Roadha Mihaaru
ގާޑަކަށް ހަމަލާދީގެން ހައްޔަރުކުރި ޓްރެވިސް ދޫކޮށްލައިފި

ސެކިއުރިޓީ ގާޑަކަށް ހަމަލާދީގެން ހައްޔަރުކުރި ޓްރެވިސް ދޫކޮށްލައިފި

11 އޯގަސްޓް 2024

ސެކިއުރިޓީ ގާޑަކަށް ހަމަލާދީގެން ހައްޔަރުކުރި އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޓްރެވިސް ސްކޮޓް ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ސެކިއުރިޓީ ގާޑަކަށް ހަމަލާދީގެން ހައްޔަރުކުރި އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޓްރެވިސް ސްކޮޓް ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ފަތިހު ފްރާންސްގެ ވެރިރަށް ޕެރިސް އިން ޓްރެވިސް ހައްޔަރުކުރީ އޭނާ ހުރި ހޮޓެލްގެ ސެކިއުރިޓީ ގާޑަކަށް ހަމަލާދީގެންނެވެ. އެކަމެއް ހިނގީ ޕެރިސްގައި އޭނާ ހުންނަ ދަ ޖޯޖް ފައިވް ހޮޓެލްގަ އެވެ.

ސެކިއުރިޓީ ގާޑަށް ޓްރެވިސް ހަމަލާދިނީ އޭނާގެ އަމިއްލަ ބޮޑީގާޑަށް އަނިޔާކުރާތަން ފެނިގެން އެކަން ހުއްޓުވަން އުޅުމުން ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެހެންވެ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ވެސް އެ ހޮޓަލުންނެވެ. ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންދާ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އޭނާއާ ބޮޑީގާޑާ ދެމެދުގައި ޖެހުނު މައްސަލައެއް އަދި ނޭނގެ އެވެ.

ޓްރެވިސް އެއް ދުވަހަށް ބަންދުކުރުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އޭނާ ބަންދުން ދޫކޮށްލީ އެއްވެސް ޝަރުތެއް ނުކޮށް ކަމަށާއި އޭނާއާ ދެކޮޅަށް އެއްވެސް ދައުވާއެއް ވެސް ކޮށްފައި ނުވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ޕެރިސްގައި މިހާރު ކުރިއަށް ގެންދާ އޮލިމްޕިކަސްގެ އިވެންޓުތަކުގައި ބައިވެރިވުމަށް ހޮލީވުޑްގެ ވަރަށް ގިނަ ސެލެބްރިޓީން ތިބީ އެ ސިޓީގަ އެވެ. އޭގެ ތެރޭގައި ޓޮމް ކްރޫސް އާއި ސްނޫޕް ޑޯގް އަދި އަރިއާނާ ގްރާންޑޭ ކަހަލަ ފަންނާނުން ހިމެނެ އެވެ.

ޓްރެވިސް އަކީ އެމެރިކާގެ ޓީވީ ޕާސަނަލިޓީ ކައިލީ ޖެނާގެ ކުރީގެ ލޯބިވެރިޔާ އެވެ.