Roadha Mihaaru
އިންޑިއާއާ އެކު އެފްޓީއޭއެއް ހެދުމުގެ މަޝްވަރާތައް

ރާއްޖެ އިން އިންޑިއާއާ އެކު އެފްޓީއޭއެއް ހެދުމުގެ މަޝްވަރާތައް ފަށަނީ

10 އޯގަސްޓް 2024

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމަށްޓަކައި ދެ ގައުމުގެ މެދުގައި މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމަށްޓަކައި ދެ ގައުމުގެ މެދުގައި މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެ އަށް އިއްޔެ ފެއްޓެވި ދަތުރުގައި ބޭއްވި ބައްދަލުވުމަށް ފަހު ދެއްވި ބަޔާނުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، އާ ފްރީ ޓްރޭޑް އެގްރީމަންޓުން އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން އިތުރު ލުއިތައް ރާއްޖެ އަށް ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ދެ ގައުމުގެ މެދުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހި ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިންޑިއާ އިން ދޭ އެހީތެރި ކަމަށް ޒަމީރު ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރޭ ބަޔާން ދެއްވާއިރު، ފޮރިން މިނިސްޓްރީގެ އޮފިޝަލުން އަރިހުގައި.---ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރޭ ބަޔާން ދެއްވާއިރު، ފޮރިން މިނިސްޓްރީގެ އޮފިޝަލުން އަރިހުގައި.---ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެ އިން އިންޑިއާއާ އެކު، ވިޔަފާރީގެ އާ އެއްބަސްވުމެއް ހަދާއިރު، މީގެ ކުރިން ވެސް ބައެއް ބާވަތްތައް ގެނައުމުގައި ހާއްސަ ގޮތްތަކެއް އިންޑިއާ އިން ކަނޑައަޅާފައި ވެ އެވެ. އެ ގައުމާ އެކު މިހާރު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް ބޭނުންވާ ޒަރޫރީ ނުވަ ބާވަތެއް ފަސޭހަ ކަމާ އެކު، އެތެރެ ކުރުމަށް ތިން އަހަރުގެ އެއްބަސްވުމެއް އެބައޮތެވެ. އޭގެ ތެރޭގައި ހަނޑުލާއި ހަކުރާއި ފުށާއި އަލުއްވާއި ބިހާއި ފިޔާ، މުގު އަދި ހިލަ އާއި ހިލަވެލި ހިމެނެ އެވެ.

ޖައިޝަންކަރުގެ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ މިއަދު ބައްދަލުކުރައްވާނެ އެވެ.