04 އޮކްޓޯބަރ 2024
އެންމެ ލޯބިވާ އެކެއްގެ މަރާ އެކު ދިރިއުޅުމުގައި އެންމެ ބޮޑު ހިތާމައެއް ލިބުނީ، ކޮވިޑްގެ ނުތަނަވަސްކަމުގައި ބަންދުވެފައި ވަނިކޮށެވެ. ފުރަބަންދެއްގެ ހާސްކަމާއި އަމިއްލަ މަސައްކަތްތަކުގެ ހާސްކަމުގެ ތެރޭގައި ތެޅިފޮޅެމުން ދިޔަ ޒުވާން ސޮފްޓްވެއާ ޑިވެލޮޕަރު އިބްރާހިމް އީގާންގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އެވެ.
އެންމެ ލޯބިވާ އެކެއްގެ މަރާ އެކު ދިރިއުޅުމުގައި އެންމެ ބޮޑު ހިތާމައެއް ލިބުނީ، ކޮވިޑްގެ ނުތަނަވަސްކަމުގައި ބަންދުވެފައި ވަނިކޮށެވެ. ފުރަބަންދެއްގެ ހާސްކަމާއި އަމިއްލަ މަސައްކަތްތަކުގެ ހާސްކަމުގެ ތެރޭގައި ތެޅިފޮޅެމުން ދިޔަ ޒުވާން ސޮފްޓްވެއާ ޑިވެލޮޕަރު އިބްރާހިމް އީގާންގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އެވެ.
"އެ މަރާ ހިސާބުން އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިކަން ފާހަގަވި. އޭގެ އަސަރު އެންމެ ބޮޑަށް ކުރީ ނަފުސާނީ ގޮތުންހެން ހީވަނީ. އެކަމަކު އަޅުގަނޑުގެ ހަށިގަނޑަށް އެންމެ ބޮޑު ބަދަލުތަކެއް އައީ ކޮވިޑްގެ ތެރޭގައި،" އެ ފުރަބަންދު ތެރޭގައިވީ ހާސްކަން އޭނާ ޖަހައިގަނެގެން ގޮސް އެއްލައިލީ ސިއްހީ ނުރަނގަޅު އާދަކާދަތަކެއްގެ ތެރެއަށެވެ.
"ކައިގެން ވަރަށް ގަދަ އަށް ފަލަވީ ކޮވިޑް ތެރޭގައި. އޭރު އަޅުގަނޑުގެ ބަރުދަނުގައި 98 ކިލޯ ހުންނާނެ،" ސްކޫލްގައި ކިޔަވަން އުޅެމުން ފެށި ސޮފްޓްވެއާ އިންޖިނިއަރިންގެ ދަތުރުގައި މުޅިން އައު ތަޖުރިބާއަކަށް ދޮރު ހުޅުވެން މެދުވެރިވި ގޮތް ކިޔައިދޭން އީގާން ފެށި އެވެ.
"އަޅުގަނޑަކީ އަބަދުވެސް ޖިމަށް ގޮސް ކަސްރަތުކުރަން ޝައުގުވެރިވި މީހެއް. އެކަމަކު މިކަން މިހާރު މި ފެންނަ ގޮތަށް ފެށުނީ ދަ ހެމާ ޖިމަށް ހާއްސަ އެޕްލިކޭޝަނެއް ޑިވެލޮޕްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް. އެ ޖިމަށް އެންމެ ފުރަތަމަ ގަވާއިދުން ދާން ފެށީ އެތަނުގެ ސޮފްޓްވެއާގެ މަސައްކަތުގައި. އެކަމަކު އެގޮތަށް ދާން ފަށައިގެން ގޮސް ވޯކްއައުޓް ޖައްސަން ފެށުނީ އެންމެފަހުން."
ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސޮފްޓްވެއާ ޑިވެލޮޕަރެއްގެ ގޮތުގައި އީގާން ހޯދާފައިވާ 13 އަހަރުގެ ތަޖުރިބާއާ އެކު އޭނާ އޭރު މަސައްކަތްކުރަމުން ދިޔައީ "ދަ ހެމާ" ޖިމް އޮންލައިން ޕްލެޓްފޯމްތަކުގައި އެހެން ލެވެލް އަކަށް ގެންގޮސް ދިނުމަށެވެ. އެއްގޮތަކަށް ވެސް އޭނާގެ އަމިއްލަ ދިރިއުޅުމުގައިވީ ހާސްކަމާއި ނުތަނަވަސްކަން ފިލައިގެން ހިނގައިދާނެ ވަރުގެ ތަޖުރިބާއަކަށް އެ މަސައްކަތް ވެދާނެ ކަމަށް އޭނާ ހިއެއް ވެސް ނުކުރެ އެވެ.
"މިގޮތަށް ގަވާއިދުން ވޯކްއައުޓް ތެރޭގައި އުޅެން ފެށީމާ އެންމެ ފާހަގަވަނީ މަސައްކަތްކުރާ ހިތްނުވެ ފޫހިވެފައި ހުންނަން ޖެހޭ ދުވަސްތަކެއް ނާންނަކަން. މިގޮތަށް ގަވައިދުން ވޯކްއައުޓްކުރުމަކީ ޑިސިޕްލިންއާ ވެސް ގުޅިފައިވާ ކަމެއްތާ. ކޮންމެ ދުވަހަކު، އެ ކޮންސިސްޓެންސީގައި ކުރިއަށް ދެވޭތީ ވެސް ވަރަށް ސަޅި. މީހާ ވަރަށް ލައިޓް އަދި ވަކިން ހާއްސަކޮށް މެންޓަލީ އެ އަންނަ ކުރިއެރުން ފާހަގަކޮށްލެވޭ،" އީގާން ކިޔައިދިނެވެ.
އީގާން އަކީ އޭނާގެ ޕްރޮފެޝަނަލް މަސައްކަތުގައި އަބަދުވެސް 'ކޮންސިސްޓެންސީ' ސާބިތުކޮށްދިން ޒުވާނެކެވެ. ކިޔަވަން އުޅުނުއިރު އެންމެމަތިން ފާސްވުމަށް މަސައްކަތްކުރި ދަރިވަރެކެވެ. ކުރި ކޮންމެ ކަމެއް 'ޕާފެކްޓް' ކުރަން ގަދަ އަޅައި މަސައްކަތްކުރި ޒުވާނެކެވެ.
ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އަޅުގަނޑު ސޮފްޓްވެއާ މަސައްކަތް ފެށީ ސްކޫލްގައި އުޅެމުން. އޭލެވެލް އަށް ކިޔަވަން އުޅެމުން ސޮފްޓްވެއާ މަސައްކަތުން އާމްދަނީއެއް ހޯދަން ފެށީ ފުރަތަމަ. އުމުރުން 18 އަހަރުވީއިރު އެ މަސައްކަތް ފުޅާކުރުމަށް ޕޭޕާއައިޑިއާގެ ނަމުގައި ކޮމްޕެނީ އުފައްދައިފިން،" އީގަން ކިޔައިދިނެވެ.
"އަޅުގަނޑަށް ދަސްވެފައި އޮތީ ކޮންމެ ކަމެއް ކުރިއަސް އެންމެ މުހިންމު ކަމަކީ ކޮންސިސްޓެންސީކަން. އެކަމަކަށް ކަމޭހިތައިގެން، ރަނގަޅަށް އެކަން ކުރަންޏާމު ކާމިޔާބު ލިބޭނެ. މަސައްކަތުގައި ވެސް އަދި ޖިމުގައި ވެސް ކުރިއެރުން ލިބުނު ސަބަބަކީ އެއީ."
ނަމަވެސް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ކަށަވަރުކުރުމަށް އޭނާ ފަށަން ޖެހުނީ ސުމަކުންނެވެ. ކޮވިޑް ތެރޭގައި ފަލަވެ، ބަރުދަން 98 ކިލޯ އަށް އަރައިގެން ދިއުމުން އަހަރުތަކެއް ވަންދެން ދެމެހެއްޓި މަސައްކަތުގެ އަހުލާގަށް ވެސް އޭގެ ނޭދެވޭ އަސަރުތަކެއް ކުރަން ފަށައިފި އެވެ. ނަމަވެސް އީގާން އަކީ އެއްވެސް އިރެއްގައި ޗެލެންޖަކަށް ފަސްޖެހުނު ޒުވާނެއް ނޫނެވެ.
ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ދެން އެންމެ ފުރަތަމަ ފަށައިގަތްއިރު ހަމައެކަނި އަމާޒަކަށްވީ ހިކުން. އެގޮތުން، ހެނދުނު ޖިމަށް ގޮސް ކަސްރަތުކޮށްފައި ފަތިހު ދާނީ ދުވަން. ބްރިޖަށް ދާނީ ވެސް ދުވަން. ކޮންމެ ދުވަހަކު 10 ކިލޯމީޓަރަށް ދުވަން ދިޔައީ،" ދަ ހެމާގެ ސޮފްޓްވެއާ ޑެވެލޮޕަރެއްގެ ގޮތުގައި ފަށައިގެން މިހާރު ޖިމް މެނޭޖުކުރުމުގައި ވެސް އިސްކޮށް އުޅެމުން އަންނަ ޒުވާނާ ކިޔައިދިނެވެ.
އީގާން ބުނީ މެދުނުކެނޑި ހަ މަސް ވަންދެން ކޮންމެ ދުވަހަކު ޖިމަށް ގޮސް ކަސްރަތުކޮށްފައި، ދުވަން ގޮސްގެން އޭނާގެ ބަރުދަން އެ މުއްދަތުގެ ތެރޭގައި 98 ކިލޯ އިން 60 ކިލޯ އަށް ވެއްޓުނު ކަމަށެވެ. ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބޭނުންވާ މީހަކު އުޅެން ޖެހޭ ގޮތަކީ އެއީ ނޫންކަން އޭނާ އަށް އެނގުނީ ދެނެވެ.
"އޭރު އަޅުގަނޑު އުޅުނީ އަމިއްލަ އަށް ޑައެޓެއްގައި. އަޅުގަނޑު އުޅުނީ ވަރަށް ވަރަށް ސްޓްރިކްޓް ޑައެޓެއްގައި. ބައެއް ދުވަސް ދުވަހު ހަމަ އެއްވެސް އެއްޗެއް ނުކައި ވެސް އެބަ ހުންނަން. އަޅުގަނޑު އެއްގޮތަކަށް ވެސް ރިކޮމެންޑެއް ނުކުރަން އެގޮތަށް ވެއިޓްލޫޒްކުރާކަށް،" އީގާން ބުންޏެވެ.
"ދެން އޭރަކު ހިކުނަސް، ގައިގައި އެއްވެސް ވަރެއް ނުހުރޭ. އިންޓެންސް ވޯކްއައުޓް ޖައްސާ ވަރަކަށް ވެސް ގައިގައި ވަރެއް ނުހުރޭ. އެއީ އަޅުގަނޑު ވަކި ގަވާއިދަކުން މިގޮތަށް ވޯކްއައުޓްކުރަން ފެށި ސަބަބަކީ."
ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދަ ހެމާ ޖިމުގައި އީގާން މިހާރު ޖައްސާ ވޯކްއައުޓަކީ ކެލިސްތެނިކްސް އެވެ. މިއީ ހަށިގަނޑުގެ ބަރުދަން ބޭނުންކޮށްގެން، ހަށިގަނޑުގައި ވަރުޖެއްސުމަށް ހާއްސަ 'ސްޓްރެންތު ޓްރެއިނިން' ވޯކްއައުޓް ރޫޓީންތަކެކެވެ.
