ހުޅުމާލޭގެ ރެސްޓްރެންޓެއްގައި ބިދޭސީއަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ ޕާކިސްތާނުގެ ޝެފެއް ކަމަށްވާ މުހައްމަދު އާބިދުގެ ޝަރީއަތް ނިމުމަކާ ހަމައަށް ގޮސް، އެ މައްސަލާގެ އެންމެ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.
04 އޯގަސްޓް 2024
ހުޅުމާލޭގެ ރެސްޓްރެންޓެއްގައި ބިދޭސީއަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ ޕާކިސްތާނުގެ ޝެފެއް ކަމަށްވާ މުހައްމަދު އާބިދުގެ ޝަރީއަތް ނިމުމަކާ ހަމައަށް ގޮސް، އެ މައްސަލާގެ އެންމެ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.
ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރެންޓްގައި 2022 ވަނަ އަހަރުގެ ރޯދަ މަހު ހިނގި ހަމަނުޖެހުމެއްގައި އެ ތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި، ޕާކިސްތާނުގެ ޝެފެއް ކަމަށްވާ އާބިދުގެ މައްޗަށް ދައުވާކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރިކަމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވީ އެ މައްސަލާގެ ހުލާސާ ބަޔާން ހުށަހަޅައި، އަޑުއެހުންތައް ނިންމާލުމަށެވެ. ނަމަވެސް ހުލާސާ ބަޔާން ހުށަހެޅުމުގެ ކުރިން ދައުލަތުން އެދުނީ އާބިދުގެ މައްޗަށް އެ ދައުވާ ސާބިތު ނުވިޔަސް އެހެން ކުށެއް ސާބިތުވާ ނަމަ އެގޮތަށް ނިންމައި ދިނުމަށެވެ.
ނަމަވެސް އާބިދުގެ ދިފާއީ ވަކީލް ވިދާޅުވީ މިއަދުގެ އަޑުއެހުމަކީ ހުލާސާ ބަޔާން ހުށަހަޅަން ތާވަލްކުރި އަޑުއެހުމެއް ކަމަށާއި އެހެން ކުށެއް ސާބިތު ކުރުމާ ގުޅޭ ވާހަކައެއް ދައުލަތުން ކުރިން ފާހަގަ ކޮށްފައިނުވާ ކަމަށެވެ. އެހެންވެ އެކަމަށް ޖަވާބުދާރީވުމަށް ވަގުތު ބޭނުންވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުމަށް އަންނަ ހޮނިހިރު ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
ހުލާސާ ބަޔާނަށް ފަހު، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ގާޒީ ޝަފީއު ވިދާޅުވީ މިއީ ކްރިމިނަލް ކޯޓުން ބެލި މަރުގެ މައްސަލަތަކުގެ ތެރެއިން އެންމެ އަވަހަށް ހެކިބަސް ނަގައި ނިންމި މައްސަލަ ކަމަށެވެ. އަދި ކޯޓުގައި އިމާރާތުގެ ދަތިތަކާއި ވަކީލުން އެދިގެން އަޑުއެހުން ކެންސަލް ކުރިއިރު ވެސް އެ މައްސަލަ އަވަހަށް ކުރިއަށް ގެންދެވުނު ކަމަށް ގާޒީ ވިދާޅުވި އެވެ.
އާބިދުގެ މައްސަލަ:ހެއްކަކު ދޮގުހެކި ދިންކަމަށް ތުހުމަތު
މަރުގެ ދައުވާއަށް އާބިދު އިންކާރު:ނެގީ ނަފްސުގެ ދިފާއު
މަރުގެ ތުހުމަތުވާ ޝެފްގެ ބަންދަށް އިތުރު 15 ދުވަސް
ސާހިލްގެ ޝަރީއަތް: ހެކިބަސް ނެގުން ދެ މަހުން ނިންމަނީ
އުދައްޔުގެ މަރު: ދެ މީހަކަށް ކުށް ސާބިތުވެއްޖެ
ލަންކާ މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި
ފޭކް ސްލިޕް ފޮނުވައިގެން ކެއި މީހަކު ޖަލަށް
ފުލުހަށް ނާންގާ ކޯޓަށްދާތީ ލަމްހާ ބަންދުކުރަން އެދެފި
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި