ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ލިބޭނީ، ގާނޫނަށް އިސްލާހު ގެންނަން މިހާރު ހުށަހަޅާފައިވާ ގޮތަށް އެކްސްކޯ އިން ބަންޑާރަނައިބު އުނި ކުރުމުން ކަމަށް އެ ކައުންސިލުން ބުނެފި އެވެ.
21 އޯގަސްޓް 2024
ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ލިބޭނީ، ގާނޫނަށް އިސްލާހު ގެންނަން މިހާރު ހުށަހަޅާފައިވާ ގޮތަށް އެކްސްކޯ އިން ބަންޑާރަނައިބު އުނި ކުރުމުން ކަމަށް އެ ކައުންސިލުން ބުނެފި އެވެ.
ބާ ކައުންސިލްގެ އެކްސްކޯ އިން ބަންޑާރަނައިބު އުނިކުރަން ސަރުކާރުގެ ފަރާތުން ވަނީ ބާ ކައުންސިލް ގާނޫނަށް އިސްލާހެއް ހުށަހަޅައިފަ އެވެ.
އެ މައްސަލާގައި ޖުޑިޝަރީ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ހުސެއިން ސިރާޖު ވިދާޅުވީ އެ އިސްލާހާ ގުޅޭ މައުލޫމާތު ބަންޑާރަނައިބު އަހުމަދު އުޝާމް ހިއްސާ ކުރައްވާފައިވާ ކަމަށާއި އެ އިސްލާހުގައި ހުރި ކަންކަމަށް ކައުންސިލްގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.
ބާ ކައުންސިލުގައި ބަންޑާރަނައިބު އިންނެވުމުން ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ މެންބަރަކު ސުވާލު ކުރެއްވުމުން ސިރާޖު ވިދާޅުވި ގޮތުގައި ބަންޑަރަނައިބު އެކްސްކޯގައި އިންނަވާތީ މިނިވަންކަން ގެއްލޭ ކަމަށް އެ ކައުންސިލްގެ މެންބަރުން ދެކިވަޑައިގަންނަވަ އެވެ.
ބަންޑާރަނައިބުގެ އޮފީހުގައި މަސައްކަތް ކުރައްވާ ބައެއް ވަކީލުން ވެސް ބާ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ކަމަށާއި ބަންޑާރަނައިބު އިންނަވާ ބައްދަލުވުމެއްގައި އެ މެންބަރުން ފުރިހަމަ މިނިވަންކަމާ އެކު ރައުޔު ހާމަ ކުރަން ދަތިވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.
"ބާ ކައުންސިލްގެ ގިނަ މެންބަރުން ގަބޫލު ކުރައްވާ ދައުލަތުގެ ބަންޑާރަނައިބު އެކްސްކޯގައި އިންނެވީމަ އޭގެ މިނިވަންކަން އެބަ ކޮމްޕްރަމައިޒް ވާ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ސިރާޖް ވިދާޅުވީ، އޭގެ އިތުރަށް ބަންޑާރަނައިބުގެ މަސައްކަތް ހުންނަވާ ގޮތުން ގިނަ ފަހަރަށް ބައްދަލުވުންތަކުގައި ވަގުތު ދޭން ވެސް ދަތިވާ ކަމަށެވެ.
"ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާ ހެދި ގިނަ ފަހަރު ބަންޑާރަނައިބު ބައްދަލުވުންތަކުގައި ބައިވެރިވާން ދަތިތައް ހުރޭ. ހާޒިރީގައި ދަތިތައް ހުންނަކަން ފާހަގަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވި ގޮތުގައި ބާ ކައުންސިލުން ބަންޑާރަނައިބު ވަކިވި ނަމަވެސް ދައުލަތުގެ ފަރާތުން ބޭނުންވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އުޝާމް ދެއްވި އެވެ.
ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ ސަރުކާރުން ފޮނުވި ގޮތަށް އެ އިސްލާހު ފާސް ކުރަން ނިންމައިފަ އެވެ.
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ
ވަކީލުންގެ ދާއިރާއިން ބޭރުކަންކަން ބެލޭގޮތަށް ފާސްކޮށްފި
ފިލްޒާގެ ލަފާ ގޯސް، އިޖުރާއީ ގޯހެއް ނޯންނާނެ: ރިޒާ
ފަނޑިޔާރުން ވަކިކުރުމާ މެދު ކުރީގެ ޕީޖީގެ އިލްތިމާސެއް
ފަނޑިޔާރުންގެ މައްސަލައިގެ އިޖުރާއީ ގޯހެއް ނެތް:ކޮމިޓީ
ފަނޑިޔާރުންގެ މައްސަލައިގެ ބަހުސަށް ޖުމްލަ ދެ ގަޑިއިރު
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި
ފަނޑިޔާރުންގެ މައްސަލަ ތަޅުމަށް ފޮނުވައިފި
ފަނޑިޔާރުންގެ މައްސަލަ ގާނޫނާ ހިލާފު: ފިލްޒާ
ދެ ފަނޑިޔާރުން ވަކިކުރަން ކޮމެޓީން ފާސްކޮށްފި