18 އޯގަސްޓް 2024
ހުޅުމާލެ 2 ގައި ބުޓިކް ހޮޓެލް އިމާރާތްކޮށް އެ ތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕެރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ހުޅުމާލެ 2 ގައި ބުޓިކް ހޮޓެލް އިމާރާތްކޮށް އެ ތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕެރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން ތިން ބުޓީކް ހޮޓާ އިމާރާތްކުރާނެ އެވެ. މަޝްރޫއު ހަވާލުކުރުމުގައި އިސްކަން ދޭނީ ލޭންޑް ލީސް މޮޑެލަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ އެކަކަށް ވުރެ ގިނަ ބަޔަކު އެ ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފި ނަމަ މަސައްކަތް ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
އެ އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނީ ކުންފުނީގެ މާލީ ގާބިލުކަމާއި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލާއި އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ފަދަ ކަންކަމަށެވެ.
އެޗްޑީސީން ބުނި ގޮތުގައި، ހުޅުމާލެ 2 ގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި ބުޓީކު ހޮޓެލް އިމާރާތްކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން business@hdc.mv އަށް އީއޯއައި ހުށަހަޅަން ޖެހެ އެވެ.
2،100 ފްލެޓާ އެކު އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް
އާބަން އައިލްގެ ޗެނަލް ހުޅުވައި، އާޓިފިޝަލް ބީޗެއް
ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކުން އަލުން ފަށައިފި
16 ޕްރޮޖެކްޓަކަށް ސައުދީ ފަންޑުން އެހީވެފައިވޭ
4،000 ފްލެޓު އަޅަން 227 މިލިއަން ޑޮލަރުގެ ލޯނު
ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ރަށްވެހިން ހިތްހަމަޖެހިގެން
ހުޅުމާލޭ ދެ ވަނަ ފިިޔަވަހީގެ މަގުތައް ހަދައި ނިންމައިފި
ހުޅުމާލެ ކިއޮސްކްތައް ދޫކޮށް ބޭނުންކުރަން ފަށައިފި
އިތުރު 18 ބިމެއް ވިއްކަން އެޗްޑީސީން ހުޅުވާލައިފި
ސިނާއީ ބޭނުމަށް ހުޅުމާލޭއިން 12 ބިމެއް ވިއްކަނީ