"ކެލިސްތެނިކްސް އަކީ ޕެޝަންއެއްގެ ގޮތުގައި ކުރާ ކަމައް. މިހާރު ވެސް ކޮންމެ ދުވަހަކު ޖިމަށް މި ދެވެނީ އެކަން ކުރާހިތްވާ ވަރު ބޮޑުކަމުން،" އީގާން ބުނީ އޭނާގެ ރަސްމީ މަސައްކަތާއި އާންމުދިރިއުޅުމުގައި ވެސް ނަތީޖާ ނެރެދޭ އެންމެ ހާއްސަ ކަމަކަށް މިއަދު ބަދަލުވެފައި ވަނީ ގަވާއިދުން ކަސްރަތުކުރުމަށް އުފެދިފައިވާ ޝައުގުވެރިކަން ކަމަށެވެ.
މި ޝައުގުވެރިކަން އަދި ކެލިސްތެނިކް ވޯކްއައުޓުތައް އޭނާ އަށް ހޯދައިދިން އުފާވެރިކަން އެހެން މީހުންނަށް ކަށަވަރުކޮށްދޭނެ ގޮތެއް ވެސް އީގާން މިހާރު އަންނަނީ ތަރައްގީކުރަމުންނެވެ.
ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ފަލަކޮށް ހުރެފައި ހިކި މިގޮތަށް ބަދަލުވެފައި ހުއްޓައި މީހުންނަށް ފެނުނީ ކުއްލިއަކަށް. ދެން ވޯކްއައުޓް ހަދާ ގޮތް ކިޔައިދީބަލާށޭ މީހުން ކިޔަސް އެއީ ވަރަށް އުނދަގޫ ކަމެއް މީހަކަށް ކިޔައިދޭން. އަދި އަޅުގަނޑަކީ ފިޓްނެސް ޓްރެއިނާއެއް ނޫން،" ނަމަވެސް އޭނާ އަށް ލިބިފައިވީ ސޮފްޓްވެއާ ޑިވެލޮޕިންގެ ތަޖުރިބާއާ އެކު އޭނާ ބުނަނީ ފިޓްނެސްގެ އެ މުހިންމު މައުލޫމާތު އެންމެނަށް ފޯރުކޮށްދޭން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
"ކެލިސްތެނިކްސް އަށް ހާއްސަ އަދި ފިޓްނެސް ރިލޭޓެޑް އޮންލައިން އެޕްލިކޭޝަނެއް ތަރައްގީކުރަމުން މި ދަނީ މިހާރު. އެހެންވީމަ މި ކަހަލަ އެޕެއް ތަރައްގީކޮށް އާންމުކުރެވުނީމަ ހަމަ ކޮންމެ މީހަކަށް ވެސް އޮންލައިންކޮށް ލޮގިން ވެލައިގެން މި ގޮތަށް ވޯކްއައުޓް ޖައްސަން ފެށިދާނެ."
ކޮންމެއަކަސް އީގާންގެ ހުރިހާ ނުތަނަވަސްކަމެއް އެ ވަނީ މިއަދު ފިލައިފަ އެވެ. ދިރިއުޅުން ބަދަލުކޮށްލައިފި އެވެ.
އުފާވެރި ފޮޓޯގަނޑެއް، އެކަމަކު ހާލު ކިހިނެއް؟
ހަމްދާ ޕޯޑިއަމްގައި ކިޔައި ނުދިން ހުރިހާ ވާހަކައެއް
އައްޑޮ އަށް އައު ފެށުމެއް އެކަމަކު ފުރަތަމަ، ބޭހުގެ ވާހަކަ
ވެމްކޯގައި އައްޒަ ސާފުކޮށްދިނީ މުޅިން އެހެން މަންޒަރެއް
މި ބާޒާރުގައި "ހަމަ" އެއް ކަމެއް ވެސް ނެތް
ސަޅި ކަމެއް، ސަޅި ތަނެއް އަދި މާ ސަޅި ލޯތްބެއް
ތުއްޓޭގެ ކެމެރާގެ ފަހަތުގައި ފަސް ތަރީގެ ވާހަކަތައް
މި ދެބެއިން ބެލި ހުވަފެނުގައި ޖެއްސި ކުލަތައް
އެންމެން ބުނި އެތި ކެންސަލް: ކާއްޓޭ މިހާރު އުދުހެނީ
ޑޮކްޓަރު ދޮންތުއްތުގެ ވާހަކަ އަޑު އެހިންތަ؟