06 އޯގަސްޓް 2024
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ރިސޯޓެއް ތަރައްގީކުރަން ބޭނުންވާ 165 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ގެ ލޯނަކަށް ސަރުކާރުގެ ސޮވަރިން ގެރެންޓީއަށް އެދުމުން އެ ގެރެންޓީ ނުދޭން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ރިސޯޓެއް ތަރައްގީކުރަން ބޭނުންވާ 165 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ގެ ލޯނަކަށް ސަރުކާރުގެ ސޮވަރިން ގެރެންޓީއަށް އެދުމުން އެ ގެރެންޓީ ނުދޭން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން މި ނިންމުން ނިންމީ މި ހަފްތާ ތެރޭގަ އެވެ.
އެމްޑީއޭގެ ލީޑަރު ސިޔާމުގެ ކުންފުނިން ލޯނެއް ނަގަން ސަރުކާރުގެ ސޮވަރިން ގެރެންޓީއަށް އެދުނީ މާލެ އަތޮޅުގެ އެމެރާލްޑް ލެގޫން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފައިނޭންސް ހޯދުމަށެވެ. އެ ރިސޯޓުގައި 1،500 އެނދު ތަރައްގީ ކުރަން ޕްލޭން ކޮށްފައިވާއިރު އެކަމަށް 165 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައިވެ އެވެ.
އެމެރާލްޑް ލެގޫން ތަރައްގީ ކުރުމަށް ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕާ އެކު މަޝްވަރާތައް ކޮށްފައިވާއިރު، ޗައިނާގެ ބޭންކެއް މެދުވެރިކޮށް ލޯނު ހަމަޖެއްސެން އޮތީ ސަރުކާރުން ގެރެންޓީ ދީގެން ކަމަށް "މިހާރު" އަށް މީގެކުރިން ލިބިފައިވާ ލިޔެކިޔުން ތަކުން ހާމަވެ އެވެ.
މި ޕްރޮޖެކްޓަކީ ޖެނުއަރީ، 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮވެރިން ގެރެންޓީ ދޭން ސަރުކާރުން އެއްބަސްވެފައިވާ ލޯނެއް ކަމަަށް އެ ލިޔުމުގައިވެ އެވެ. ނަމަވެސް އަލުން އެކަމަށް ސަރުކާރުގެ ލިޔުން ބޭނުންވަނީ މިހާރުގެ ސަރުކާރުން އެކަން ކުރުމަށް ބޭނުންވޭތޯ ޔަގީން ކުރުމަށެވެ.
ސިޔާމްގެ ކުންފުނި، އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ހޯދައިގެން ލޯނެއް ނެގި އެވެ. އެއީ ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެއީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށެވެ. ކޮވިޑް ދުވަސްވަރުގައި ލޯނަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެ، އެ މައްސަލަތައް ފެންމަތިވި ނަމަވެސް ފަހުން ވަނީ ނުދެއްކި ޑިލޭވި ޕޭމެންޓްތައް ދައްކައިފަ އެވެ.
ސިޔާމުގެ ކުންފުނީގެ ލޯނަށް ގެރެންޓީ ނުދޭން ނިންމިއިރު، ދައުލަތުގެ ދަރަނި ބޮޑުވުމުގެ ސަބަބުން މާލީ ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފަ އެވެ. ދައުލަތުގެ ދަރަނި 129 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެ އެވެ. ދަރަނި އަދާކުރަން އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ދެއްކުމަށް 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ.
ކުރީގެ ސަރުކާރުން 54 ބިލިއަންގެ ލޯނު ނެގި: ފިނޭންސް
ސޮވެރިން ގެރެންޓީ ދޫކުރާއިރު ފީއެއް ނަގަނީ
ޓޫރިޒަމް މަޑުޖެހުމުގެ އަސަރު އިގްތިސާދީ ދުވެއްޔަށް
ސަން ސިޔާމް ބޮޑު ލޯނަކަށް ސަރުކާރުގެ ގެރެންޓީ ހޯދަނީ
ސަރުކާރުން އެސްބީއައިއަށް 1.5 ބިލިއަން ދައްކަންޖެހޭ
50 މިލިއަންގެ ލޯނު ނެގީ އެސްބީއައިއަށް ދެއްކުމަށް
ނެގި ލޯނުތަކަށް 450 މިލިއަން އަނބުރާ ދައްކައިފި
އިންޑިއާ އިން ނެގި ލޯނުގެ އަދަދު 22 ބިލިއަނަށް!
ފިނޭންސުން 8.5 ބިލިއަން ރުފިޔާ ހޯދަން އިއުލާނުކޮށްފި
އެސްޑީއެފްގައި 7.4 ބިލިއަން ރުފިޔާ