި ބަންދުކޮށް މި ތެޔޮ ވިއްކަން ނިންމި އެންމެ ބޮޑު ސަބަބަކީ އާއިލާ އާއި އެކުވެރިން މެދުވެރިކޮށް މި އުފެއްދުން އެ މީސް މީހުންގެ އެކުވެރިންނާ ހަމަ އަށް ފޯރައި އުފެދުނު ޑިމާންޑެވެ. ބޮލުގަލާ ތެލުގެ އަގުބޮޑު މާކެޓަށް އަތްފޯރާ އަގެއްގެ ކާމިޔާބު ތެލެއް ތައާރަފްކުރުމެވެ.
"އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑު އަމިއްލަ އަށް ޓެސްޓްނުކޮށް އެއްވެސް ތެލެއް އެހެން މީހަކަށް ވިއްކާކަށް. ފުރަތަމަ ވެސް ތިން މަސް ވަންދެން ބޭނުންކުރަނީ އަމިއްލަ އަށް. އެ އަށް ފަހު މިހާރު ވެސް އެކި ވައްތަރުތައް ވިއްކަން ފަށަނީ،" ޝަމާ ބުންޏެވެ.
"އަޅުގަނޑުގެ މި ބްރޭންޑްގެ ދަށުން ވިއްކާ ހެއާ އޮއިލްތައް އެހެން ބްރޭންޑްތަކާ ވީހާ ވެސް ތަފާތު ކުރެވޭނެ ގޮތްތަކަށް ވެސް އަޅުގަނޑު ވިސްނަން. ރަނގަޅު ގޮތަކަށް ތަފާތު ކުރެވޭތޯ. އެގޮތުން ދިކޮއިގެ ބްރޭންޑްތަކުގެ ވަސްތައް މީރުވާނެ. މީރު ވަހެއްގެ އިތުރުން އެހާ ބޮޑަކަށް އޮލައެއް ވެސް ނުވާނެ. އެކަމަކު ވެސް ކޮލިޓީ އޭގައި ހިފަހައްޓައިދޭނެ. އަނެއްކޮޅުން ބާޒާރުން ލިބޭ މަޝްހޫރު، ޔޫރަޕިއަން ބްރޭންޑްގެ ތެލަށް ވުރެން މާ ބޮޑަށް ވެސް އަގުހެޔޮވާނެ. އަދި އެކި ވައްތަރުގެ ތެޔޮ އަޅުގަނޑު އެބަހުރި އުފައްދައި ބްރޭންޑްކޮށްފައި."
ޝަމާގެ ދިކޮއެ ބްރޭންޑްގެ ދަށުން ރޯޒްމެރީ އަނިޔަން، ރައިސް އޮއިލް، ބްލެކްސީޑް އޮއިލް، އާގަން އޮއިލް ވެސް އޭނާ ވަނީ ބާޒާރަށް ނެރެފަ އެވެ. ނަމަވެސް ޝަމާ ބުނީ އަދިވެސް ހަމައެކަނި ވިޔަފާރިއަށް އިސްކަން ދީގެން އޭނާ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
އެންމެ ހިނގާ ދެ ވައްތަރުގެ ދެ ފުޅި ޝަމާ ދައްކާލަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮންމެ މީހަކު ވެސް ގުޅާލާފައި ނުވަތަ މެސެޖުކޮށްލާފައި އަބަދުވެސް ބުނާނީ ބޮލުން އިސްތަށި ފައިބާތީއޭ މި އުޅެނީ. ކިހިނެތް ހެއްޔޭ ހަދަންވީ؟ އެކަމަކު އަޅުގަނޑު އެއްވެސް މީހަކަށް ހަމަ ހިތަށް އެރި ގޮތަކަށް ތެލެއް ނުވިއްކަން،" ޝަމާ ބުންޏެވެ.
އޭނާ ބުނީ ބޮލުން އިސްތަށި ފައިބަނީ ނުވަތަ އިސްތަށިގަނޑަށް ދިމާވެފައިވަނީ ކޮން މައްސަލައެއްތޯ ބަލައިގެން ސީދާ އެކަމާ ގުޅޭނެ ގޮތަކަށް ތެލުގެ ފަރުވާ ކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ.
ކޮންމެއަކަސް އަމިއްލަ ބޮލުގައި ލާން ކައްކައި ބްލެންޑް ކުރި ތެލަށް މިހާރު އެ ވަނީ ރާއްޖޭގެ އެންމެ އުތުރުން ފަށައިގެން ގޮސް ދެކުނުގައި ވެސް ޑިމާންޑެއް އުފެދިފަ އެވެ.
"މިހާރު އަޅުގަނޑަށް އެންމެ ގިނައިން އޯޑަރު ލިބެނީ އައްޑޫ އިން. ކުޅުދުއްފުށިން ގޮސް ތޮއްޑޫ އަދި ލ. އަތޮޅުން ވެސް އޯޑަރު ލިބޭ. އަޅުގަނޑު މި ތައްޔާރުކުރާ ތެޔޮ ގަންނަ މީހުން ރިވިއު ވެސް ފޮނުވާނެ. އާންމުކޮށް ލިބެނީ ޕޮޒިޓިވް ފީޑްބެކެއް،" ޝަމާ ބުނެލި އެވެ.
"އެޒްތާރާ ހެއާ މިރަކަލް" ކްރީމް ޕްލާޒާއަށް
އުފާވެރި ފޮޓޯގަނޑެއް، އެކަމަކު ހާލު ކިހިނެއް؟
ހަމްދާ ޕޯޑިއަމްގައި ކިޔައި ނުދިން ހުރިހާ ވާހަކައެއް
އައްޑޮ އަށް އައު ފެށުމެއް އެކަމަކު ފުރަތަމަ، ބޭހުގެ ވާހަކަ
ވެމްކޯގައި އައްޒަ ސާފުކޮށްދިނީ މުޅިން އެހެން މަންޒަރެއް
މި ބާޒާރުގައި "ހަމަ" އެއް ކަމެއް ވެސް ނެތް
ސަޅި ކަމެއް، ސަޅި ތަނެއް އަދި މާ ސަޅި ލޯތްބެއް
ތުއްޓޭގެ ކެމެރާގެ ފަހަތުގައި ފަސް ތަރީގެ ވާހަކަތައް
މި ދެބެއިން ބެލި ހުވަފެނުގައި ޖެއްސި ކުލަތައް
ޖިމަށް ވަދެ ދިރިއުޅުން ބަދަލުކޮށްލައިފި