27 ފެބުރުއަރީ 2017
ސޯލް (ފެބްރުއަރީ 27) - އެއްބަފާ ބޭބެ ކިމް ޖޮން-ނަމް މަރާލަން އަމުރުކޮށްފައި ވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ކަމަށް ސައުތު ކޮރެއާގެ ޖާސޫސީ އެޖެންސީން ބުނެފި އެވެ.
ސޯލް (ފެބްރުއަރީ 27) - އެއްބަފާ ބޭބެ ކިމް ޖޮން-ނަމް މަރާލަން އަމުރުކޮށްފައި ވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ކަމަށް ސައުތު ކޮރެއާގެ ޖާސޫސީ އެޖެންސީން ބުނެފި އެވެ.
ސައުތު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް އެ ގައުމުގެ ޖާސޫސީ އެޖެންސީން މައުލޫމާތު ދިން ގޮތުގައި ކިމް ޖޮން-އުންގެ އަމުރަށް އޭނާގެ ބޭބެ އަށް ވިހަ ދީގެން މަރާލުމުގެ ހުރިހާ ކަމެއް ހިންގާފައި ވަނީ ނޯތު ކޮރެއާގެ ދެ މިނިސްޓްރީއަކުންނެވެ. އަދި ކިމްގެ މޫނުގައި ވިހަ ފޮތިގަނޑު އެޅި އަންހެން މީހާ ހޯދާފައި ވަނީ ނޯތު ކޮރެއާގެ ފޮރިން މިނިސްޓްރީ އާއި ނޭޝަނަލް ސެކިއުރިޓީ މިނިސްޓްރީން ކަމަށް ވެސް ބުނެފައިވެ އެވެ.
"ކިމް ޖޮން-ނަމް މަރާލުމުގެ ހުރިހާ ކަމެއް ހިންގާފައި ވަނީ ކިމް ޖޮން-އުންގެ އަމުރަށް. އެ އޮޕަރޭޝަން ހިންގާފައި ވަނީ މީހުން މަރާ ގްރޫޕަކާއި އެކަމަށް އެހީވެދޭ ގްރޫޕެއް ގުޅިގެން،" ސައުތު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ކިމް ޖޮން-ނަމް މަރާލާފައި ވަނީ މަކާއޫ އަށް ފުރަން ގޮސް މެލޭޝިއާގެ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލްގައި ހުއްޓާ، ފަހަތުން އަންހެނަކު ގޮސް މޫނުގައި ވިހަ ފޮތިގަނޑެއް އަޅައިގެން، މި މަހު 13 ވަނަ ދުވަހު އެވެ. ސީސީޓީވީން ފެންނަ ގޮތުގައި އެއާޕޯޓުގެ ސްޓާފުންނަށް ކިމް ޝަކުވާ ހުށަހެޅުމަށް ފަހު ކްލިނިކަށް ފަރުވާ ދިނުމަށް އޭނާ ގެންދެ އެވެ. އަދި އޭނާ މަރުވީ އެމްބިއުލެންސްގައި ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގަ އެވެ. މެލޭޝިއާގެ ހެލްތު މިނިސްޓަރު ވިދާޅުވެފައި ވަނީ ކިމް މަރުވެފައި ވަނީ އޭނާގެ މޫނުގައި ވިހަ އުނގުޅިތާ 15-20 މިނިޓް ތެރޭ ކަމަށެވެ. ކިމްގެ މޫނުގައި އުނގުޅާފައި ވަނީ ވީއެކްސް ނާވް އެޖެންޓެކެވެ.
ކިމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑޮނީޝިއާ އަންހެން މީހާ ވަނީ އޭނާ ލައްވާ ކިމްގެ މޫނުގައި ވިހަ ފޮތިގަނޑު އެޅުމަށް ބަޔަކު އޭނާ އަށް 400 ރިންގިޓް (90 ޑޮލަރު) ދިން ކަމަށް ބުނެފަ އެވެ. އަދި އެއީ ޖަޕާން ނުވަތަ ކޮރެއާ ބަޔަކާ ވައްތަރު ބައެއް ކަމަށް ވެސް ބުންޏެވެ.
ނިއުކްލިއާ ހަތިޔާރުން ރައްދު ދޭން ކިމް ފަހެއް ނުޖެހޭނެ
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
ބަލިނުކުރެވޭ ވަރުގެ އަސްކަރިއްޔާއެއް އުފައްދާނަން
ދެ ކޮރެއާގެ ހޮޓްލައިން އަލުން އިއާދަކުރަނީ
އުތުރުކޮރެއާގެ ކްރިސްމަސް ހަދިޔާއަށް އެމެރިކާ ތައްޔާރު
ދެ ކޮރެއާގެ ވެރިން އަނެއްކާވެސް ބައްދަލު ކުރައްވަނީ
ދެ ކޮރެއާގެ ވެރިން އަނެއްކާވެސް ބައްދަލުކޮށްފި
"ސައުތު ކޮރެއާއަށް އެތެރެވި ވަގުތު ޖަޒުބާތުން ފުރުނު"
ނިއުކްލިއާ ހަތިޔާރު ނައްތާލަން ކޮރެއާގެ ވެރިން އެއްބަސް
ބޯޑަރު ހުރަސްކުރައްވައި ކިމް ސައުތު ކޮރެއާ އަށް