އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގެ ތެރޭގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާއިން 25 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޕޯލިއޯގެ ކޭސްއެއް ފެނިއްޖެ އެވެ.
އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގެ ތެރޭގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާއިން 25 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޕޯލިއޯގެ ކޭސްއެއް ފެނިއްޖެ އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ޖޯޑަން އަށް ފޮނުވައިގެން ހެދި ޓެސްޓްތަކުން މި ބަލި ކަށަވަރު ވެފައިވާ ކަމަށާއި ބަލި ޖެހިފައިވަނީ ޕޯލިއޯ ވެކްސިންގެ އެންމެ ޑޯޒެއް ވެސް އަދި މިހާތަނަށް ދީފައިނުވާ 10 މަހުގެ ކުއްޖަކަށް ކަމަށެވެ.
އެ ކުއްޖާ އަކީ އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ޣައްޒާގެ މެދުތެރޭ ހިސާބެއްގެ ކުއްޖެކެވެ.
އދ. ގެ މައުލޫމާތުތަކުގައިވާ ގޮތުން މިދިޔަ 25 އަހަރު ތެރޭ ޣައްޒާއިން ޕޯލިއޯގެ އެންމެ ކޭހެއް ވެސް ފެނިފައެއް ނުވެ އެވެ. އެކަމަކު މީގެ ދުވަސްކޮޅެއް ކުރިން ޣައްޒާގެ އެކި ހިސާބުތަކުގެ ނަޖިސް ފެނުން ނެގި ސާމްޕަލްތަކަކުން ވަނީ ޕޯލިއޯ ވައިރަސް ފެނިފަ އެވެ.
ޣައްޒާގެ ކުއްޖަކަށް ޕޯލިއޯ ޖެހުނުކަން އިއުލާނުކޮށްފައި މި ވަނީ ޣައްޒާގެ އާންމު ތަންތަނުގައި ޕޯލިއޯގެ ވައިރަސް ހުރުމުން، ކުޑަކުދިންނަށް އަވަހަށް ވެކްސިން ދޭން ފެށުމަށް އދ. އިން މަސައްކަތް ފަށާފައި ވަނިކޮށެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ޣައްޒާގައި ހަމަލާތައް މެދުކަނޑާލަންޖެހޭ ކަމަށް ކުރިން ވެސް ވިދާޅުވެފަ އެވެ.
ޕޯލިއޯ ވައިރަސް އެންމެ އާންމުކޮށް ފެތުރެނީ ނަޖިސް ފެނާއި ސާފުތާހިރުކަން ކުޑަ ފެނުގެ ޒަރިއްޔާއިންނެވެ. މިއީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. މިއީ ހަށިގަނޑުގެ ގުނަވަންތައް އައިބުވެ އަދި ވާގިނެތުމާއި ބައެއް ހާލަތުގައި މަރާ ވެސް ކުރިމަތިކުރުވާ ނުރައްކާތެރި ބައްޔެކެވެ. -- އޭއެފްޕީ
ޣައްޒާގައި އިއްޔެ އިޒްރޭލުން 41 މީހަކު ޝަހީދުކޮށްލި
އެކްޓިވިސްޓުން ޣައްޒާ ބޯޑަރަށް ދާން ހުރަސްއަޅައިފި
ޣައްޒާއަށް ދާން އުޅުނު އެކްޓިވިސްޓުން މިސްރުން ހައްޔަރު
އެތައް ސަތޭކަ އެކްޓިވިސްޓުންގެ ގާފިލާއެއް ޣައްޒާއަށް!
ޣައްޒާގައި އެހީ ބަހާ ތަނެއްގައި މިއަދުވެސް 31 މަރު
ފަލަސްތީނުގެ ދައުލަތް އެހެން ގައުމެއްގައި ހަދަން ބުނެފި
އެހީގެ ޔޮޓުން ހިފެހެއްޓި ގްރޭޓާ ޓަންބާގް ޑީޕޯޓްކޮށްފި
އިޒްރޭލުގައި ރައްޔިތުންގެ ސަރުކާރެއް ނެތް: އިދިކޮޅު
އެހީ ހިފައިގެން ދިޔަ ޔޮޓަށް އިޒްރޭލު ސިފައިން އަރައިފި
އެކްޓިވިސްޓުންގެ އެހީގެ ބޯޓު އިޒްރޭލުން ހުއްޓުވާނެ