13 އޯގަސްޓް 2024
މި އަހަރުގެ ކޮޕާ އެމެރިކާ އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ ލަޓާރޯ މާޓިނޭޒް އިތުރު ފަސް އަހަރު އިންޓަ މިލާނުގައި މަޑުކުރަން ނިންމިކަން އެ ކްލަބުން އިއުލާންކޮށްފި އެވެ.
މި އަހަރުގެ ކޮޕާ އެމެރިކާ އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ ލަޓާރޯ މާޓިނޭޒް އިތުރު ފަސް އަހަރު އިންޓަ މިލާނުގައި މަޑުކުރަން ނިންމިކަން އެ ކްލަބުން އިއުލާންކޮށްފި އެވެ.
ކުރިން ހަދާފައި އޮތް ކޮންޓްރެކްޓުގައި ދެ އަހަރު ބާކީ އޮއްވާ އާކުރި ކޮންޓްރެކްޓާ އެކު އޭނާ އަށް މުސާރައިގެ ގޮތުގައި އަހަރަކު 9.8 މިލިއަން ޑޮލަރު ލިބޭނެ އެވެ.
މާޓިނޭޒް ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ކޮންޓްރެކްޓުގައި ސޮއިކޮށްފަ އެވެ. ނަމަވެސް އިންޓަ އިން ބޭނުންވީ ކޮޕާ އެމެރިކާ އަށް ފަހު މާޓިނޭޒް ޗުއްޓީ އަށް ގޮސް އައުމުން އެކަން އިއުލާންކުރާށެވެ.
މާޓިނޭޒް ވަނީ ކޮޕާ އެމެރިކާގައި ފަސް ލަނޑު ޖަހައި މުބާރާތުގެ ރަންބޫޓު ހޯދައިފަ އެވެ. އަދި ފައިނަލުގައި ކޮލަމްބިއާ އަތުން 1-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ވައްދާލީ ވެސް އޭނާ އެވެ.
މިދިޔަ ސީޒަނުގައި އިންޓަ އަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މާޓިނޭޒް 33 މެޗުން 24 ގޯލް ޖެހި އެވެ. އާޖެންޓީނާގެ ރޭސިން އިން 2018 ވަނަ އަހަރު އިންޓައާ ގުޅުނު ފޯވާޑް ގެންދަން ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގެ ވަރަށް ގިނަ ކްލަބްތަކުން މަސައްކަތްކުރި ނަމަވެސް އޭނާ ހުރީ ކްލަބުގައި މަޑުކުރާ ގޮތަށެވެ.
އެކަމަކު އިންޓަގެ އޭރު ހިންގަމުން ދިޔަ ސުނިން ގްރޫޕުން، އިންވެސްޓްމަންޓް ފަންޑެއް ކަމަށްވާ އޯކްޓްރީ އަތުން ނަގާފައިވާ ލޯނު އެއްކޮށް ނުދެއްކުމުން، އެ ފަންޑުން ކްލަބާ ހަވާލުވުމާ އެކު، މާޓިނޭޒްގެ ހިޔާލު ކޮންމެވެސް ވަރަކަށް ބަދަލުވި އެވެ.
ނަމަވެސް ބޮޑު ބަދަލެއް ނުގެނެސް ސުނިންގެ ސްޕޯޓިން ޕްރޮޖެކްޓް ކުރިއަށް ގެންދަން އޯކްޓްރީ އިން ނިންމުމުން މާޓިނޭޒް ވެސް ކްލަބުގައި މަޑުކުރަން ނިންމީ އެވެ. މާޓިނޭޒްއާ އެކު އިންޓަގެ ކާމިޔާބީގައި ބޮޑު ހިއްސާއެއްވާ ކޯޗު ސިމޯނީ އިންޒާގީ އާއި ދެ މިޑްފީލްޑަރުން ކަމަށްވާ ނިކޯލޯ ބަރެއްލާ އަދި ހަކާން ޗަނައޮގްލޫ ވެސް ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.
އާ ސީޒަނުގައި އިންޓަގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ޖެނޯއާއާ ދެކޮޅަށެވެ.
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ހަ މެޗަށް ފަހު އިންޓަގެ މައްޗަށް މިލާން ކުރި ހޯދައިފި
ކްލަބްތަކުން ގުޅާވަރުން އިންޒާގީގެ ބޮލަށް އުނދަގޫ
އިންޒާގީ އިންޓައަށް ލީގު ޗެމްޕުއަންކަން ހޯދައި ދީފި
ޗެމްޕިއަކަން ހޯދުމުގެ އުންމީދު އިންޓައިން ބޮޑުކޮށްފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި
ނަޕޯލީ ލީޑު ފުޅާކޮށްފި، މިލާނާއި އިންޓަ އަށް ޕޮއިންޓެއް
ނަޕޯލީ އަށް ހުއްޓުމެއް ނެތް، އިންޓަ ސޮއްސާލައިފި