Roadha Mihaaru
ލިވަޕޫލަށް ބަދަލުނުވާން ޒުބިމެންޑީ ނިންމައިފި

ލިވަޕޫލަށް ނުގޮސް ސޮސިއެޑާޑުގައި މަޑުކުރަން ޒުބިމެންޑީ ނިންމައިފި

13 އޯގަސްޓް 2024

ލިވަޕޫލަށް ބަދަލުނުވެ ރެއާލް ސޮސިއެޑާޑުގައި މަޑުކުރަން އެ ޓީމުގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ ނިންމައިފި އެވެ.

ލިވަޕޫލަށް ބަދަލުނުވެ ރެއާލް ސޮސިއެޑާޑުގައި މަޑުކުރަން އެ ޓީމުގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ ނިންމައިފި އެވެ.

ސްޕެއިނާ އެކު މި އަހަރުގެ ޔޫރޯ ކާމިޔާބުކުރި އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ގަންނަން ލިވަޕޫލުން މަސައްކަތް ފެށީ އޭނާ ސޮސިއެޑާޑް ދޫކޮށްލަން އުޅޭ ކަމަށް ބުނުމުންނެވެ.

އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ސޮސިއެޑާޑުން ވިސްނައިދިނުމުން ޒުބިމެންޑީ އެ ކްލަބުގައި މަޑުކުރަން ނިންމީ އެވެ. ފެށުނީއްސުރެ ސޮސިއެޑާޑަށް ކުޅެމުން އަންނަ ޒުބިމެންޑީ އަކީ ޔޫރޯގެ ފައިނަލުގައި ސްޕެއިނުގެ ޕެޑްރީ އަށް އަނިޔާވުމުން ބަދަލުގައި އެރި ކުޅުންތެރިޔާ އެވެ. އިންގްލެންޑް އަތުން 2-1 އިން ސްޕެއިން މޮޅުވުމުގައި އޭނާގެ ހިއްސާ ބޮޑެވެ.

އަންނަ ހޮނިހިރު ދުވަހު އާ ސީޒަން ފަށާ ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިއަކު އަދި ނުގެނެ އެވެ. އެކަމަކު ނުވަ ކުޅުންތެރިޔަކު ވަނީ ދޫކޮށްލައިފަ އެވެ.

ބެލެވިފައި އޮތީ އާ ކޯޗު އާން ސްލޮޓް އަށް ޑިފެންސިވް މިޑްފީލްޑަރަކު ހޯދައިދޭން ލިވަޕޫލުން ކުރާ މަސައްކަތުގައި ޒުބިމެންޑީގެ ގެންނާނެ ކަމަށެވެ.