Roadha Mihaaru
ނާގަ އާއި ޝޮބިތާ އެންގޭޖުވެއްޖެ

ނާގަ އާއި ޝޮބިތާ އެންގޭޖުވެއްޖެ

09 އޯގަސްޓް 2024

ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު އެކްޓަރު ނާގަ ޗައިތަންޔާ އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ އަދި އެކްޓްރެސް ޝޮބިތާ ދުލިޕާލާ އެންގޭޖުވެއްޖެ އެވެ.

ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު އެކްޓަރު ނާގަ ޗައިތަންޔާ އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ އަދި އެކްޓްރެސް ޝޮބިތާ ދުލިޕާލާ އެންގޭޖުވެއްޖެ އެވެ.

ނާގަ އަކީ އިންޑިއާގެ މަޝްހޫރު އެކްޓަރު ނާގާރްޖުނާގެ ދަރިފުޅެވެ. އަދި ބޮލީވުޑްގައި މިހާރު މަޝްހޫރު އެކްޓްރެސް ސަމަންތާ ރޫތު ޕްރަބޫގެ ކުރީގެ ފިރިމީހާ އެވެ.

ނާގަ އާއި ޝޮބިތާ އެންގޭޖުވި ޚަބަރު ސޯޝަލް މީޑިއާގައި އިއްޔެ އިއުލާންކުރީ ނާގާރްޖުނާ އެވެ.

ނާގަރްޖުނާ ކުރި ޕޯސްޓުގައި ބުނެފައި ވަނީ އޭނާގެ ދިރިފުޅު ނާގަ އާއި ޝޮތިބާ އެންގޭޖުވެއްޖެ ކަމަށާއި އެ އާއިލާއާ ޝޮތިބާ ގުޅޭތީ ވަރަށް އުފާކުރާ ކަމަށެވެ. އަދި އެ ދެމީހުންނަށް މަރުހަބާ ކިޔައި، ދެމީހުންނަށް ވަރަށް އުފާވެރި ދުވަސްތަކަކަށް އެދޭ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެންގޭޖުމަންޓް އިއުލާން ކުރި ނަމަވެސް، އެ ދެމީހުން ކައިވެނިކުރާ ދުވަހެއް އަދި ނުބުނެ އެވެ.

ނާގަ އާއި ޝޮބިތާގެ ގުޅުން ފެށުނީ ނަގާ އޭނާގެ ކުރީގެ އަންހެނުން ސަމަންތާ ވަރިކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް 2021 ވަނަ އަހަރުގެ ފަހުކޮޅު އެވެ.

އޭރު އަޑު ފެތުރުނު ގޮތުގައި، ނާގަ އާއި ސަމަންތާ ވަކިވީ ވެސް ނަގާ އެހެން މީހަކާ ގުޅުން ބާއްވާކަން އެނގިގެންނެވެ. ނާގަ އާއި ސަމަންތާ ވަރިވީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.