Roadha Mihaaru
ހައިދަރަށް މަޖިލިހަށް ވަޑައިނުގެންނެވުނު

ގޯތިތަކާ ބެހޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހައިދަރަށް މަޖިލީހަށް ވަޑައިނުގެންނެވުނު!

05 އޯގަސްޓް 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލު ކުރުމަށް ރައްޔިތުން މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެެޖެންޑާކުރި ނަމަވެސް އަމިއްލަ ސަބަބަކާ ހެދި އެ ޖަލްސާ އަށް ވަޑައިނުގެންނެވޭނެ ކަން އަންގައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކަމަކަށް ތާވަލު ކޮށްފައި އޮތީ ގޯތިތަކާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ސުވާލެވެ.

ނަމަވެސް ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ މައްސަލަ އެޖެންޑާކުރި ފަހުން، ކުއްލިއަކަށް ދިމާވި އާއިލީ ކަމަކާ ގުޅިގެން ވަޑައިގެންނެވެން ނެތް ކަމަށް މިނިސްޓަރު ހައިދަރު އަންގާފައިވާ ކަމަށެވެ.

ކުޑޫގެ ސުވާލުގައި އެދިވަޑައިގަތީ ގުޅިފަޅުން ދޫކުރި ގޯއްޗާއި ބިން ވަކިކޮށްފައި ހަވާލު ކުރެވޭނެ ދުވަހަކާއި މާލޭ މީހުންނަށް ދޫކޮށްފައިވާ ގޯތިތައް ހަވާލު ކުރެވޭނެ ދުވަހެއް ސާފުކޮށްދިނުމަށެވެ.

ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ހަވާލު ކުރެވޭނެ ތާރީހަކާ ގުޅޭ ގޮތުން ވެސް ކުޑޫ ސުވާލު ކުރެއްވި އެވެ.

ގެދޮރުވެރިޔާ ފްލެޓް ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވުމަށް ޕެޓިޝަން ކޮމިޓީ އަށް ހައިދަރު ވަޑައިނުގެންނެވުނު މައްސަލައެއް ވެސް ކުރިން ހޫނުވި އެވެ.

އެ ކަމާ ގުޅިގެން، ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ވެސް ވަނީ ނުރުހުން ފާޅުކުރައްވައިފަ އެވެ.